16 އަހަރުން ދަށުގެ ފައިނަލުގައި، ފ. އަތޮޅު މަދަރުސާއާއި ވޭވަށު ސްކޫލް، ކުނބުރުދޫ ސްކޫލާއި އދ. އަތޮޅު މަދަރުސާ

އިންޓަރ ސްކޫލް މުބާރާތުގައި ފ. އަތޮޅު މަދަރުސާގެ ޓީމް ކުޅެނީ: ފޮޓޯ މާއްކޮ

އިންޓަރ ސްކޫލް ހަތް ވަނަ ވޮލީ ބޯޅަ މުބާރާތުގެ ސޯޅަ އަހަރުން ދަށުގެ ބައިން ފައިނަލަށް ޓީމުތައް ދަރުކޮށްފިއެވެ.

މި މުބާރާގެ ފައިނަލް މެޗްތައް ހުކުރު ދުވަހު ކުޅޭއިރު، 16 އަހަރުން ދަށުގެ އަންހެން ފައިނަލުގައި ފ. އަތޮޅު މަދަރުސާ ބައްދަލު ކުރާނީ ވޭވަށު ސްކޫލާއެވެ. ފިރިހެން ފައިނަލުގައި ކުނބުރުދޫ ސްކޫލް  ކުޅޭނީ އދ. އަތޮޅު މަދަރުސާ އާ ދެކޮޅަށެވެ.

ކުނބުރުދޫ ސްކޫލަކީ އަތޮޅު ރައުންޑްގެ 16 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަނުންނެވެ. ފ. އަތޮޅު މަދަރުސާއަކީ އަތޮޅު ރައުންޑްގެ 16 އަހަރުން ދަށުގެ އަންހެން ޗެމްޕިއަނުންނެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *