އިންޓަރ ސްކޫލް ވޮލީ ބޯޅަ މުބާރާތް: ފ. އަތޮޅު މަދަރުސާގެ 14 އަހަރުން ދަށުގެ އަންހެން ޓީމު ތަށި މިލްކުކޮށްފި

އެ ސްކޫލުގެ 16 އަހަރުން ދަށުގެ އަންހެން ޓީމު ވަނީ ދެވަނަ ފަހަރަށް ޗެމްޕިއަންކަން ހޯދާފައި

އިންޓަރ ސްކޫލް ވޯލީ ބޯޅަ މުބާރާތުގެ 14 އަހަރުން ދަށުގެ އަންހެނުންގެ ކެޓަގަރީގެ ޗެމްޕިއަންކަން ވިދިވިދިގެން ތިން ފަހަރު ހޯދާ ތަށި ފ. އަތޮޅު މަދަރުސާއިން ތަށި މިލްކު ކޮށްފިއެވެ. އަދި އެ މަދަރުސާގެ 16 އަހަރުން ދަށުގެ އަންހެން ޓީމު ވަނީ ވޭވަށު ސްކޫލާ ބައްދަލުކޮށް ސީދާ ތިން ސެޓުން މޮޅުވެ، އެ އުމުރު ފުރައިގެ ތަށި ދިފާއުކޮށްފައެވެ. މިއީ 16 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން އެ ސްކޫލުން ހޯދި ދެވަނަ ފަހަރެވެ.

މިއަދު ހެނދުނު ކުޅުނު 14 އަހަރުން ދަށުގެ އަންހެން ފައިނަލް މެޗްގައި މަޑިފުށީ ސްކޫލާ ވާދަކޮށް ފ. އަތޮޅު މަދަރުސާއިން ތަށި ގެންދިޔައީ 1-3 ސެޓުން މޮޅުވެގެންނެވެ. ފުރަތަމަ ސެޓް 25-22ން ގެންދިޔައީ މަޑިފުށީ ސްކޫލުންނެވެ. ދެން ކުޅުނު ހުރިހާ ސެޓެއް ގެންދިޔައީ ފ. އަތޮޅު މަދަރުސާއިންނެއެވެ. ދެވަނަ ސެޓް 25-21 ން، ތިންވަނަ ސެޓް 20-25 ގެންދިޔައިރު، ހަތަރު ވަނަ ސެޓް ގެންދިޔައީ 25-14ންނެވެ.

16 އަހަރުން ދަށުގެ އަންހެން ފައިނަލުގައި ވޭވަށު ސްކޫލުގެ މައްޗަށް ފ. އަތޮޅު މަދަރުސާއިން ކުރި ހޯދީ ފަސޭހަކަމާ އެކުގައެވެ. ސީދާ ތިން ސެޓުން މޮޅުވިއިރު، ސެޓްތައް ގެންދިޔައީ ތަފާތު ބޮޑުކޮށެވެ. ފުރަތަމަ ސެޓް 25-17ން ހޯދިއިރު، ދެވަނަ ސެޓް ހޯދީ 25-14 ންނެވެ. ތިން ވަނަ ސެޓް ހޯދީ 25-16ންނެވެ.

ފ. އަތޮޅު މަދަރުސާގެ 14 އަހަރުން ދަށުގެ ފިރިހެން ޓީމު ވަނީ މި މުބާރާތުގައި ތިން ވަނަ ހޯދާފައެވެ. އެ ޓީމު ވަނީ މިދިޔަ އަހަރު ޗެމްޕިއަންކަން ހޯދާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *