ސްކޫލްތައް ވަކިކޮށްގެން ކިޔަވައިދިނުމާއި، ސައިންސް ކިޔަވާ ކުދިންނަށް އެކްސްޕެރިމެންޓް ހެދުމުގެ ފުރުޞަތު ދިނުމާއި ގުރޭޑް 10އާއި 12ގެ ކުދިންނަށް ޚާއްޞަ އެކްސްޓްރާ ކުލާސްތައް ތާވަލުކޮށްގެން އަންނަނީ ބާއްވަމުން
ކިޔަވާ ހުރިހާ ކުދިންނަށް ޓިއުޝަން މުހިންމު ނުވިޔަސް، އިތުރަށް އޮޅުން ފިލުވުމާއި ކިޔެވުމުގައި އިތުރު އެހީ ހޯދަން ބޭނުންވާ ދަރިވަރުންނަށް ޓިއުޝަން މުހިންމު ވެއެވެ. ޓިއުޝަންދޭށޭ ކިޔާފައި ކޮންމެ ކޮންމެ ތަނަކަށް ދަރިފުޅު ފޮނުވުމަކީ އެއީ ކަމުދާ ގޮތެއް ނޫނެވެ. ޓިއުޝަނަށް ފޮނުވުމުގެ ކުރިން ވިސްނަން ޖެހޭ ގިނަ ކަންތައްތަކެއް ހުރެއެވެ. އެންމެ މުހިންމު ކަމަކީ ޓިއުޝަނަށް ފޮނުވާ ތަނުގައި ކިޔަވައިދޭނެ އެންމެ އެކަށޭނެ މާހައުލެއް އޮތްތޯ ޔަޤީން ކުރުމެވެ. ދެން ކިޔަވައިދޭ ޓީޗަރުންގެ ފެންވަރު ވަޒަން ކުރުމެވެ. އަތުން ބައިވަރު ފައިސާތަކެއް ޚަރަދު ކޮށްފައި ކިޔަވަން ދަރިފުޅު ތަނަކަށް ދޫކޮށްލާއިރު، ގިނަ ފަހަރަށް މި ކަންތައްތަކަށް ސަމާލުކަމެއް ނުދެވެއެވެ. އޭގެ ސަބަބުން ކިޔެވުމުގައި އެކަށީގެންވާ ކުރިއެރުމެއް ދަރިފުޅަށް ނުލިބި، ނޭދެވޭ ކަންތައްތަކެއްގެ ތެރެއަށް ދަރިފުޅު ވެއްޓޭތަން އާދެއެވެ.
މިޒާ އިންސްޓިޓިއުޓް އުފެދިގެން އައީ މިފަދަ މައްސަލަތަކަށް ހައްލު ހޯދައިދީ ހަޤީޤީ މާނައިގައި ދަރިވަރުންނަށް ޓިއުޝަންދޭށެވެ. ޓިއުޝަންދޭ އެހެން ތަންތަނާ އެތަން ތަފާތު ވަނީ ވެސް އެހެންވެއެވެ. މިޒާ އިންސްޓްޓިއުޓްގެ ގެންގުޅޭ ތަޞައްވުރަކީ ދަރިވަރުންނަށް ފަހި މާހައުލެއްގައި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމެވެ.
ފުލްޓައިމް ޓީޗަރުންގެ ހުރިހާ ވަގުތެއް ދަރިވަރުންނަށް
މިޒާގެ އެންމެ ބޮޑު ސްޓްރެންތަކީ އެ ތަނުގައި ކިޔަވައިދޭ ފުލްޓައިމް ޓީޗަރުންނެވެ. ޚާއްޞަކޮށް އިނގިރޭސި މީޑިއަމް މާއްދާތައް ކިޔަވައިދޭ ހުރިހާ ޓީޗަރުންނަކީ އެ އިންސްޓިޓިއުޓްގައި ކިޔަވައިދޭން ރާއްޖެއިން ބޭރުން ގެނެސްފައިވާ ޓީޗަރުންނެވެ.

މި ޓީޗަރުންނަކީ ކިޔަވައިދިނުމުގެ ތަޖުރިބާ ހުރި ޓީޗަރުންނެވެ. މިޒާގައި، ކޮންމެ މާއްދާއަކަށް ވެސް ޓީޗަރަކު ނަގަނީ ވަރަށް ބޮޑަށް ސްކްރީން ކޮށްގެން ވަރަށް ބޮޑަށް ބެލިގެންނެވެ. އަދި މި ޓީޗަރުންނަކީ ކެމްބްރިޖް ސިލަބަހަށް އަހުލުވެރި ރާއްޖޭގައި ގިނަ ދުވަސްތަކެއްގައި މަސައްކަތްކޮށްފައިވާ ޓީޗަރުންނެވެ. އަލަށް ގެންނަ ޓީޗަރުންނަކީ ވެސް ކެމްބްރިޖް ކަރިކިއުލަމަށް އަހުލުވެރި، ރާއްޖޭގައި މި ހަދާ އިމްތިޙާނު ތަކަށް ފަރިތަ ޓީޗަރެއްތޯ ކަށަވަރުކުރެއެވެ. މިޒާގައި މަސައްކަތް ކުރާ ފުލްޓައިމް ޓީޗަރުންނަށް އިތުރު ތަނެއްގައި މަސައްކަތް ކުރުން އޮންނަނީ މަނާކޮށްފައެވެ. އެއީ ވެސް އެ ޓީޗަރުންގެ ހުރިހާ ހަކަތައެއް މިޒާއިން ކިޔަވާ ދަރިވަރުންނަށް ފޯރުކޮށްދޭން ބޭނުންވާތީއެވެ.
ސްކޫލްތައް ވަކިކޮށް، ގްރޫޕް ޓިއުޝަން
މިޒާ އިންސްޓިޓިއުޓުން ތަޢާރަފު ކޮށްފައިވާ "ސްކޫލް ބަޑީސް" ޓިއުޝަން މޮޑެލަކީ ޓިއުޝަނުގެ ހަޤީޤީ މަންފާ ސީދާ ދަރިވަރަށް ލިބޭ ގޮތަށް ފަރުމާ ކޮށްފައިވާ ޕްރޮގްރާމެކެވެ. ސްކޫލް ބަޑީސް ޓިއުޝަނުގެ ޚާއްޞަ ކަމަކީ ކުލާހެއްގައި ކިޔަވާ ގްރޫޕަކީ އެއް ސްކޫލެއްގެ ކުދިންތަކަކަށް ހެދުމެވެ. "ސްކޫލް ބަޑީސް"ގެ ކުލާހެއްގައި އެކި ސްކޫލްތަކުން އަންނަ ކުދިންނެއް ނުތިބޭނެއެވެ. އެ ސްކޫލެއްގައި ކިޔަވައިދޭ ބައިތަކުގެ މައްޗަށް ބިނާކޮށް ކިޔަވައިދިނުމުން ސްކޫލުގައި ކިޔަވައިދޭ އެއްޗަކަށް ފޯކަސްކުރެވި ހަޤީޤީ މާނައިގައި ޓިއުޝަނަކުން ފޯރުކޮށްދޭ އެހީތެރިކަން ކުއްޖާއަށް ސީދާ ގޮތެއްގައި ލިބިގެންދެއެވެ.
ގިނަ ޓިއުޝަން ކުލާސްތަކުގައި މަސްހުނިކޮށްގެން ކިޔަވައިދޭތީ، ސްކޫލުން ކިޔަވައިދޭ ފިލާވަޅާއި ޓިއުޝަނުން ދޭ ފިލާވަޅާ ދިމާނުވުމުގެ ފުރުޞަތު ވަރަށް ބޮޑެވެ. މިޒާއިން ބަލަނީ ސްކޫލްތައް ވަކިކޮށްގެން ދަރިވަރުންނަށް ހަޤީޤީ ޓިއުޝަނެއްގެ މަންފާ ހޯދައިދިނުމެވެ. ސްކޫލުން އޮޅުން ނުފިލާ އެއްޗެއް، ނޫނީ ސްކޫލުގައި ކިޔަވައިދޭ އެއްޗެއް އިތުރަށް ޕްރެކްޓިސްކޮށް ސްކޫލްގެ ފިލާވަޅުތަކާ އެއްގޮތަށް ގެންދެވޭތޯ ބަލައި ދިނުމަކީ މިޒާ އިންސްޓިޓީއުޓްގެ އަމާޒެވެ. އެހެންވެ ހުރިހާ މާއްދާއެއްގައި ވެސް އިސްކަންދީފައި އޮންނަނީ ސްކޫލްތައް ވަކިކޮށްގެން ކިޔަވައިދޭށެވެ. ހުޅުމާލޭގެ ސްކޫލްތަކުގައި ކިޔަވާކުދިންނަށް ސްކޫލްތައް ވަކިކޮށްގެން މިހާރު ވެސް ކިޔަވައިދެން ގެންދާއިރު މާލެއިން އަންނަ ކުދިންނަށް ވެސް އެފުރުޞަތު ފަހިކޮށްދޭން އެ އިންސްޓިޓިއުޓުން ބަލައެވެ.
"އެކި ސްކޫލުތަކުން އަންނަ ކުދިން އެއް ކުލާހަކަށް ލީމާ ކިޔަވައިދޭން ވެސް އުނދަގޫވޭ. އަދި ޓިއުޝަނަށް އަންނަ ކުއްޖާއަށް ޓިއުޝަނަކުން ލިބޭން ޖެހޭ ހަޤީޤީ ފައިދާއެއް ވެސް ނުލިބޭ" މިޒާ އިންސްޓިޓިއުޝަނުން ބުންޏެވެ.
މިޒާ އިންސްޓިޓިއުޓްގެ ބޭނުމަކީ ގިނަ ކުދިން ކުލާހަކަށް ލުމުގެ ބަދަލުގައި މަދުކުދިން ބައިތިއްބައިގެން ކުދިންނަށް ކިޔެވޭނެ މާހައުލެއް އުފައްދައިދީގެން ރަނގަޅު ޚިދުމަތެއް ދިނުމެވެ. ފަށައިގަތް އިރު ކުދިން ގިނަވި ނަމަވެސް މިހާރު ކުލާހެއްގައި އެންމެ ގިނަވެގެން ތިބެނީ އަށް ކުދިންނެވެ. ގުރޫޕްގެ ގޮތުގައި ކުދިންނަށް އަޅާލައިގެން، ކުދިންނަށް ނޭނގޭއެއްޗެއް އޮވެއްޖެނަމަ ކައިރިން ބެލިގެން، ކުދިންނަށް ނޭނގޭ ޓޮޕިކެއް ފާހަގަވެއްޖެނަމަ ވަކިން ވެސް އެހީތެރިކަން ފޯރުކޮށްދެމުން ގެންދެއެވެ.
ސައިންސް މާއްދާތަކުން ޕްރެޓިކްސް ކުރުމުގެ ފުރުޞަތު ދަރިވަރުންނަށް
މިޒާ އިންސްޓިޓިއުޓުގެ ދަރިވަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި ސައިންސްގެ މާއްދާތަކަށް ޚާއްޞަކޮށްގެން ބާއްވާ ޕްރެކްޓިކަލް ސެޝަންތަކަކީ ދަރިވަރުންގެ މަޤްބޫލުކަން ބޮޑު ސެޝަންތަކެވެ. މީގެ ބޭނުމަކީ ހަމައެކަނި ފޮތުން ކިޔެވުމުގެ ބަދަލުގައި ކުދިންނަށް ސައިންސްގެ ޕްރެކްޓިކަލް ބައިވެސް ހިމަނައިގެން ކިޔަވައިދިނުމެވެ.
ހުރިހާ ފިލާވަޅެއްގެ ޕްރެކްޓިސް ނުގެންދެވުނަސް ކެމިކަލާ ނުލައި ޓެސްކިޓްތަކުގެ އެހީގައި ގެންދެވޭ ޕްރެކްޓިސްތައް ކުރިއަށް ގެންދެއެވެ. މީގެ ސަބަބުން ފިލާވަޅުގައި ބުނާއެއްޗެއް އަމަލީ ގޮތުން ދަރިވަރުންނަށް ވިސްނައިދެވި ކުރިއަށްދާން ފަސޭހަވެއެވެ.
ދަށް ގުރޭޑް ތަކުގެ ދަރިވަރުން ސައިންސް މާއްދާތަކަށް އަހުލުވެރިކުރުވުމުގެ ބޭނުމުގައި، އެ ކުދިން ވަކިން ގެނެސްގެން ވެސް މިފަދަ ސެޝަންތަކެއް މިޒާއިން އަންނަނީ ބާއްވައި ދެމުންނެވެ.
ޑަބްޓް ކުލިއަރިންގ ސެޝަންތަކާއި ޚާއްޞަ ކުލާސްތައް
ފިލާވަޅުގައި ބުނާއެއްޗެއް ނޫނީ ކިޔަވައިދޭ ޓީޗަރުގެ ކައިރިން އެއްވެސް އެއްޗެއް އަހަން ބޭނުން ނަމަ އެ ފުރުޞަތު ވެސް މިޒާއިން އޮންނަނީ ފަހިކޮށްދީފައެވެ. "ޑަބްޓް ކުލިއަރިއަރިންގ ސެޝަން" ގެ ނަމުގައި މި ސެޝަން ފަރުމާކޮށްފައި ވަނީ ދަރިވަރަށް ކުރިމަތިވެދާނެ އެއްވެސް ސުވާލެއް ނުވަތަ ދަތިކަމެއް ސާފުކުރުމަށް އެހީތެރިވެދޭ ގޮތަށެވެ. ކަނޑައެޅިފައިވާ ވަގުތުތަކުގައި ވަކި ކްލާސްރޫމެއްގައި ޓީޗަރަކު ތައްޔާރަށް ހުންނަނީ ދަރިވަރުންގެ ފަރާތުން އަންނަ މިފަދަ ސުވާލުތަކަށް ޖަވާބުދޭށެވެ. މި ފުރުޞަތުގެ ބޭނުން ހިފާ ދަރިވަރުން މަދެއް ވެސް ނޫނެވެ. މީގެ އިތުރުން ބެލެނިވެރިންގެ ރިކްއެސްޓްތަކަށް ވެސް ޚާއްޞަ ކުލާސްތައް މިޒާއިން އަންނަނީ ބާއްވައި ދެމުންނެވެ. މިފަދަ ކުލާސްތައް ބާއްވަނީ ޓީޗަރުންގެ ވަގުތުތަކަށް ބަލައިގެން ދަރިވަރުންނަށް އެންމެ ފަސޭހަ ވަގުތު ތަކުގައެވެ. މިކަން އެ އިންސްޓިޓިއުޓަށް ކުރެވެނީ އެތަނަށް ޚާއްޞަ ޓީޗަރުން ތިބޭތީއެވެ.
ބިޒީކޮށް އުޅޭ ކުދިންނަށް ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ޚާއްޞަ ކުލާސްތަކެއް
ގުރޭޑް9 އާއި 10ގެ ދަރިވަރުންނަށް ޚާއްޞަ ކޮށްގެން ކޮންމެ ހުކުރު ދުވަހަކާއި ހޮނިހިރު ދުވަހަކު ޚާއްޞަ ކުލާސްތަކެއް މިޒާއިން މިހާރު ވެސް އަންނަނީ ބާއްވަމުންނެވެ. މިއީ ބެލެނިވެރިންގެ އެދުމުގެ މަތިން، ސްކޫލްތަކުގައި ބިޒީކޮށް އުޅޭ މާލޭ ސްކޫލްތަކުގައި ކިޔަވާ ކުދިންނާއި އޯލެލް ހަދާ ދަރިވަރުންގެ ނަތީޖާއަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ކުލާސްތަކެކެވެ. މީގެ ތެރޭގައި އިންޓަރނޭޝަނަލް ސްކޫލްތަކުން ކިޔަވަމުންދާ ދަރިވަރުން ވެސް ހިމެނެއެވެ. ހުކުރު ދުވަހާއި ހޮނިހިރު ދުވަހު، މި ކުލާސްތަކަށް ތިން ގަޑިއިރު ޚާއްޞަކޮށްފައިވާއިރު، ކިޔަވައިދެނީ ސްޓްރީމް ތިން މާއްދާއާއި ހިސާބު މާއްދާއެވެ. މި ކުލާސްތަކުގެ ތަރުހީބު އަންނަނީ ބޮޑުވަމުންނެވެ.
ކުދިންނަށް ފަހި ރައްކާތެރި މާހައުލެއް
މިޒާ އިންސްޓިޓިއުޓްގެ ދެ ކެމްޕަހެއްގައި މިހާރު ކިޔަވައިދެމުން ގެންދެއެވެ. އެއީ ހިޔާ ޓަވަރު 2ގެ ގްރައުންޓް ފްލޯގައި ހުންނަ "މިޒާ އިންސްޓިޓިއުޓް ހިޔާ" އާއި ވިނަރެސްގެ އެއްވަނަ ޓަވަރުގައި ހުންނަ "މިޒާ އިންސްޓިޓިއުޓް ވިނަރެސް" އެވެ.މި ދެ ކެމްޕަހަކީ ވެސް މިހާތަނަށް ޓިއުޝަން ކުލާހަކުން ފޯރުކޮށް ނުދޭ ފަދަ ޚިދުމަތްތައް ދެވޭ ގޮތަށް ފަރުމާކޮށްފައިވާ ތަނެކެވެ. ދަރިވަރުންނަށް ފޮޓޯކޮޕީގެ ޚިދުމަތް ފޯރުކޮށްދެއެވެ. ކޮންމެ ކުލާސްރޫމެއްގައި ގިނަވެގެން ތިބޭނީ 8 ކުދިންނެވެ. ކުލާސްރޫމްތައް އޭސީކޮށް، ސްމާޓް ޓީވީ ބަހައްޓައި، ކޮންމެ ކުލާސްރޫމެއްގައި ވަށައިގެން ބަލާލެވޭ ގޮތަށް ދެ ކެމެރާ ހަރުކޮށް، ކުލާސްރޫމްތަކުގެ ޖާގަ ވަކި މިންގަނޑެއްގައި ވަނީ ހިފަހައްޓާފައެވެ. އޭގެ ސަބަބުން ނޭދެވޭ ކަމެއް ހިނގުމުގެ ފުރުޞަތު ކުޑަވެއެވެ. އަދި ކަމެއް ހިނގާ ފަހަރެއްގައި ފަސޭހައިން އެކަމެއް ބަލާލެވެއެވެ. އެހެންވެ އަވަސް ފިޔަވަޅުތަކެއް އަޅަން މަގުފަހިވެއެވެ.

މިޒާ އިންސްޓިޓިއުޓްގެ ކާމިޔާބަކީ ދެވޭ ޚިދުމަތުގެ ފެންވަރު ހިފެހެއްޓުމާއެކު ތަފާތު ޚިދުމަތް އާ ހަރުފަތަކަށް ގެންދަން މަސައްކަތް ކުރުމެވެ. މިއަދު އެތައް ސަތޭކަ ދަރިވަރުންނެއް މިޒާގެ ހިޔާވަހި ކަމުގެ ދަށުން ޓިއުޝަން ނަގަމުންދެއެވެ. މިޒާގެ ދޮރުގައި ޓަކިޖަހާ ކޮންމެ ދަރިވަރަކަށް ކޮންމެ ބެލެނިވެރިއަކަށް ހިތްހަމަޖެހޭ ފަދަ ޚިދުމަތެއް ދަރިންގެ މުސްތަޤުބަލަށްޓަކައި ފޯރުކޮށްދިނުމަކީ އެއީ މިޒާގެ އަމާޒެވެ.
މިޒާ އިންސްޓިޓުން ޓިއުޝަން ނަގަމުންދާ، މިހާރު އޯލެވެލް އިމްތިޙާނު ހަދަމުންދާ ދަރިވަރެއްގެ ބެލެނިވެރިއަކު އެ އިންސްޓިޓިއުޓުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ދިނީ އޭ ސްޓަރއެކެވެ. އޭ ސްޓަރއެއް އޭނާ ދިނީ، ފާއިތުވި އަށް މަހެއްހާ ދުވަހުގެ ތެރޭހައި އޭނާގެ ދަރިފުޅުގެ ކިޔެވުމަށް އައި ބަދަލާއި، މިޒާގެ މެނޭޖްމަންޓާއި ކިޔަވައިދޭ ޓީޗަރުންގެ ކިޔަވައިދިނުމުގެ ފެންވަރަށް ބަލައިގެންނެވެ. އޭނާ އިތުރަށް ފާހަގަކުރީ އޯލެވެލް ކުރިއަށް ދާއިރު، ކުރިއަށް އޮންނަ މާއްދާއަށް ޚާއްޞަކޮށްގެން ވަކިވަކި މާއްދާތަކަށް ކުރިއަށް ގެންދާ ސެޝަންތަކާއި ބަންދު ދުވަސްތަކުގައި ބާއްވަމުން އަންނަ ސެޝަންތަކެވެ. އަދި ކުއްޖާއަށް އަޅާލައި ނޭނގޭ އެއްޗެއް އޮވެއްޖެނަމަ އޮޅުންފިލުވައިދޭން ކުރާ މަސައްކަތެވެ.
"ޑެޑިކޭޓެޑް ޓީޗަރުން މަސައްކަތް ކުރާތަން ފެންނަނީ. ދަރިފުޅުގެ ފަރާތުން ދުވަހަކު ވެސް ޓީޗަރެއްގެ ވެސް އަދި ތަނުގެ މެނޭޖްމަންޓާ ގުޅޭ އެއް ވެސް ޝަކުވާއެއް ނާދޭ. އެއީ މީގެ ކުރިން ގެންދިޔަ ޓިއުޝަން ސެންޓަރުތަކާ އަޅާބަލާއިރު، ލިބޭ ބަރަށް ބޮޑު ހިތްހަމަޖެހުމެއް" އޭނާ އިތުރަށް ކިޔައިދިނެވެ.
"މިޒާއިން އިސްކަންދެނީ ދަރިވަރުންގެ ކުރިއެރުމަށް، ނަތީޖާއަށް. ކުރާ މަސައްކަތާ އަޅާބަލާއިރު ނަގާ ފީވެސް ބޮޑެއް ނޫން"
ގުރޭޑް 1ން 12އަށް ޓިއުޝަންދޭ މިޒާ އިންސްޓިޓިއުޓްގެ ކުލާސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވެސް އޮތީ ހުޅުވިފައެވެ. އިތުރު މައުލޫމާތު 7333535 އާއި 7770953 ނަމްބަރުން ސާފުވާނެއެވެ. މިޒާގެ ފޭސްބުކް ޕޭޖް Miza Institute ޒިޔާރަތްކޮށް ލުމުން ވެސް ކުރިން ނޭނގޭ އެތައް މައުލޫމާތެއް ލިބޭނެއެވެ.
މިއީ، މިޒާ އިންސްޓިޓިއުޓްގެ އެޓްވަޓޯރިއަލްއެކެވެ.
ހިޔާލު