ޕްރައިމަރީއާއި ސެކަންޑްރީއަށް އޭއައި ކިޔަވައިދިނުން ޗައިނާގައި މަޖޫބުރު ކުރަނީ

އަންނަ ސެޕްޓެމްބަރު މަހުގެ 1ވަނަ ދުވަހު މި ޤަވާއިދު ތަންފީޒު ކުރާއިރު، ކިޔަވައިދޭ މާއްދާތަކުގައި މަދުވެގެން އަހަރަކު 8ގަޑިއިރުގެ އޭއައި ކޮންޓެންޓް ކިޔަވައިދޭން ޖެހޭ

ޗައިނާގައި ޕްރައިމަރީ އާއި ސެކަންޑްރީ ގުރޭޑްތަކުގައި އާޓިފިޝަލް އިންޓަލިޖެންސް (އޭއައި) ކިޔަވައިދޭން މަޖޫބޫރުކޮށްފިއެވެ. އަންނަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވެރިރަށް ބެއިޖިންގެ ހުރިހާ ސްކޫލެއްގައި މި ބަދަލު ގެންނަން އެ ޤައުމުގެ އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ.

މި ބަދަލުގެންނަނީ، އަންނަން އޮތް ޖީލުތަކުގައި އާލީ ސްކިލްސް އުފައްދައި، އޭއައިގައި ދުނިޔޭގެ ފެންވަރުގައި ލީޑް ކުރުމަށް ޗައިނާއިން ކުރާ މަސައްކަތުގެ ދަށުންނެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 1ވަނަ ދުވަހު މި ޤަވާއިދު ތަންފީޒު ކުރާއިރު، ކިޔަވައިދޭ މާއްދާތަކުގައި މަދުވެގެން އަހަރަކު 8ގަޑިއިރުގެ އޭއައި ކޮންޓެންޓް ކިޔަވައިދޭން ޖެހެއެވެ. އޭއައި ފިލާވަޅުތައް މިހާރު ހުރި މާއްދާތަކަށް ބަހާލައިގެން ނުވަތަ ސްޓޭންޑަލޯން ކްލާސްތަކެއްގެ ގޮތުގައި ހުށަހަޅައި، އެކި އުމުރުފުރާތަކަށް މެޓީރިއަލް އެޑްޖަސްޓްކޮށް، ކުޑަކުދިންނަށް ފަސޭހަ، ޝައުޤުވެރި މަސައްކަތްތަކުން ފަށައި، މަތީ ސާނަވީ ދަރިވަރުންނަށް އިތުރު ކޮމްޕްލެކްސް އޭއައި ކޮންސެޕްޓްތަކަށް ކިޔަވައި ދިނުމަށް މީގެ ސބަބުން ކުރިއެރުން ލިބިގެންދާނެ އެވެ.

ޗައިނާގެ އެޑިއުކޭޝަން މިނިސްޓަރު ހުއާއީ ޖިންޕިންގް ވަނީ، މުޖުތަމައު އަލުން ބައްޓަން ކުރުމަށް އޭއައިގެ ގާބިލުކަން ފާހަގަކުރައްވައި، މި ޕްރޮގްރާމަށް އިރުޝާދު ދިނުމުގެ ގޮތުން ސްކޫލުތަކުގައި އޭއައި ތަންފީޒު ކުރުމާ ގުޅޭ ގޮތުން ކަރުދާހެއް އެކުލަވާލަން ނިންމާފައިވާކަން ހާމަކުރައްވާފައެވެ.

އެމެރިކާ އާއި އިޓަލީ ފަދަ ގައުމުތަކުން ވެސް އެ ގައުމުތަކުގެ ތައުލީމީ އޮނިގަނޑުގެ ތެރޭގައި އޭއައި ހިމަނާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *