އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތުގެ 14 އަހަރުން ދަށުގެ ފައިނަލަށް ޓީމުތައް ދަތުރުކޮށްފިއެވެ.
ސާދަ އަހަރުން ދަށުގެ ފިރިހެން ފައިނަލުގައި ކުޅޭނީ މަޑިފުށީ ސްކޫލާއި ކިނޮޅަހު ސްކޫލެވެ. އަންހެން ފައިނަލުގައި ކުޅޭނީ ފ. އަތޮޅު މަދަރުސާއާއި މަޑިފުށީ ސްކޫލެވެ.
ފ. އަތޮޅު މަދަރުސާގެ 14 އަހަރުން ދަށުގެ އަންހެން ޓީމަކީ އަތޮޅު ކެޓަގަރީގެ މި އުމުރުފުރައިގެ ޗެމްޕިއަނުންނެވެ. މި އުމުރު ފުރައިގެ އަތޮޅު ކެޓަގަރީގެ ފިރިހެން ޗެމްޕިއަނުންނަކީ މަޑިފުށީ ސްކޫލެވެ.
މަޑިފުށީ ސްކޫލުގެ ފިރިހެން ޓީމު ފައިނަލަށް އައީ ސެމީގައި މާޅޮހު ސްކޫލް ސީދާ ދެ ސެޓުން ބަލިކޮށްފައެވެ. މަޑިފުށީ ސްކޫލުގެ އަންހެން ޓީމު ފައިނަލަށް ދިޔައީ ހުރާ ސްކޫލާ ކުޅެ ދެ ސެޓުން މޮޅުވެގެންނެވެ.
ހިޔާލު