15 އަހަރުން ދަށުގެ އަންހެން ފައިނަލުގައި ގުރައިދޫ ސްކޫލާއި ރެހެންދި ސްކޫލް، ފިރިހެން ފައިނަލުގައި ޖަމާލުއްދީނާއި ޅ. އޭއީސީ. 17 އަހަރުން ދަށުގެ އަންހެން ފައިނަލުގައިި އއ. އޭއީސީއާއި ޙަމަދު ސްކޫލް، ފިރިހެން ފައިނަލުގައި ޖަމާލުއްދީނާއި އަޙްމަދިއްޔާ
އިންޓަރ ސްކޫލް ހޭންޑް ބޯޅަ މުބާރާތުގެ 15 އަހަރުން ދަށާއި 17 އަހަރުން ދަށުގެ ފައިނަލް މެޗްތައް މާދަމާ ކުޅޭނެއެވެ.
މާދަމާ ހަވީރު 4:00 ޖަހާއިރު، 15 އަހަރުން ދަށުގެ އަންހެން ފައިނަލުގައި ގުރައިދޫ ސްކޫލާއި ރެހެންދި ސްކޫލެވެ. 15 އަހަރުން ދަށުގެ ފިރިހެން ފައިނަލުގައި މާދަމާ ހަވީރު 5:00 ގައި ޖަމާލުއްދީން ސްކޫލް ކޫޅޭނީ ޅ. އަތޮޅު ތައުލީމީ މަރުކަޒާއެވެ. މާދަމާ ރޭ 8:00ގައި، 17 އަހަރުން ދަށުގެ އަންހެން ފައިނަލުގައި ކުޅޭނީ ޙަމަދު ބިން ޚަލީފާ އާލްޘާނީ ސްކޫލާއި އއ. އަތޮޅު ތައުލީމީ މަރުކަޒެވެ. 9:00ގައި ކުޅޭނީ 17 އަހަރުން ދަށުގެ ފިރިހެން ފައިނަލެވެ. ކުޅޭނީ ޖަމާލުއްދީން ސްކޫލާއި އަޙްމަދިއްޔާ ސްކޫލެވެ.
17 އަހަރުން ދަށުގެ ފިރިހެނުންގެ ފައިނަލަށް އަޙްމަދިއްޔާ އައީ ސެމީ ފައިނަލުގެ ދެވަނަ މެޗްގައި އަމީނިއްޔާ އަތުން އެންމެ ލަނޑެއްގެ ތަފާތުން މޮޅުވެގެންނެވެ. 17 އަހަރުން ދަށުގެ ފައިނަލުގައި އަޙްމަދިއްޔާ ކުޅޭނީ ސެމީގައި ތާޖުއްދީނު އަތުން މޮޅުވި ޖަމާލުއްދީން ސްކޫލާއެވެ. ޖަމާލުއްދީން މޮޅުވީ 20-21ންނެވެ.
17 އަހަރުން ދަށުގެ އަންހެން ފައިނަލަށް ޙަމަދު ސްކޫލް ދިޔައީ ޣާޒީ ސްކޫލާއެކު ކުޅުނު ސެމީގައި 17-17 ލަނޑުން އެއްވަރު ވުމުން ނަތީޖާ ނެރެން ކުޅުނު ފަސް މިނެޓްގެ ދެ ހާފުގައި ޖެހި ލަނޑުތަކާއެކު ދެ ލަނޑުގެ ތަފާތަކުން މޮޅުވެގެންނެވެ. މި މެޗްގައި ޙަމަދު ސްކޫލުން 21 ލަނޑު ޖެހިއިރު، ޣާޒީ ސްކޫލަށް ޖެހުނީ 19 ލަނޑެވެ. ހަމަދު ސްކޫލް ވާދަކުރާ އއ. އޭއީސީ ފައިނަލަށް ދިޔައީ ސެމީގައި 14-20 ގެ ތަފާތަކުން އަޙްމަދިއްޔާގެ މައްޗަށް ކުރި ހޯދައިގެންނެވެ.
15 އަހަރުން ދަށުގެ ފިރިހެން ފައިނަލަށް ޅ. އޭއީސީ ދިޔައީ ސެމީ ފައިނަލުގައި ކަލާފާނުގެ މައްޗަށް 7-10ން ކުރި ހޯދައިގެންނެވެ. ޅ. އޭއީސީއާއެކު ފައިނަލުގައި ކުޅޭ ޖަމާލުއްދީން ސްކޫލް ފައިނަލަށް ދިޔައީ އަޙްމަދިއްޔާ އަތުން މޮޅުވެގެންނެވެ.
15 އަހަރުން ދަށުގެ އަންހެން ފައިނަލަށް ގުރައިދޫ ސްކޫލް ދިޔައީ އަހްމަދިއްޔާ އަތުން މޮޅުވެގެންނެވެ. 15 އަހަރުން ދަށުގެ ފައިނަލުގައި ކުރައިދޫ ސްކޫލް ކުޅޭ ރެހެންދި ސްކޫލް ފައިނަލަށް ދިޔައީ ހަމަދު ސްކޫލާ ވާދަކޮށް 7-11 ގެ ތަފާތަކުން މޮޅުވެގެންނެވެ.
ހިޔާލު