އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތުގައި 19 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ފ. އަތޮޅު ތަޢުލީމީ މަރުކަޒަށް، މި އުމުރު ފުރައިގެ ފިރިހެން ޗެމްޕިއަންކަން އިހަވަންދޫ ސްކޫލުން ހޯދައިފިއެވެ.
ފައިނަލުގައި އަޙްމަދިއްޔާ އިންޓަރނޭޝާނަލް ސްކޫލާ ވާދަކޮށް ފ. އޭއީސީން ތަށި ގެންދިޔައީ ސީދާ ތިން ސެޓުން ކާމިޔާބު ކޮށްގެންނެވެ. ފ. އޭއީސީން ފުރަތަމަ ސެޓްތައް ގެންދިޔައީ 12-25ންނެވެ. ދެވަނަ ސެޓާއި ތިން ވަނަ ސެޓް ގެންދިޔައީ 16-25ންނެވެ.
މި މުބާރާތުގައި ފެނުނު އެންމެ ވާދަވެރި، މެޗަކީ 19 އަހަރުން ދަށުގެ ފިރިހެން ފައިނަލުގައި ސީއެޗްއެސްއީ ހުޅުމާލެއާއި އިހަވަންދޫ ސްކޫލް ރޭ ކުޅުނު ފައިނަލް މެޗެވެ. މި މެޗްގެ ފުރަތަމަ ދެ ސެޓް އިހަވަންދޫއިން ގެންދިޔައީ ތަފާތު ބޮޑުކޮށެވެ. ފުރަތަމަ ސެޓް 17-25ން ދެވަނަ ސެޓް ގެންދިޔައީ 16-25ންނެވެ. ތިންވަނަ ސެޓާއި ހަތަރުވަނަ ސެޓް ފަހަތުން އަރައި ސީއެޗްއެސްއީ ހުޅުމާލެއިން ގެންދިޔައީ ކުރިން ހީކުރިވަރަށްވުރެ ވާންކޮށެވެ. އެ ދެ ސެޓް ވެސް ސީއެޗްއެސްއީ ހުޅުމާލެއިން ގެންދިޔައީ 21-25ންނެވެ.
ގަދަ ހިފުމަކަށް ދިޔަ ފަހު ސެޓް ކާމިޔާބު ކޮށް އިހަވަންދޫ ސްކޫލުން ތަށި އުފުލާލީ 17-19ގެ ތަފާތަކުން މޮޅުވެގެންނެވެ.
ހިޔާލު