ލައިބްރަރީ ޓެކްނީޝަނަކަށްވާން ބޭނުންތަ؟

ލައިބްރަރީ އެއްގައި މަގުދައްކައިދޭ އާރުކާޓީންނަކީ ލައިބްރަރީ ޓެކްނީޝަނުން ނޫނީ ލައިބްރަރޭނިއަނުންނެވެ. މިއީ ވަރަށް މުހިންމު ޒިންމާދާރު ވަޒީފާއެކެވެ. ޒަމާނަށްއައި ބަދަލާއެކު ލައިބްރޭރިއަނަކަށް ވުމަކީ ވެސް އެހާ ފަސޭހަ ކަމެއް ނޫނެވެ. ޒަމާނީ އިލްމާއި ހުނަރު އެކަމަށް ބޭނުންވެއެވެ.
ލައިބްރަރީއާ ގުޅުން ހުރި ދާއިރާއިން ކުރިއަށް ދިއުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ވަނީ ބިންގަލެއް އަޅައިދީފައެވެ. އެ ޔުނިވަރސިޓީން ފެބުރުވަރީގައި ފަށާ ކޯސްތަކުގެ ތެރޭގައި އެޑްވާންސް ސެޓްފިކެޓް އިން ލައިބްރަރީ އެންޑް އިންފޮމޭޝަން ސާވިސަސް ޚޯހެއް ހިމެނެއެވެ. މަގްސަދަކީ ލައިބްރަރީ ޓެކްނީޝަނުންގެ ގޮތުގައި، ހާއްސަކޮށް ސްކޫލްތަކުގެ ލައިބްރަރީތަކުގައި މަސައްކަތް ކުރުމަށް މީހުން ތައްޔާރުކުރުމެވެ.

މައުލޫމާތާއި ޢިލްމުން ވަށައިގެން އުޅެން ލޯބިކުރާ ފަރާތްތަކަށާއި އުނގެނުމަށް ކުރާ މަސައްކަތުގައި އެހެން މީހުންނަށް އެހީތެރިވާން ލޯބިކުރާ ފަރާތްތަކަށް މިއީ ވަރަށް ކަމުދާނެ ދާއިރާއެކެވެ.
ރިސާޗް ކުރުމާއި ސާޗް ރިޒަލްޓް އިވެލުއޭޓް ކުރުމާއި ރެފަރެންސް މެޓީރިއަލްތަކަށް އެކްސެސް ކުރުމަށް ލައިބްރަރިއަނުން އެހީތެރިވެދެ އެވެ. އަދި އާ ފޮތްތަކާއި ތަކެތި ދިރާސާކޮށް، ކަލެކްޝަންތައް ބެލެހެއްޓުމާއި، ލައިބްރަރީއަށް އާ ތަކެތި ހޯދަން އިޚްތިޔާރު ކުރުމުގައި ވެސް އެންމެ މުހިންމު ރޯލެއް ދާކުރަނީ ލައިބްރަރޭނިއަނުން ނޫނީ ލައިބްރަރީ ޓެކްނީޝަނުންނެވެ.

މި ކޯހުގައި ދަރިވަރުންނަށް އިންފޮމޭޝަން މެނޭޖްމަންޓް ގެ ހުނަރާއި ދާއިރާއާ ގުޅުންހުރި އިތުރު ގިނަ ހުނަރުތަކެއް ލިބިގެންދާނެއެވެ. މި ޕްރޮފެޝަނަކީ މައުލޫމާތާއި ޢިލްމުން ވަށައިގެން އުޅެން ލޯބިކުރާ ފަރާތްތަކަށާއި އުނގެނުމަށް ކުރާ މަސައްކަތުގައި އެހެން މީހުންނަށް އެހީތެރިވާން ލޯބިކުރާ މީހުންނަށް ވެސް ވަރަށް ކަމުދާ ޕްރޮފެޝަނެކެވެ.

އެމްއެންޔޫގެ މާލޭގެ ކެމްޕަހުގައި ކުރިއަށް ގެންދާ އެއް އަހަރު ދުވަހުގެ މި ޕްރޮގްރާމް ބްލޮކް މޯޑުގައި ކިޔެވެއެވެ. މި ކޯހުގައި ދަރިވަރުންނަށް އިންފޮމޭޝަން މެނޭޖްމަންޓް ގެ ހުނަރާއި ދާއިރާއާ ގުޅުންހުރި އިތުރު ގިނަ ހުނަރުތަކެއް ލިބިގެންދާނެއެވެ. މި ޕްރޮގްރާމް ނިންމާ ފަރާތްތަކަށް ލައިބްރަރީއާ ގުޅުން ހުރި ދާއިރާއަކުން ނޫނީ އިންފޮމޭޝަން ސަރވިސަސް ކޯހަށް ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
މި ކޯހާ ބެހޭ އިތުރު މައުލޫމާތު ތިރީގައިވާ ލިންކުން ލިބޭނެއެވެ.

Visit: https://courses.mnu.edu.mv/course/295
Apply now: portal.mnu.edu.mv

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *