ކުޅުދުއްފުށީގެ 30 ކުދިންނަށް ސްކޭޓް ކުރަން ދަސްކޮށްދީފިއެވެ. މި މަހުގެ 11ން13އަށް ކުރިއަށް ގެންދިޔަ ސްކޭޓްކުރަން ދަސްކޮށްދޭ ތަމްރީނު ޕްރޮގްރާމަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިސްނަގައިގެން އަށް އަހަރުން މަތީގެ ކުދިންނަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ތަމްރީނު ދިނީ މޯލްޑިވިއަން ބޯޑް ރައިޑާރސް އެކަޑަމީގެ ކޯޗު އަޙްމަދު އަރްޒާނެވެ.
ކުޅުދުއްފުށީގައި މިފަދަ ޕްރޮގްރާމެއް ހިންގުމުގެ ބޭނުމަކީ ކުޑަކުދިންނާއި ޒުވާނުންނަށް އެކްސްޓްރީމް ސްޕޯރޓްސްގެ ފުރުސަތު ތަނަވަސްކޮށްދީ އައު ކުޅިވަރުތަކަށް ހުނަރު އިތުރުކޮށްދިނުން ކަމަށް މޭޔަރު އަހުމަދު އާތިފު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ސްކޭޓް ބޯޑިންގެ ސަބަބުން ކުދިންނަށް، އެންމެ މުހިންމު ވަގުތުތަކުގައި ޑިސިޝަން ނެގުމާއެކު ރިސްކު ނަގަން ވެސް ދަސްވެ، ކުރިމަތިވާ ހުރަސްތަކާއި ގޮންޖެހުންތަކުން އަރައިގަންނަން ދަސްވާނެ ކަމަށެވެ. އަދި މކަމުގެ ސަބަބުން ހަރަކާތްތަކުގައި ކުދިން ޝާމިލުވުމުގެ ސަބަބުން ކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ބެސް އިތުރުވެގެންދާނެ ކަމަށެވެ.
ކާމިޔާބު ކަމާއެކު އެ ޕްރޮގްރާމް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް އާތިފު ވަނީ ޝުކުރުއަދާކުރައްވާފައެވެ.
ހިޔާލު