ޕްރައިމަރީ ގްރޭޑްތަކުގައި ދަރިވަރުންގެ ސުލޫކު ރަނގަޅުކުރުން: ކްލާސްރޫމް މެނޭޖްމަންޓް އިންޓަރވެންޝަންގެ ނަތީޖާ

ޢަބްދްﷲ ނަޞީޙް

ދަރިވަރުންގެ އަސާސީ އިޖުތިމާޢީ އަދި ސުލޫކީ ހުނަރުތައް ތަރައްޤީވަމުންދާ ޕްރައިމަރީ ގްރޭޑްތަކުގައި އުނގެނުމުގެ މާޙައުލެއް ކަށަވަރުކުރުމުގައި ފައިދާހުރި ކްލާސްރޫމް މެނޭޖްމަންޓަކީ ވަރަށް މުހިންމު ކަމެކެވެ. ފުރަތަމަ ތައުލީމުގައި ގޯސް ސުލޫކުތަކުގެ ސަބަބުން އުނގެނުމަށް ބުރޫއެރުމުގެ އިތުރުން ދަރިވަރުންނާއި މުދައްރިސުންގެ ޖަޒުބާތީ ދުޅަހެޔޮކަމަށް ވެސް އަސަރުކުރެ އެވެ. މިކަން ދެނެގަނެ، ގިނަ ސްކޫލްތަކުން ވަނީ މި ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް ސްޓްރަކްޗަރޑް ކްލާސްރޫމް މެނޭޖްމަންޓް އިންޓަރވެންޝަންތައް ތަންފީޒުކޮށް، ދަރިވަރުންގެ ސުލޫކަށް އުއްމީދީ ކުރިއެރުންތަކެއް ގެނެސްދީފައެވެ.

ކްލާސްރޫމް މެނޭޖްމަންޓް އިންޓަރވެންޝަންތަކާ ބެހޭ ދިރާސާ ހޯދުންތައް

ފަހުގެ ދިރާސާތަކުން ދަރިވަރުންގެ ސުލޫކު ރަނގަޅުކުރުމުގައި ޓާގެޓްޑް ކްލާސްރޫމް މެނޭޖްމަންޓް ޕްރޮގްރާމްތަކުގެ ކާމިޔާބީ ފާހަގަކޮށްފައިވެއެވެ. ސިމަންސަން، ފެއަރބެންކްސް، ބްރިޝް، މަޔަރސް، އަދި ސުގައި ގެ ލޭންޑްމާކް ދިރާސާއަކުން ފާހަގަކޮށްފައިވާ ގޮތުގައި ޕްރޮއެކްޓިވް ބިހޭވިއަރ މެނޭޖްމަންޓް ޓެކްނިކްސް އިން ޑިސްރަޕްޓިވް ބިހޭވިއަރސް ވަރަށް ބޮޑަށް ދަށްވެއެވެ. އެމީހުންގެ ހޯދުންތަކުން ދައްކާ ގޮތުގައި ޕޮޒިޓިވް ރިއިންފޯސްމަންޓް ސްޓްރެޓެޖީތަކާއި ސާފު އުސޫލުތަކާއި އެއްގޮތް ރޫޓިންތައް ބޭނުންކުރުމަކީ ސުލޫކާއި ތައުލީމީ ނަތީޖާ ވެސް ރަނގަޅު ކުރެވޭނެ ކަމެކެވެ. ހަމައެފަދައިން 2021 ވަނަ އަހަރު ޑރ ކޯރޕަރޝޯކް އާއި އެކު ކުރި މެޓާ އެނަލިސިސްއަކުން ވެސް އިން ދައްކާފައިވާ ގޮތުގައި ކްލާސްރޫމް މެނޭޖްމަންޓްގައި ޓީޗަރުން ތަމްރީނު ކުރުމަށް ބާރުއަޅާ އިންޓަރވެންޝަންތަކުގެ ސަބަބުން ޑިސްޓްރަޕްޓިވް ބިހޭވިއަރސް %20 ދަށްވެ، ދަރިވަރުންގެ އެންގޭޖްމަންޓް ލެވެލް %15 އިތުރުވެއެވެ.

