ދިރާގު މާލެ އޯޕަން 2025: 340 ފެތުންތެރިން ރޭސް ނިންމި

މި މުބާރާތުގައި 5 އަހަރާއި 65 އަހަރާ ދެމެދުގެ ފެތުންތެރިންނާއި ސްޕެޝަލް އޮލިމްޕިކްސް ސްވިމިން ސްކޮޑުގެ 13 ފެތުންތެރިންގެ އިތުރުން ޕެރަލިމްޕިކް ސްވިމިންގް ޓީމުގެ ފެތުންތެރިއަކު ބައިވެރިވެފައިވޭ

ދިރާގު މާލެ އޯޕަން 2025 ފެތުމުގެ މުބާރާތް ކާމިޔާބުކަމާއެކު ނިންމައިލައިފިއެވެ. މިއީ ދިވެހިރާއްޖޭގައި ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓަރ ސްވިމިންގ މުބާރާތެވެ. މި މުބާރާތް ކުރިއަށް ގެންދިޔައީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

ސްވިމް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބޭއްވި ދިރާގު މާލޭ އޯޕަން ސްވިމިންގ މުބާރާތަކީ ހުރިހާ އުމުރުފުރާއަކަށް ބައިވެރިވެވޭގޮތަށް ހުޅުވައިލައިގެން ކުރިއަށް ގެންދިޔަ މުބާރާތެކެވެ. 350 ފެތުންތެރިން ބައިވެރި، 340 އަށްވުރެ ފެތުންތެރިން ރޭސް ފުރިހަމަކުރި މި ފެތުމުގެ މުބާރާތުގެ މަގުސަދަކީ، ރާއްޖޭގައި އޯޕަން ވޯޓަރ ސްވިމިންގ ކުރިއަރުވައި، މި ކުޅިވަރަށް ޝައުގުވެރިކަން އުފެއްދުމުގެ އިތުރުން، ރާއްޖޭގެ ކަނޑުތައް ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރުމެވެ.

މި މުބާރާތުގައި، އުމުރުން 5 އަހަރުން ފެށިގެން 65 އަހަރާ ދެމެދުގެ ފެތުންތެރިން ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި، ހާއްސަ އެހީއަށް ބޭނުންވާ ކުދިން ހިމެނޭ ދިވެހިރާއްޖޭގެ ސްޕެޝަލް އޮލިމްޕިކްސް ސްވިމިން ސްކޮޑުގެ 13 ފެތުންތެރިންނާއި ޕެރަލިމްޕިކް ސްވިމިންގް ޓީމުގެ ފެތުންތެރިއަކު ވަނީ ބައިވެރިވެފައިވެއެވެ.

މި މުބާރާތުގެ އެންމެ ހާއްސަ އެއް ފެނިލުމަކަށް ވެގެންގޮސްފައިވަނީ ދުނިޔޭގެ މަޝްހޫރު ފެތުންތެރިޔާ އެޑަމް ވޯކަރގެ ބައިވެރިވުމެވެ. އެޑަމް ވޯކަރ ވަނީ މި އިވެޓުގައި ބައިވެރިވި ފެތުންތެރިންނާ ބައްދަލުކޮށް ހިތްވަރުލައިދީ ތަޖުރިބާ ހިއްސާކޮށްފައެވެ.

ދެ ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި ހިމެނޭ ކެޓަގަރީތަކަކީ، ކޮމްޕެޓިޓިވް 1 ކިލޯމީޓަރު ކެޓަގަރީ އަދި އަލަށް ފަށާ ފެތުންތެރިންނަށާއި 10 އަހަރުން ދަށުގެ ފެތުންތެރިންނަށް ހާއްސަ ނަން-ކޮމްޕެޓިޓިވް 250 މީޓަރު ކެޓަގަރީއެވެ.

ދިރާގު މާލެ އޯޕަން 2025ގެ ވަނަވަނައަށް ގޮސްފައިވާ ފެތުންތެރިންނަކީ:

10-12 އަހަރާ ދެމެދު ފިރިހެން

  • 1ވަނަ: އިބްރާހީމް ޔުއާން ޝަމީމް (18:07:11)
  • 2ވަނަ: މިކައިލް ލައެލް ޢަބްދުލްޢަލީމް (20:24:98)
  • 3ވަނަ: ނޫމާން މުޙައްމަދު ނަސީފު (20:25:88)

10-12 އަހަރާ ދެމެދު، އަންހެން

  • 1ވަނަ: މަރްޔަމް އައިރާ ޝިރްމީލް (18:43:88)
  • 2ވަނަ: ޢައެޝާ ޒަޔާހް ޙުސައިން (21:25:23)
  • 3ވަނަ: ޢަޝްޔާ އެއިލިޔާ ނާޒިމް(23:00:10)

13 – 14 އަހަރު، ފިރިހެން

  • 1ވަނަ: އިސްމާޢިލް ހާމް ޙުސައިން (17:19:50)
  • 2ވަނަ: މުޙައްމަދު އަލްޔަން ޝިފާން (17:20:89)
  • 3ވަނަ: އިބްރާހީމް ޖޫދް ޙުސައިން (17:22:83)

13 – 14 އަހަރު، އަންހެން

  • 1ވަނަ: އަލްޔާ އަޝްރަފް (18:59:53)
  • 2ވަނަ: މަރްޔަމް މީސަމް ނިޔާޒް (19:06:52)
  • 3ވަނަ: ދާލިޔާ އައިޑާ ލަޠީފް (20:29:87)

15 – 19 އަހަރު، ފިރިހެން

  • 1ވަނަ: އިފްޒާލް އިބްރާހީމް މަޙްފޫޒް (15:22:72)
  • 2ވަނަ: ލޫޠު މުޙައްމަދު ޙުސައިން (15:29:17)
  • 3ވަނަ: ޔޫސުފް ޒިޔާން ޒާހިދު (15:37:33)

15 – 19 އަހަރު، އަންހެން

  • 1ވަނަ: އަޔާނާ ޢަރީފް (17:19:83)
  • 2ވަނަ: ޢާއިޝަތު އަލީނާ ޝާހިދު (17:21:32)
  • 3ވަނަ: ލައިބާ ޙަސަން މަނިކު (17:30:97)

20 – 29 އަހަރު، ފިރިހެން

  • 1ވަނަ: މުބާލް ޢައްޒާމް އިބްރާހީމް (15:18:44)
  • 2ވަނަ: އަޙްމަދު ޝާވީ ރާފިޢު (22:25:25)
  • 3ވަނަ: –

30 – 39 އަހަރު، ފިރިހެން

  • 1ވަނަ: މުޙައްމަދު ޢާމިރު (20:36:55)
  • 2ވަނަ: މިންވާލް އިބްރާހީމް (23:05:97)
  • 3ވަނަ: ޢަބްދުﷲ ޢަބްދުއްރަޙީމް (24:41:58)

40 – 49 އަހަރު، ފިރިހެން

  • 1ވަނަ: އާދަމް ޢަރީފް (22:27:73)
  • 2ވަނަ: ޙުސައިން އިލްހާމް (23:09:60)
  • 3ވަނަ: އަޙްމަދު ފިރާސް ޢަފީފް (23:13:49)

50 އަހަރުން މަތި، ފިރިހެން

  • 1ވަނަ: ޙުސައިން ރިޔާޒް (26:51:69)
  • 2ވަނަ: ޢަބްދުއްޝަކޫރު (27:11:28)
  • 3ވަނަ: އަޙްމަދު ނިޔާޒް (29:46:44)

މުޅި މުބާރާތުން އެންމެ މޮޅު، ފިރިހެން

  • 1ވަނަ: މުބާލް ޢައްޒާމް އިބްރާހީމް (15 މިނިޓު 18.44 ސިކުންތު)
  • 2ވަނަ: އިފްޒާލް އިބްރާހީމް މަޙްފޫޒު (15 މިނިޓު 22.72 ސިކުންތު)
  • 3ވަނަ: ލޫޠު މުޙައްމަދު ޙުސައިން (15 މިނިޓު 29.17 ސިކުންތު)

މުޅި މުބާރާތުން އެންމެ މޮޅު، އަންހެން

  • 1ވަނަ: އަޔާނާ ޢަރީފު (17 މިނިޓު 19.83 ސިކުންތު)
  • 2ވަނަ: ޢާއިޝަތު އަލީނާ ޝާހިދު (17 މިނިޓު 21.32 ސިކުންތު)
  • 3ވަނަ: ލައިބާ ޙަސަން މަނިކު (17 މިނިޓު 30.97 ސިކުންތު)

ދިރާގަކީ، ރާއްޖޭގައި އެކި ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް އަދި ކުޅިވަރު ކުޅޭ ފަރާތްތަކަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ކުރާ ކަންކަމުގައި އެންމެ ކުރީ ސަފުގައި ބައިވެރިވެ، ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *