14 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން މަޑިފުށީ ސްކޫލުން، 16 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން ކުނބުރުދޫ ސްކޫލުން ހޯދައިފިއެވެ.
އިއްޔެ ހެނދުނު ކުޅުނު ފައިނަލް މެޗްގައި ކިނޮޅަހު ސްކޫލާ ވާދަކޮށް މަޑިފުށީ ސްކޫލުން ތަށި ގެންދިޔައީ 3-5 ސެޓުން މޮޅުވެގެންނެވެ. މިއީ މި މުބާރާތުގައި ކުޅުނު އެންމެ ވާދަވެރި އެއް މެޗެވެ.
ވާދަވެރި ކުޅުމެއް ފެނުނު މި މެޗްގެ ފުރަތަމަ ސެޓް 16-25ން ގެންދިޔައީ ކިނޮޅަހު ސްކޫލުންނެވެ. ދެވަނަ ސެޓް 14-25ން ތިންވަނަ ސެޓް 17-25 ން މަޑިފުށީ ސްކޫލުން ހޯދިއިރު، ޖެހިގެން އައި ސެޓް 20-25ން ހޯދީ ކިނޮޅަހު ސްކޫލުންނެވެ. ދެ ސެޓް ސެޓުން އެއްވަރު ވުމުން ނަތީޖާ ނެރެން ކުޅުނު ފަސްވަނަ ސެޓް މަޑިފުށީ ސްކޫލުން ކާމިޔާބު ކުރީ 7-15ގެ ތަފާތަކުންނެވެ.
16އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން ކުނބުރުދޫ ސްކޫލު ހޯދީ މިއަދު ކުޅުނު ފައިނަލް މެޗްގައި އދ. އަތޮޅު މަދަރުސާއާ ވާދަކޮށް 1-3 ސެޓުން މޮޅުވެގެންނެވެ.
ފުރަތަމަ ދެ ސެޓް ކުނބުރުދޫއިން ގެންދިޔައީ ވަރަށް ވާދަވެރިކޮށެވެ. ފުރަތަމަ ސެޓް ކުނބުރުދޫ ސްކޫލުން ގެންދިޔައީ 38-40 ންނެވެ. ދެވަނަ ސެޓް 31-33ންނެވެ. ތިން ވަނަ ސެޓް އދ. އަތޮޅު މަދަރުސާއިން ގެންދިޔައީ 22-25ންނެވެ. ފަހު ސެޓް ކުނބުރުދޫ ސްކޫލުން ކާމިޔާބު ކޮށް ތަށި ހޯދީ 18-25 ގެ ތަފާތަކުން މޮޅުވެގެންނެވެ.
ހިޔާލު