މީގެ އިތުރުން އެމެރިކާގެ އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން ސައިންސަސް (އައިއީއެސް) އިން ކުރިއަށް ގެންދިޔަ ރެންޑޮމައިޒްޑް ކޮންޓްރޯލްޑް ޓްރައިއަލް އިން ހާމަވި ގޮތުގައި ޕޮޒިޓިވް ބިހޭވިއަރަލް އިންޓަރވެންޝަންސް އެންޑް ސަޕޯޓްސް (ޕީބީއައިއެސް) ފްރޭމްވޯކްސް ތަންފީޒުކުރާ ސްކޫލްތަކުން އިޖުތިމާއީ ހުނަރު ރަނގަޅުވެ، ޑިސިޕްލިނަރީ ރިފަރަލް މަދުވެ، ޓީޗަރުންގެ ހިތްހަމަޖެހުމުގެ ނިސްބަތް މަތިވެފައިވެއެވެ. މި ނަތީޖާތަކުން ޕްރައިމަރީ ކްލާސްރޫމްތަކުގައި ހެޔޮ ސުލޫކީ މާހައުލެއް ބައްޓަންކުރުމުގައި ސްޓްރަކްޗަރޑް، ރިސާޗް ބެސްޓް އިންޓަރވެންޝަންތަކުގެ މުހިންމުކަން ހާމަވެގެންދެއެވެ.

ދަރިވަރުންގެ ސުލޫކު ރަނގަޅު ކުރުމަށް ހުށަހަޅާފައިވާ ފިޔަވަޅުތައް

މި ހޯދުންތަކުގެ މައްޗަށް ބިނާކޮށް، ސްކޫލްތަކުން ކްލާސްރޫމް މެނޭޖްމަންޓް އިންޓަރވެންޝަންތަކުގައި މަލްޓި ޓިއަރޑް އެޕްރޯޗެއް ގެންގުޅެވިދާނެއެވެ:

ސާފު އުންމީދުތަކާއި އެއްގޮތްކަން

ޕްރައިމަރީ ދަރިވަރުން ކުރިއަރަނީ އެމީހުންގެ ކިބައިން އުންމީދު ކުރެވޭ ކަންތައްތައް އެނގިގެންނެވެ. މުދައްރިސުން ، ސާފުކޮށް ކަނޑައެޅިފައިވާ މަދު ގަވާއިދުތަކެއް ގާއިމްކޮށް، އެކަންކަން އެއްގޮތަކަށް ވެސް ތަންފީޒު ކުރަން ޖެހެ އެވެ. ވިޝުއަލް ކިއުތަކާއި ޕޯސްޓަރުތަކަކީ މުޅި ދުވަހު ކުޑަކުދިންނަށް ސުލޫކީ އުސޫލުތައް ހަނދާންކޮށްދިނުމަށް އެހީތެރިވެދޭނެ އެއްޗެކެވެ.

ޕޮޒިޓިވް ރިއިންފޯސްމަންޓް ސިސްޓަމްސް

ހެޔޮ ސުލޫކު ދެނެގަނެ އިނާމު ދިނުމަކީ ގޯސް ސުލޫކަށް އަދަބު ދިނުމަށް ވުރެ މާ ފައިދާހުރި ކަމެކެވެ. ސްޓިކާ ޗާޓް، ތައުރީފު ނޯޓް، އަދި ކްލާސްރޫމް އިނާމު ފަދަ ސިސްޓަމްތަކުގެ ސަބަބުން ކުދިންނަށް ހިލޭސާބަހަށް އެކަށީގެންވާ ސުލޫކުތައް ދައްކާލުމަށް ހިތްވަރު ލިބެ އެވެ.

ސޯޝަލް-އިމޯޝަނަލް ލާނިން (އެސްއީއެލް) ޕްރޮގްރާމްތައް

އެސްއީއެލް މަންހަޖުގެ ތެރެއަށް ވައްދައިގެން ދަރިވަރުންނަށް ދަސްކޮށްދެނީ އެންޕެތީ، އިމޯޝަން ރެގިއުލޭޝަން، އަދި ކޮންފްލިކްޓް ރިޒޮލިއުޝަން ފަދަ މުހިންމު ހުނަރުތަކެކެވެ. "ދެވަނަ ފިޔަވަޅު" އަދި "ޕެތްސް" ފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ޕްރައިމަރީ ގްރޭޑްތަކުގައި ސުލޫކީ މައްސަލަތައް ވަރަށް ބޮޑަށް ކުޑަވެ އެވެ.

ޓީޗަރ ޓްރޭނިންގ އެންޑް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް

ސްކޫލްތަކުން އިންވެސްޓް ކުރަން ޖެހޭނީ ކްލާސްރޫމް މެނޭޖްމަންޓް ސްޓްރެޓެޖީތަކަށް ފޯކަސްކޮށްގެން ކޮންޓިނިއު ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށެވެ. ޕްރިވެންޓިވް ސްޓްރެޓެޖީސް، ޑީ-އެސްކޭލޭޝަން ޓެކްނިކްސް، އަދި ޑިފެރެންޝިއޭޓެޑް ބިހޭވިއަރ އިންޓަރވެންޝަންސް އަށް މުދައްރިސުންނަށް ތަމްރީނު ދިނުމުން ދަރިވަރުންގެ ތަފާތު ބޭނުންތައް ފުއްދުމަށް ރަނގަޅަށް ތައްޔާރުވެފައިވާކަން ކަށަވަރުވެއެވެ.

ބެލެނިވެރިން ބައިވެރިވުން

ސްކޫލާއި ގޭގެ މުވާސަލާތު ވަރުގަދަ ކުރުމަކީ މުހިންމު ކަމެކެވެ. ގަވާއިދުން އަޕްޑޭޓްތަކާއި، ވޯކްޝޮޕްތަކާއި، ކޯލަބަރޭޓިވް ބިހޭވިއަރ ޕްލޭންތަކުގެ ތެރެއިން ބެލެނިވެރިން ޝާމިލުކުރުމަކީ ގޭގެއާއި ސްކޫލުގެ އުންމީދުތަކުގެ މެދުގައި އެއްގޮތްކަން ކަށަވަރުކޮށްދޭ ކަމެކެވެ.

ޑޭޓާ ޑްރައިވަން ޑިސިޝަން މެކިންގ

ގަވާއިދުން ޑޭޓާ އެއްކުރުމުގެ ތެރެއިން ސުލޫކީ ޓްރެންޑްތަކާއި އިންޓަރވެންޝަންގެ ނަތީޖާތައް މޮނިޓަރކުރުމަކީ ޓީޗަރުންނާއި އެޑްމިނިސްޓްރޭޓަރުންނަށް މަސައްކަތްކުރާ ސްޓްރެޓެޖީތަކަކީ ކޮބައިކަން ދެނެގަނެ، ބޭނުންވާ ވަގުތުތަކުގައި އެޕްރޯޗްތައް އެޖެސްޓްކުރުމަށް އެހީތެރިވެދޭ ކަމެކެވެ.

ޕްރައިމަރީ ގްރޭޑްތަކުގައި ދަރިވަރުންގެ ސުލޫކު ރަނގަޅުކުރުމަކީ ތައުލީމީ ކާމިޔާބީއާއި އިޖުތިމާއީ ތަރައްގީ ކަށަވަރުކުރުމަށް ވަރަށް މުހިންމު އެހައިމެ ޞޭނުންތެރި ކަމެކެވެ. ސްޓްރަކްޗަރޑް ކްލާސްރޫމް މެނޭޖްމަންޓް އިންޓަރވެންޝަންތަކުގެ ފައިދާ، ޚާއްޞަކޮށް ޕްރޮއެކްޓިވް، އިންކްލޫސިވް، އަދި އެއްގޮތަކަށް އަމަލުކުރެވޭ އިންޓަރވެންޝަންތަކުގެ ފައިދާއަށް ދިރާސާތަކުން ސާފުކޮށް ތާއީދު ލިބެއެވެ. ހެކިތަކަށް ބިނާކޮށް ފިޔަވަޅުތައް އަޅައިގެން- ޕޮޒިޓިވް ރިއިންފޯސްމަންޓުން ފެށިގެން އިޖުތިމާއީ-ޖަޒުބާތީ އުނގެނުމާ ހަމައަށް- ސްކޫލްތަކަށް ހުރިހާ ދަރިވަރުން ކުރިއަރައި ދިއުމަށް އެހީތެރިވެދެވޭ ތަރުބިއްޔަތު ކުރާ މާހައުލުތައް އުފެއްދިދާނެއެވެ. ކުރިއަށް ދިއުމަށްޓަކައި، ޓީޗަރ ޑިވެލޮޕްމަންޓަށް ކުރިއަށްދާ އިންވެސްޓްމަންޓާއި، އާއިލާތަކާ އެކު ވަރުގަދަ ޕާޓްނަޝިޕެއް ހެދުމަކީ، މި ކުރިއެރުންތައް ދެމެހެއްޓުމަށާއި، ޒުވާން ދަރިވަރުންގެ އުމުރު ދުވަހުގެ ހެޔޮ ސުލޫކުތައް އާލާކުރުމުގައި ކޮންމެހެން ބޭނުންތެރި ކަމެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *