ލާމަސީލުލާމު އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތް 11 ސްކޫލާއެކު ފަށައިފި

ޝީޝާ ލާމަސީލުލާމު އިންޓަރ ސްކޫލް 5 ވަނަ ފުޓްބޯޅަ މުބާރާތް އިއްޔެ ފަށައިފިއެވެ.

މި މުބާރާތުގައި 11 ސްކޫލަކުން ވާދަކުރެއެވެ.

މުބާރާތް ހުޅުވި މެޗްގައި، އިހައްދޫ ސްކޫލާއި މާވަށު ސްކޫލާ ވީ އެއްވަރެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކީ މާވަށު ސްކޫލުގެ މުޙައްމަދު އިޔާން (ޖ17)އެވެ. ދެވަނަ މެޗްގައި ދަނބިދޫ ސްކޫލުގެ މައްޗަށް ކަލަދޫ ސްކޫލުން ކުރި ހޯދީ 4 ގޯލުންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކީ ކަލައިދޫ ސްކޫލުގެ ސައިފް ބިން ހަސަން އަފީފު ސުލައިމާން (ޖ10)އެވެ. ތިން ވަނަ މެޗްގައި ލ. އޭސީސީއާ ވާދަކޮށް ހަމަދު ސްކޫލުން މެޗް ގެންދިޔައީ 0-5ންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކީ ހަމަދު ސްކޫލުގެ ނޫހް އިސްމާއިލެވެ.

މި މުބާރާތުގެ ތިން މެޗް މިއަދު ވެސް ކުޅޭނެއެވެ. މިއަދު ހަވީރު، ކުނަހަންދޫ ސްކޫލާ ވާދަކުރާނީ ލ. އަތޮޅު މަދަރުސާއެވެ. މިރޭ، ހިތަދޫ ސްކޫލާ ވާދަކުރާނީ އިސްދޫ ސްކޫލާއެވެ. އިހައްދޫ ސްކޫލް ވާދަކުރާނީ ދަނބިދޫ ސްކޫލާއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *