ޑެޕިއުޓީ ޕްރިންސިޕަލް އާމިނަތު ނައީމާ ހިރިޔާ ސްކޫލުގެ ޕްރިންސިޕަލަކަށް ހަމަޖައްސައިފިއެވެ. ހިރިޔާ ސްކޫލަށް ޕްރިންސިޕަލަކު ހޯދަން އެޑިޔުކޭޝަން މިނިސްޓްރީން އިއުލާން ކުރީ އެ ސްކޫލުގެ ޕްރިންސިޕަލް ކަމުގައި ހުންނެވި ރިންޒީ ވަހީދު އަމީނިއްޔާ ސްކޫލަށް ބަދަލުކުރެއްވުމުންނެވެ.
2010 ވަނަ އަހަރު ޓީޗަރެއްގެ ގޮތުގައި ހިރިޔާގައި މަސައްކަތް ކުރައްވަން ފެއްޓެވި ނައީމާ، ލީޑިންގ ޓީޗަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވިއެވެ. ޑެޕިއުޓީ ޕްރިންސިޕަލެއްގެ ގޮތުން މަސައްކަތް ފެއްޓެވީ 23 ނޮވެންބަރ 2021 ގައެވެ.
މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަނުން ޑިޕްލޮމާއިންޓީޗިން ސެކަންޑަރީ ކޯސް ނިންމެވުމަށްފަހު ނައީމާ ކިޔަވައި ދެއްވަން ފެއްޓެވީ 2005 ވަނަ އަހަރު މަޖީދިއްޔާ ސްކޫލުންނެވެ. ކިޔަވައި ދެއްވީ އެކައުންޓިންގއެވެ. ނައީމާ، ފުރަތަމަޑިގްރީ ހާޞިލް ކުރެއްވީ ޔުނިވާސިޓީ އޮފް މައިސޫރުންނެވެ. އޭގެ ފަހުން ވިލާކޮލެޖުން ހިންގާ މެލޭޝިއާގެ އޯޕަން ޔުނިވަރސިޓީން މާސްޓަރ ޑިގްރީ ހާޞިލް ކުރެއްވިއެވެ.
ހިޔާލު