އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތް: މާލެ ރައުންޑްގެ 14 އަހަރާއި 16 އަހަރުން ދަށުގެ ޗެމްޕިއަންކަން ތާޖުއްދީނާއި ކަލާފާނަށް

އިންޓަރ ސްކޫލް ވޮލީ ބޯޅަ މުބާރާތުގެ މާލެ ރައުންޑްގެ 14 އަހަރުން ދަށާއި 16 އަހަރުން ދަށުގެ ބައިން ޗެމްޕިއަންކަން ހޯދީ ތާޖުއްދީނާއި ކަލާފާނު ސްކޫލުންނެވެ.

ތާޖުއްދީނަކީ 14 އަހަރުން ދަށުގެ އުމުރުފުރައިގެ އަންހެން އަދި ފިރިހެނުންގެ ވެސް ޗެމްޕިއަނެވެ. ކަލާފާނަކީ 16 އަހަރުން ދަށުގެ ފިރިހެން އަދި އަންހެން ޗެމްޕިއަނެވެ.

ތާޖުއްދީން ސްކޫލުގެ 14 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން ހޯދީ ހުރަވީ ސްކޫލާ ވާދަކޮށެވެ. މި އުމުރުފުރައިގެ އަންހެން ޗެމްޕިއަންކަން އެ ސްކޫލުން ހޯދީ ފައިނަލުގައި ހުރަވީ ސްކޫލާ ވާދަކޮށެވެ.

ކަލާފާނު ސްކޫލުގެ 16 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން ހޯދީ އިމާދުއްދީން ސްކޫލާ ވާދަކޮށެވެ. އަދި މި އުމުރުފުރައިގެ އަންހެން ޗެމްޕިއަންކަން އެ ސްކޫލުން ހޯދީ ވެސް ފައިނަލުގައި އިމާދުއްދީނާ ސްކޫލާ ވާދަކޮށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *