އަންހެން ފައިނަލުގައި ބިޒްނަސް ސްކޫލާއި ސްކޫލް އޮފް ނާސިންގ، ފިރިހެން ފައިނަލުގައި އެކަލްޓީ އޮފް އެޑިޔުކޭޝަނާއި ސްކޫލް އޮފް ނާސިންގ

މައިނާ އެމްއެންޔޫއެސްޔޫ އިންޓަރ-ފެކަލްޓީ ވޮލީބޯޅަ މުބާރާތުގެ ތެރެއިން: މި މުބާރާތުގެ ފައިނަލް ކުޅޭނީ ހޮނިހިރު ދުވަހުގެ ހަވީރާއި ރޭގަނޑު- ފޮޓޯ: އެމްއެންޔޫއެސްޔޫ

މައިނާ އެމްއެންޔޫއެސްޔޫ އިންޓަރ-ފެކަލްޓީ ވޮލީބޯޅަ މުބާރާތުގެ ފައިނަލް ކުޅޭނީ ހޮނިހިރު ދުވަހުގެ ހަވީރާއި ރޭގަނޑުގައެވެ. ހޮނިހިރު ދުވަހުގެ ހަވީރު އަންހެން ޑިވިޜަންގެ ފައިނަލުގައި ކުޅޭނީ ބިޒްނަސް ސްކޫލް(ބީއެސް) އާއި ސްކޫލް އޮފް ނާސިންގ( އެންއެސް)އެވެ. އެ ރޭ، ފިރިހެން ޑިވިޜަންގެ ފައިނަލުގައި ކުޅޭނީ ފެކަލްޓީ އޮފް އެޑިޔުކޭޝަން (އެފްއީ) އާއި ސްކޫލް އޮފް ނާސިންގ (އެސްއެން)އެވެ.

އެސްއެން ފައިނަލަށް ދިޔައީ، ސެމީގައި އެފްއީ ވާދަކޮށް 1-3 ސެޓުން މޮޅުވެގެންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކީ އެސްއެންގެ މަނާލް އިސްމާއިލް ރަޝީދެވެ. ބީއެސް ފައިނަލަށް ދިޔައީ ސެންޓަރ ފޯރ ފައުންޑޭޝަން ސްޓަޑީޒް (ސީއެފްއެސް) އާ ވާދަކޮށް ސީދާ ތިން ސެޓުން މޮޅުވެގެންނެވެ. މި މެޗްގެ މޮޅުކުޅުންތެރިޔަކީ ބީއެސްގެ އާމިނަތު މާނާ ނާޒިމެވެ.

ފިރިހެން ޑިވިޜަންގެ ފައިނަލަށް އެސްއެން ދިޔައީ. ސެމީގެ ފުރަތަމަ މެޗްގައި ފެކަލްޓީ އޮފް އެންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ (ފެސްޓް) އާ ވާދަކޮށް 0-3 ސެޓުން މޮޅުވެގެންނެވެ. މި މެޗްގެ މޮޅުކުޅުންތެރިޔަކީ އެސްއެންގެ އަލީ އާނިމް ޝާހިދެވެ.

އެފްއީ ފައިނަލަށް ދިޔައީ ސެމީގެ ދެވަނަ މެޗްގައި ބީއެސްއާ ވާދަކޮށް ސީދާ ތިންސެޓުން މޮޅުވެގެންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކީ އެފް.އީގެ އަރުޝަދު އަޝްރަފެވެ.

މިދިޔަ އަހަރު ބޭއްވި މުބާރާތުގެ ފިރިހެން ޗެމްޕިއަނުންނަކީ ބިޒްނަސް ސްކޫލެވެ. އަންހެން ޗެމްޕިއަނުންނަކީ ސްކޫލް އޮފް ނާސިންގއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *