އެމްއެންޔޫގެ ތިނަދޫ ކެމްޕަހުގައި، ބެޗްލަރ އޮފް އިންފޮރމޭޝަން ޓެކްނޮލޮޖީ ކިޔަވައިދެނީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތިނަދޫ ކެމްޕަހުގައި ބެޗްލާ އޮފް އިންފޮރމޭޝަން ޓެކްނޮލޮޖީ ނިންމައިފިއެވެ.

އަންނަ މަހު ފަށާ މި އަހަރުގެ ފުރަތަމަ ސެމެސްޓަރގައި އެ ކޯހުގެ ކިޔެވުން ފަށާނެއެވެ. ތިނަދޫ ކެމްފަހުގައި އަލަށް މި ކޯސް ކުރިއަށް ގެންދާއިރު، މާލޭގައި ހުންނަ އެ ޔުނިވަރސިޓީގެ މައި ކެމްޕަހުގެ އިތުރުން އައްޑޫ ސިޓި ހިތަދޫއާއި ކުޅުދުއްފުށީގައި ހުންނަ ކެމްޕަހުގައި ވެސް މި ކޯސް ކުރިއަށް ގެންދާނެއެވެ.

ބެޗްލަރ އޮފް އިންފޮރމޭޝަން ކޯހަކީ އެމްކިޔުއޭގެ ލެވެލްގެ 7ގެ، ތިން އަހަރު ދުވަހުގެ ކޯހެކެވެ. މި ކޯސް ހިންގަނީ ފުލްޓައިމްކޮށެވެ.

ބެޗެލަރ އޮފް އިންފޮމޭޝަން ޓެކްނޮލޮޖީއަކީ އިންފޮމޭޝަން ޓެކްނޮލޮޖީއާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި ވިސްނައިދޭ ޖެނެރަލް އަންޑަގްރެޖުއޭޓް ޑިގްރީއެކެވެ. މިއީ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ފަރުމާކޮށް، އެމްކިޔުއޭ އެޕްރޫވް ކޮށްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ އަމާޒަކީ އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ކޮމްޕިއުޓާ ސައިންސްގެ މައިގަނޑު ހުރިހާ ދާއިރާއެއް ހިމަނައިގެން ހަރުދަނާ ބިންގަލެއް އަޅައިދިނުމެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމަށް ބޭނުންވަނީ، ޖީސީއީ އޭލެވެލް އިން ދެ ފާސް އަދި ޖީސީއީ އޯލެވެލް (މެތަމެޓިކްސް ހިމެނޭ ގޮތަށް) 3 މާއްދާއިން ނޫނީ ލެވެލް 4 ފައުންޑޭޝަން ސްޓަޑީ ޓާގެޓް ޕްރޮގްރާމެއް ފުރިހަމަކުރުމާއި ނޫނީ ކަމާ ގުޅުންހުރި ދާއިރާއަކުން ލެވެލް 4 ގެ ސަނަދެކެއެވެ.

މި ޕްރޮގްރާމް ފުރިހަމަ ކުރުމުން، އިންފޮމޭޝަން ސިސްޓަމްސް މެނޭޖަރު ކަމާއި، ނެޓްވޯކް އެޑްމިނިސްޓްރޭޓަރު ކަމާއި ސިސްޓަމްސް އެޑްމިނިސްޓްރޭޓަރު ކަމާއި ޑޭޓާބޭސް އެޑްމިނިސްޓްރޭޓަރުގެ އިތުރުން ސޮފްޓްވެއަރ ޑިވެލޮޕަރެއްގެ އިތުރުން ވެބްސައިޓް ޑިވެލޮޕަރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ތަނަވަސްވެގެން ދާނެއެވެ.

މި ކޯހުގެ އިތުރު ތަފްޞީލް މި ލިންކުން ލިބޭނެއެވެ.

https://courses.mnu.edu.mv/course/152

ފެބުރުވަރީ އިންޓޭކުގައި ތިނަދޫ ކެމްޕަހުގައި، 36 ޕްރޮގްރާމެއް ހިންގާނެއެވެ. އެއީ އެމްއެންޔޫގެ އަށް ފެކަލްޓީއަކުން ހިންގާ ކޯސްތަކެވެ. މި ކޯސްތަކުގެ ތެރޭގައި ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ލެވެލްގެ ކޯސްތައް ހިމެނެއެވެ. އެންމެ ގިނަ ކޯސްތައް ފަށަނީ ތައުލީމާ ގުޅުން ހުރި ދާއިރާތަކުންނެވެ. ތައުލީމާ ދާއިރާގެ އަށް ޕްރޮގްރާމެއް ފަށާއިރު، އޭގެ ތެރޭގައި މާސްޓަރސް ފެންވަރުގެ އެއް ޕްރޮގްރާމާއި ބެޗްލަރސް ޑިގްރީގެ ހަ ޕްރޮގްރާމާއި ސެޓްފިކެޓް ލެވެލްގެ އެއް ޕްރޮރާމް ހިމެނެއެވެ.

މެނޭޖްމަންޓް އެންޑް ބިޒްނަސް ދާއިރާގެ ހަ ޕްރޮގްރާމެއް ފަށާއިރު، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ލެވެލްގެ ކޯސް ހިމެނެއެވެ. ގާނޫނީ ދާއިރާއިން ފަށަން ނިންމާފައި ވަނީ ފަސް ޕްރޮގްރާމެކެވެ. އެޑްވާންސް ސެޓްފިކެޓް ލެވެލްގެ ތިން ޕްރޮގްރާމަކާއި ބެޗްލަރސް ޑިގްރީއާއި މާސްޓަރސް ލެވެލްގެ އެއް ޕްރޮގްރާމެކެވެ.

ނާސިންގ ދާއިރާއިން ހަތަރު ޕްރޮގްރާމެއް ކުރިއަށް ގެންދާނެއެވެ. އެއީ ބެޗްލަރސް ޑިގްރީގެ އެއް ޕްރޮގްރާމާއި އެޑްވާންސް ޑިޕްލޮމާގެ ދެ ޕްރޮގްރާމެއްގެ އިތުރުން އެޑްވާންސް ސެޓްފިކެޓް ލެވެލްގެ އެއް ޕްރޮގްރާމެވެ.

ޕްރޮފެޝަނަލް ސެޓްފިކެޓް އިން ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ލީޑަރޝިޕް ކޯހަކީ އެމްކިޔުއޭގެ ލެވެލް 6ގެ އެޑްވާންސް ޑިޕްލޮމާ ކޯހެކެވެ. އާޓްސް އެންޑް ލޭންގުއޭޖްގެ ދާއިރާއިން ވެސް ދެ ޕްރޮގްރާމެއް ހިންގަން ވަނީ އިއުލާން ކޮށްފައެވެ. އެއީ ސެޓްފިކެޓް ލެވެލް 3 ގެ ފެންވަރަށް އަރަބި ބަސް ކިޔަވައި ދިނުމާއި އެޑްވާންސް ސެޓްފިކެޓް ލެވެލް އަށް އަރަބި ބަސް ކިޔަވައިދެއެވެ.

އޯލެވެލް ނިންމާ ކުދިންނަށް މަތީ ތައުލީމަށް ހުޅުވާލައިދޭ ފާލަމަކީ ފައުންޑޭޝަން ސްޓަޑީޒުން ހިންގާ ފައުންޑޭޝަން ކޯސްތަކެވެ. ތިނަދޫ ކެމްޕަހުގައި، ފައުންޑޭޝަން ލެވެލްގެ ހަތް ޕްރޮގްރާމެއް ހިންގާނެއެވެ. އެއީ:

* ސެޓްފިކެޓް 3 އިން ސައިންސް

* ސެޓްފިކެޓް 3 އިން ބިޒްނަސް

* ސެޓްފިކެޓް 3 އިން އާޓްސްގެ އެންޑް ސޯޝަލް ސައިންސަސް

* ސެޓްފިކެޓް 4 އިން ފައުންޑޭޝަން ސްޓަޑީސް (ސައިންސް)،

*  ސެޓްފިކެޓް 4 އިން ފައުންޑޭޝަން ސްޓަޑީސް (ބިޒްނަސް)

* ސެޓްފިކެޓް 4 އިން ފައުންޑޭޝަން ސްޓަޑީސް (ހިއުމަނިޓީސް)

* އިންގްލިޝް ފޯރ ފަރދަރ ސްޓަޑީޒް

މި ކޯސްތަކަށް ވަނުމުގެ އެންމެ ފަހުގެ ތާރީޚަކީ 23 ޖެނުއަރީއެވެ.

ކޯސްތަކަށް އެޕްލައިކުރުމަށް ތިރީގައިވާ ލިންކު ބޭނުން ކުރެވޭނެއެވެ.

Visit: https://courses.mnu.edu.mv/course/152

Apply now: portal.mnu.edu.mv

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *