16 ސްކޫލުން ބައިވެރިވާ ތިލަދުންމަތީ އިންޓަރ ސްކޫލް ފެތުމުގެ މުބާރާތް ފަށައިފި

16 ސްކޫލުން ބައިވެރިވާ ތިލަދުންމަތީ އިންޓަރ ސްކޫލް ފެތުމުގެ މުބާރާތުގައި 300އެއްހާ ދަރިވަރުން ބައިވެރިވޭ- ފޮޓޯ: ސްވިމިންގ އެސޯސިއޭޝަން

16 ސްކޫލުން ވާދަކުރާ ތިލަދުންމަތީ އިންޓަރ ސްކޫލް ތިން ވަނަ ފެތުމުގެ މުބާރާތް ކުޅުދުއްފުށީގައި މިއަދު ފަށައިފިއެވެ.

ފަސް ދުވަހަށް ދިމިގެންދާ މި މުބާރާތުގައި ތިލަދުންމަތީގެ ތިން އަތޮޅެއްގެ 16 ސްކޫލަކުން 309 ދަރިވަރުން ވާދަކުރެއެވެ.

16 ސްކޫލުން ބައިވެރިވާ ތިލަދުންމަތީ އިންޓަރ ސްކޫލް ފެތުމުގެ މުބާރާތުގައި 300އެއްހާ ދަރިވަރުން ބައިވެރިވޭ- ފޮޓޯ: ސްވިމިންގ އެސޯސިއޭޝަން

މި މުބާރާތުގައި ކުޅުދުއްފުށީ ސިޓީން، ޖަލާލުއްދީން ސްކޫލާއި އަފީފުއްދީން ސްކޫލުގެ އިތުރުން ހއ. އަތޮޅު ތަޢުލީމީ މަރުކަޒުން ބައިވެރިވެއެވެ. ހއ. އަތޮޅުން ބައިވެރިވަނީ ތިން ސްކޫލަކުންނެވެ. އެއީ ހއ އަތޮޅު ތައުލީމީ މަރުކަޒާއި ސެއިހް އިބުރާހިމް ސްކޫލް (ކެލާ) އާއި ހއ ފިއްލަދޫ ސްކޫލެވެ. ހދ. އަތޮޅުން ބައިވެރިވަނީ ފަސް ސްކޫލަކުންނެވެ. އެއީ ހދ އަތޮޅު ތައުލީމީ މަރުކަޒާއި ހދ ހަނިމާދޫ ސްކޫލާއި ހދ ނައިވާދޫ ސްކޫލާއި ހދ މަކުނުދޫ ސްކޫލުގެ އިތުރުން ހދ އަތޮޅު މަދަރުސާއެވެ. ށ. އަތޮޅުގެ ހަ ސްކޫލަކުން މި މުބާރާތުގައި ވާދަކުރެއެވެ. އެއީ، ށ ޅައިމަގު ސްކޫލާއި ށ. ފުނަދޫ ސްކޫލާއި ށ އަތޮޅު މަދަރުސާ އާއި ށ ފީވަކު ސްކޫލާއި ށ އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުން ށ ފޭދޫ ސްކޫލެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *