ފަންނީ އޮއިވަރެއްގައިޖެހި އަތުލިޔުމުގެ ފަންނު އުވިދެންދަނީ

އަބްދުﷲ ނަސީމް ޢަބްދުލްމަތީން

މިއީ ފަންނީ ދުނިޔެއެވެ. މުވާސަލާތީ ވަސީލަތްތައް ބޭނުންނުކުރާ މީހުން މިއަދު މަދެވެ. ނަމަވެސް މުވާސަލާތީ ވަސީލަތް ބޭނުންކުރުމުގެ ސަބަބުން ސުކޫލު ދަރިވަރުންނަށް އޭގެ އަސަރު ކުރަމުންދާކަމީ ދެބަސްނުވެވޭނެ ހަޤީޤަތެކެވެ. އެގޮތުން 5،500 އަހަރަށް ވުރެ ގިނަ އަހަރުވަންދެން އިންސާނުން ކުރިއެރުވި އަތުލިޔުމުގެ ހުނަރު މިއަދު މިވަނީ ނެތިދިއުމުގެ ބިރު ހީވެފައެވެ. ބައެއް ތަޖުރިބާކާރުން ޤަބޫލުކުރާ ގޮތުގައި މިއަދުގެ މިޖީލަކީ އިންސާނީ ތާރީހުގައި ފުރަތަމަ ފަހަރަށް އަތުލިޔުމުގެ ފަންނު ނެތް ޖީލަކަށް ވެދާނެއެވެ. ޔުނިވާސިޓީ އޮފް ސްޓާވަންޖަރ އިން ފަހުގެ ތާރީހެއްގައި ކުރި ދިރާސާއަކުން ދައްކާ ގޮތުގައި 40 އިންސައްތައެއްހާ ކުދިންނަށް އަތުން ލިޔާކަށް ނޭނގެއެވެ. މިކަމުގެ ސަބަބުން އިންސާނީ ނަސްލު ކުރިއަށްދާނެ ގޮތާ މެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރެއެވެ.

ފަންނިއްޔާތާއި މިއަދުގެ ސުކޫލު ދަރިވަރުން

ޓެކްނޮލޮޖީގެ ސަބަބުން މިއަދުގެ ޒުވާން ޒީލު މިވަނީ ފަންނިއްޔާތުގެ އަޅުންނަށްވެފައެވެ. ވަޓްސްއެޕް، އިންޓަރގްރާމް ބޭނުންނުކުރާ ކުއްޖެއް މިއަދު މިމުޖުތަމައުގައި ނުއުޅެއެވެ. ސުކޫލުކުދިން ދެކޭގޮތުގައި މިއީ ރައްޓެހިކަން އިތުރުކުރެވޭނެ ވަސީލަތެކެވެ. އެހެންނަމަވެސް ޤަބޫލުކުރަންޖެހޭ ހަޤީޤަތަކީ މިކަމުގެ ސަބަބުން އަތްލިޔުމުގެ ފަންނުވެރިކަން ނެތިދާކަމެވެ. މިކަމުގެ ކަންބޮޑުވުން އޮތް މިންވަރު ކުދިން ފޮނުވާ މެސެޖުތަކުން ސާބިތުވެއެވެ. ފޮނުވަނީ ކުރުކުރު މެސެޖުތަކެވެ. އިމޯޖީއެވެ. "ތޭންކު ޔޫ" ނޫނި ޝުކުރިއްޔާ އޭ ލިޔެލާނެ ހިތްވަރެއްވެސް ނެތެވެ. ލިޔެލަނީ ހަމައެކަނި ދެއަކުރެވެ.

އަތުލިޔުމުގެ ފަންނުވެރިކަމަށް ޖާގައެއް ނެތެވެ. މި ޕްލެޓްފޯމްތަކުގެ ސަބަބުން މުވާސަލާތު އަވަސްވެ ފަސޭހަވެގެންދާއިރު، މިއީ ގިނަ ދުވަސްތަކެއް ވަންދެން ޒާތީ ފުން ގުޅުންތަކާއި މާނަހުރި ޚިޔާލުފާޅުކުރުމާ ގުޅިފައިވާ ހުނަރެއް އެއްފަރާތްކޮށްލާ މަންސަތަކެއްކަމީ ސައްކުނުކުރެވޭ ހަޤީޤަތެކެވެ.

އަތުލިޔުން މުހިންމީ ކީއްވެގެން ހެއްޔެވެ؟

އަތުލިޔުމަކީ ހަމައެކަނި ގަލަން ބޭނުންކޮށްގެން ކަރުދާހުގައި ލިޔުމެއް ނޫނެވެ.  އެއީ ތިމާގެ ބުއްދި ޝާމިލުވާ ނަފްސާނީ ހަމަޖެހުން ލިއްބައިދޭ ވަޞީލަތެކެވެ.  ދިރާސާތަކުން ދައްކާ ގޮތުގައި އަތުލިޔުމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމުގެ ޤާބިލިއްޔަތުކަން އިތުރުކޮއްދީ ކުދިންގެ ފައިން މޮޓޯ ސްކިލްސް ވަރުގަދަކޮށްދެއެވެ.  ޓައިޕްކުރުމާ ހިލާފަށް އަތުލިޔުމުގައި ފޯކަސް އާއި ކޯޑިނޭޝަން ބޭނުންވާތީ، ދަރިވަރުންނަށް ފައިދާހުރި ގޮތެއްގައި މައުލޫމާތު ލިބިގަތުމަށް އެހީތެރިވެދެއެވެ.

ދުނިޔޭގެ ޔުނިވާސިޓީތަކާއި ތުރުކީގެ ނޫހެއް ކަމަށްވާ ޓޫރްކިޔޭ ޓުޑޭ އިން ފަހުގެ ތާރީހެއްގައި އެކުލަވާލި ރިޕޯޓްތަކުން ހާމަވާ ގޮތުގައި މިއަދުގެ ސުކޫލު ކުދިންގެ ތެރެއިން ގިނަ ދަރިވަރުންނަށް އަތުލިޔުމުގެ ތަމްރީން ނެތުމުގެ ސަބަބުން ، ދިގު، ގުޅިފައިވާ ޖުމްލަތަކެއްގައި ޚިޔާލުތައް ފާޅުކުރަން ދަތިވެއެވެ.

ކްލާސްރޫމްތަކުގައި މުދައްރިސުންނަށް ފެންނަމުންދާ ކަންތައްތައް

ޕްރޮފެސަރު ނެޑްރެޓް ކިލިސެރީ ފަދަ ތަޢުލީމީ ދާއިރާގެ މާހިރުންނަށް އަތުލިޔުމުގެ ފަންނު ދަށަށްދާ މިންވަރު ވަނީ ފާހަގަވެފައެވެ.  ކިލިސެރީ ވިދާޅުވާ ގޮތުގައި މިއަދުގެ ކޮލެޖް ދަރިވަރުންގެ ކިބައިގައި ގިނަ ފަހަރަށް ތަފްސީލީ، ގުޅިފައިވާ ޕެރެގްރާފްތައް އުފެއްދުމުގެ ގާބިލްކަމެއް ނެތެވެ. އޭގެ ބަދަލުގައި ސޯޝަލް މީޑިއާ ބޭނުންކުރާ ފަދައިން ކުރު ޖުމްލަތައް ދަރިވަރުން ޚިޔާރު ކުރެއެވެ.  އަދި ގިނަ ދަރިވަރުން ކްލާހަށް ހާޖިރުވަނީ ގަލަން ނެތި، ނޯޓް ނެގުމާއި ތަމްރީނު ހެދުމަށް ކީބޯޑަށް ބަރޯސާވެގެންނެވެ.

ކުރުކޮށް ވާހަކަ ދެއްކުމާއި ހަލުވި ޖަވާބު ދިނުމަށް ހިތްވަރުދޭ ޓްވިޓާ ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ސަބަބުން މިއަދުގެ ޒުވާނުންނަށް އޮންލައިންކޮށް ވެސް އަދި ހަގީގީ ދިރިއުޅުމުގައި ވެސް ވަރަށް ބޮޑަށް އަސަރުކޮށްފިއެވެ. ނަތީޖާއަކަށް ވެގެންދަނީ އަތުލިޔުމުގެ ސަބަބުން އުފެދޭ ރިފްލެކްޓިވް ކޮލިޓީ ގެއްލިގެން ދިއުމެވެ.

ބޮޑު މަންޒަރު

އަތުލިޔުމަކީ ތާރީޚީ ގޮތުން ވިލުންތެރި، އަމިއްލަ މުވާސަލާތު ރަމްޒުކޮށްދޭ ސިފަތަކެވެ. ނަމަވެސް މުވާސަލާތީ ކުރިއެރުމުގެ ސަބަބުން މިއަދު މިވަނީ މިކަމަށް އިތުރަށް ހިޔަނި އެޅިފައެވެ.

މިކަމުން އުފެދޭ މުހިންމު ސުވާލަކީ މިއަދުގެ ސުކޫލު ދަރިވަރުންނަށް ލިބިފައިވާ ފަންނީ ހުނަރާއި އަތުލިޔުމުގެ ހުނަރާއި ދެމެދު ބެލެންސް އެއް ހޯދިދާނެ ތޯއެވެ؟  މި ސުވާލުގެ ޖަވާބުގައި ފަންނީ މާހިރުން ވިދާޅުވަނީ މިކަން ހާސިލްކުރެވިއްޖެނަމަ ސަގާފީ ތަރިކަ ރައްކާތެރިކުރެވި، ދަރިވަރުންގެ ވިސްނުމުގެ ޤާބިލިއްޔަތުކަން އިތުރުކުރެވޭނެ ކަމަށެވެ.

ދެން ވާނީ ކިހިނެތް؟

އިންތިޤާލީ މި މަރުހަލާގައި އަޅުގަނޑުމެން ދަތުރުކުރަމުންދާއިރު، ތަޢުލީމީ މާހިރުންނާއި، ބެލެނިވެރިންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކުގެ މުހިންމު ދައުރެއް އޮތްކަން ޔަޤީނެވެ.  ފަންނީ ވަސީލަތް ބޭނުންކޮށް ޒަމާނީ ތައުލީމަށް އިސްކަންދީ، އަތުލިޔުމުގެ ކަސްރަތުތައް މުޤައްރަރުގައި ހިމެނުމަކީ މިއަދު ކުރަންޖެހިފައިވާ ކަންކަމެވެ. ފަންނީ ކުރިއެރުންތަކާ އެކު ސަގާފީ ހުނަރުތައް ދަރިވަރުންނަށް ދަސްކޮށްދިނުމަކީ އެކުދިންގެ ވިސްނުން ކުރިއަރާނެ ކަމެއްކަމުގައި ގިނަ ފަރާތްތަކުން ޤަބޫލުކުރެއެވެ.

ފަންނީ ކުރިއެރުން ހޯދަމުންދިޔަ ނަމަވެސް ކޮންމެ ބޭފުޅަކުވެސް ޤަބޫލުކުރަންޖެހޭ ހަޤީޤަތަކީ އަތު ލިޔުމުގެ ހުނަރަކީ އަޅުގަނޑުމެން ތިބިތާ ތިބެ، ފުން ގުޅުންތަކެއް އުފެއްދާ، އަމިއްލަ ނަފްސާއި އެކަކު އަނެކަކު ރަނގަޅަށް ދެނެގަތުމަށް އެހީތެރިވެދޭ ވަރުގަދަ ވަސީލަތެއްކަން ހަދާންކުރުމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *