ލާމަސީލުލާމު އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތް: ސެމީގައި ޙަމަދު ސްކޫލާއި އިސްދޫ ސްކޫލް، މާމެންދޫ ސްކޫލާއި އިހައްދޫ ސްކޫލް

ޝީޝާ ލާމަސީލުލާމު އިންޓަރ ސްކޫލް 5 ވަނަ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްމެޗްތައް މިރޭ ފަށާނެއެވެ.

ސެމީގެ ފުރަތަމަ މެޗްގައި މިއަދު ހަވީރު ކުޅޭނީ ޙަމަދު ސްކޫލާއި އިސްދޫ ސްކޫލެވެ. ދެވަނަ މެޗްގައި މި ރޭ ކުޅޭނީ މާމެންދޫ ސްކޫލާއި އިހައްދޫ ސްކޫލެވެ.

ޙަމަދު ސްކޫލް ސެމީން ޖާގަ ހޯދީ ކުއާޓަރ ފައިނަލުގައި ކަލައިދޫ ސްކޫލާ ވާދަކޮށް 1-5ގެ ތަފާތަކުން މޮޅުވެގެންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކީ ޙަމަދު ސްކޫލުގެ އަނާން އިބްރާހިމެވެ. އިސްދޫ ސްކޫލް ސެމީއަށް ދިޔައީ ލ. އަތޮޅު މަދަރުސާއާ ވާދަކޮށް، މެޗްގެ ފުރިހަމަ ވަގުތު ނިމުނުއިރު 2-2ން އެއްވަރު ވުމުން ޕެނަލްޓީ ޖަހައިގެން 4-5ން މޮޅުވެގެންނެވެ.

މާމެންދޫ ސެމީއަށް ދިޔައީ މާވަށު ސްކޫލާ ވާދަކޮށް 2-3ން މޮޅުވެގެންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކީ މާމެންދޫ ސްކޫލުގެ މުހައްމަދު މާއިލް މޫސާއެވެ.

އިހައްދޫ ސްކޫލް ސެމީއަށް ދިޔައީ ލ. އޭސީއާ ވާދަކޮށް 1-2ން މޮޅުވެގެންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކީ އަޙްމަދު އަޔާން އަޝްރަފެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *