މިހާރު ކުރިއަށްދާ 12 ވަނަ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕުގައި ހައި ޖަމްޕްގެ ގައުމީ ރިކޯޑު ޔޫސުފް ނާއިކް ވަޖީހު މުގުރާލައިފިއެވެ. ނާއިކް މި މުބާރާތުގައި ވާދަކުރަނީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ފަރާތުންނެވެ.
ހުކުރު ދުވަހު ހަވީރު، ކުރިއަށް ގެންދިޔަ ހައި ޖަމްޕް އިވެންޓްގައި ގައުމީ ރިކޯޑު ނާއިކް ހެދީ 1.88 މީޓަރަށް ފުންމައިގެންނެވެ. ކުރިން އެ ރެކޯޑް ހަދާފައި ވަނީ އަޙްމަދު ޒަބީރެވެ. އޭނާގެ ރެކޯޑަކީ 1.85 މީޓަރަށް ފުންމައިގެންނެވެ.
ހައި ޖަމްޕުން ރެކޯޑް މުގުރައި އެއްވަނަ ހޯދި ނާއިކަށް 10 ޕޮއިންޓް ވަނީ ލިބިފައެވެ. ހައި ޖަންޕުން ދެވަނަ ހޯދީ، 1.70 މީޓަރަށް ފުންމައިގެން އީސާ ޖާހިޒް އަޖުހަދެވެ. އެނާއަށް ލިބުނީ 8 ޕޮއިންޓެވެ. ތިންވަނައަށް ދިޔައީ 1.70 މީޓަރަށް ފުންމައިގެން ލޫތު ބިން އަލީ ޝަރީފެވެ. އޭނާއަށް ހަ ޕޮއިންޓް ލިބިފައިވެއެވެ.
ހިޔާލު