ސީޝާ ލާމަސީލުލާމު އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލުން ހޯދައިފިއެވެ.
ރޭ ކުޅުނު ފައިނަލުގައި މާމެންދޫ ސްކޫލާ ވާދަކޮށް ހަމަދުން ތަށި ގެންދިޔައީ 1-2ގެ ނަތީޖާއަކުންނެވެ.
މާމެންދޫ ސްކޫލް ފައިނަލަށް ދިޔައީ އިހައްދޫ ސްކޫލާ ވާދަކޮށް 4-5ން މޮޅުވެގެންނެވެ. ހަމަދު ސްކޫލް ފައިނަލަށް ދިޔައީ އިސްދޫ ސްކޫލާ ވާދަކޮށް 1-2ން މޮޅުވެގެންނެވެ.
ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔަކީ ޙަމަދު ސްކޫލުގެ ޖޯޒީ ނަމްބަރު 2 ނޫޙް އިސްމާއިލެވެ. މުބާރާތުގައި އެންމެ ގިނަ ގޯލް ޖެހި ހަމަދު ސްކޫލުގެ ޖޯޒީ ނަމްބަރު 17 މުޙައްމަދު ރިފްދާން އަލީއެވެ. އެންމެ އުއްމީދީ ކުޅުންތެރިޔަކީ ހަމަދު ސްކޫލުގެ ޖޯޒީ ނަމްބަރު 11 އަނާން އިބްރާހިމް އަޙްމަދެވެ. އެންމެ މޮޅު ކޯޗަކީ ޙަމަދު ސްކޫލުގެ ކޯޗް މުޙައްމަރު އަރީފެވެ.
ލާމަސީލުލާމު އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަނުންނަކީ ލ. އޭއީސީއެވެ.
ހިޔާލު