ހިތަދޫ ކެމްޕަހުގައި ޑިމާންޑް ބޮޑީ ނާރސިން ކޯސްތަކަށް، ވަޒީފާގެ ފުރުޞަތު އޮވެމެ ކުދިން ނުލިބެނީ ޓީޗިންގއަށް

އައްޑޫ ސިޓީގައި ހުންނަ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހުން ހިންގާ ކޯސްތަކުގެ ތެރެއިން އެންމެ ޑިމާންޑް ބޮޑީ ނަރސިންގ ކޯސްތަކަށް ކަމަށް އެ ކެމްޕަހުން ބުނެފިއެވެ.

ދަރިވަރު ނޫހާ ވާހަކަދައްވަމުން އައްޑޫ ސިޓީ ކެމްޕަހުގެ މެނޭޖަރު، ހައްވާ ޒަރީނާ ވިދާޅުވީ، ޑިގްރީއާ ހަމައަށް ކުރިއަށް ގެންދާ ނަރސިންގ ކޯސްތަކަށް ޑިމާންޑް ބޮޑު ކަމަށެވެ.

"އައްޑޫއަށް ބަލާއިރު، ވަޒީފާގެ ފުރުޞަތު އޮވެމެ އެންމެ ޑިމާންޑް ބޮޑީ ނަރސިންގއަށް. ވަޒީފާގެ ފުރުޞަތު އޮވެމެ ޑިމާންޑް އެންމެ ދަށީ ޓީޗިންގއަށް" ހައްވަ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކޯސްތަކަށް ވަނުމަށް ދެ ގޮތެއް އޮންނަ ކަމަށާއި އެއް ގޮތަކީ އޭލެވެލް ނިންމާފައި ސީދާ ޑިގްރީއަށް ދިއުމެވެ. އެނެއް ގޮތަކީ އޯލެވެލް ނޫނީ ފައުންޑޭޝަން ނިންމާފައި ޑިޕްލޮމާ ނިންމާފައި ޑިގްރީއަށް ދިއުމެވެ.

ދެ ގޮތަށް ބަލާއިރު ވެސް ނަރސިންގ ދާއިރާގެ ޑިމާންޑް ބޮޑުކަމަށް ހައްވަ ވިދާޅުވިއެވެ. ކޮންމެ އަހަރަކު ވެސް ސެކަންޑްރީ ޓީޗިންގ އަށް އިއުލާން ކުރި ނަމަވެސް ވަޒީފާގެ ފުރުޞަތު އޮވެމެ ކުރިމަތިލާ ކުދިން ނިސްބަތުން މަދު ކަމުގެ ކަންބޮޑުވުން ހައްވަ ފާޅުކުރެއްވިއެވެ.

"މިހާރަށް ބަލާއިރު، ޓީޗިންގ އަކީ މުސާރައިގެ ގޮތުންނާއި މުދައްރިސުންގެ ވޯކްލޯޑަށް ގެންނަ ބަދަލުތަކަށް ބަލާއިރު އެންމެ ރަނގަޅު ވަޒީފާއެއް ލިބެން އޮތް ދާއިރާ. މިހާރު ޓީޗިންގ ދާއިރާއިން ކުރިއަށް ނުދާންވީ ސަބަބެއް ނެތް" ހައްވަ ވިދާޅުވިއެވެ.

ހައްވަ ވިދާޅުވީ، އެ ކެމްޕަހުން ކޯސްތައް ކުރިއަށް ގެންދާއިރު، އަބަދުވެސް ބަލަނީ ޕޮއިޒިޓިވް މާހައުލެއް އުފައްދައި ދަރިވަރުން ޝައުޤުވެރިކޮށްގެން ކިޔަވައި ދިނުމުގެ މަސައްކަތް ކުރިއަށް ގެންދާށެވެ. ޚަރަދު ކުޑަ ދެމެހެއްޓެނެވި ގޮތަށް ކަންތައް ރާވައި މަސައްކަތް ކުރުމެވެ.

" ކިޔަވަން އަންނަ ކުދިން ބޭނުންވާނެ ގޮތްތަކަކި ކޮބާތޯ ބަލައި އެއަށް ކޭޓަރ ކުރަނީ. އަބަދުވެސް މައިންޑްގައި ބަހައްޓަނީ އެކުދިންގެ ނީޑްސްއަށް ކޭޓަރ ކުރަން. ކުދިން ކިޔަވަން އަންނައިރު އެންވަޔަރަމަންޓް މުހިންމު ރޯލެއް ކުޅޭނެ. އެ ޝައުޤުވެރިކަމާ ފެލެކްސިބިލިޓީ ބޭނުންވާނެ. ކުރިއޭޓިވިޓީއާ ޕޮޒިޓީވް ލަރނިންގެ އެންވަޔަރަމަންޓަކަށް މަސައްކަތް ކުރަނީ" ހައްވަ ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *