ހުޅުމާލޭގައި ހުންނަ ހޮރައިޒަން އިންޓަރނޭޝަނަލް އެކަޑެމީން ކުރިއަށް ގެންދާ ޕްރޮގްރާމް ތަކުގެ ތެރޭގައި ގުރޭޑް 1 އިން 12އަށް ކުރިއަށް ގެންދާ ކޯޗިން ކުލާސްތަކަކީ ޓިއުޝަން ބޭނުންވާ ކުދިންނަށް މުހިންމު ކުލާސްތަކެއް ހިމެނެއެވެ. މިއީ ސްކޫލުގައި ކިޔަވައިދޭ އެއްޗެއްގެ އިތުރުން، އިތުރަށް އޮޅުންފިލުވައި ދިނުމަށް ވަކިވަކި މާއްދާތައް ހިމެނޭ ގޮތަށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކެކެވެ.

މި ޕްރޮރާމްތަކުގައި ގުރޭޑް 7ން 12އަށް ކިޔަވައިދެނީ:
- އިނގިރޭސި
- ސައިންސް
- ސޯޝަލް ސްޓަޑީޒް
- ދިވެހި
- އިސްލާމް
- ބިޒްނަސް
- ހިސާބު
- ފިޒިކްސް
- ބިއޮލޮޖީ
- އިކޮނޮމިކްސް
- ސީއޭއީ/ ސީޕީއީ
- ޓްރެވަލް އެންޑް ޓޫރިޒަމް

ގުރޭޑް 1ން 6އަށް ކިޔަވައިދެނީ ހޮރައިޒަން އެކަޑެމީންނެވެ. މިހާރު ކިޔަވައިދޭ މާއްދާތަކުގެ ތެރޭގައި ހިމެނެނީ:
- ދިވެހި
- އިނގިރޭސި
- ހިސާބު
- ސައިންސް
- ސޯޝަލް ސްޓަޑީޒް
- އިސްލާމް
- އަރަބިކް
ހޮރައިޒަން އެކަޑަމީއާއި ހޮރައިޒަން އިންޓަރނޭޝަނަލް އެކެޑަމީއަކީ ހުޅުމާލޭގެ ފޭސް އެކެއްގައި އެންމެ ފުޅާ ދާއިރާއެއްގައި ދަރިވަރުންނަށް ޓިއުޝަން ފޯރުކޮށްދޭ އެއް ސެންޓަރެވެ. އެ ސެންޓަރުން ދޭ ޔަޤީންކަމަކީ ދަރިވަރަށް ފަހި މާހައުލެއްގައި ވަކިވަކި މާއްދާތަކުން ތަޖުރިބާ ލިބިފައިވާ ޓީޗަރުން ކިޔަވައިދީ ނަތީޖާ ނެރެދޭނެ ކަމެވެ.
" އަޅުގަނޑުމެންގެ ކޯޗިންގ ކުލާސްތަކަކީ ސީދާ ކުއްޖާއަށް އަމާޒުކުރެވިގެން ޓީޗަރުންނާ ކައިރިން މަސައްކަތް ކުރުމުގެ ފުރުޞަތު ލިބިދެވޭ ގޮތަށް ފަރުމާކުރެވިގެން ކުރިއަށް ގެންދާ ކުލާސްތަކެއް. އޭގެ ނަތީޖާ ވެސް ދަނީ ފެންނަމުން" ހޮރައިޒަން އެކަޑެމީން ބުންޏެވެ.

ޓިއުޝަންގެ ވާދަވެރިކަން ބޮޑުވަމުންދާއިރު، ހަމައެކަނި ޓީއުޝަނެއް ދިނުމުގެ ބަދަލުގައި ހޮރައިޒަން އެކަޑީން ދަރިވަރުންނަށް ކޯޗް ކޮށްދެނީ ރަނގަޅު ނަތީޖާއަކާ ހަމައަށް ދިއުމަށަށާއި ފިލާވަޅުގައި ބުނާ އެއްޗެއް ދަރިވަރަށް ފަހުމުކޮށް ދޭށެވެ. އޭގެ ފަހުން ދަރިވަރުންގެ އަމިއްލަ ހުނަރާއި ޤާބިލިއްޔަތު އިތުރުކޮށް ކުރިއަށް ގެންދިއުމުގެ ފުރުޞަތު ތަނަވަސްކޮށްދެއެވެ. މީގެ ހެއްކަކީ އެ އެކަޑަމީން ކިޔަވައި ދިނުމުގައި ދަރިވަރުންނާ ގުޅޭ ގޮތަށް ޓެކްނޮލޮޖީ ބޭސްޑް ލަރނިންގ މޮޑަލެއްގެ ބޭނުން ހިފައިގެން ކިޔަވައިދިނުމެވެ.

" ކޮންފިޑެންސް ލެވެލް މަތިވި ވަރަކަށް ކިޔެވުމާއިގެން ދަރިވަރަށް ކުރިއަށް ދެވޭނީ. އެއާއެކު ކުއްޖާއަށް ފަހުމުވާ ގޮތަށް ކިޔެވުން ބައްޓަންވެސް ކުރަނީ"
ހޮރައިޒަން އެކެޑީގެ ކޯޗިންގ ކުލާހެއްގައި ބައިވެރިވުމުގެ ފުރުޞަތު އޮތީ މިހާރު ވެސް ހުޅުވާލެވިފައެވެ.
ހޮރައިޒަން އިންޓަރނޭޝަނަލް އެކެޑަމީގެ ވެބްސައިޓް https://www.hia.edu.mv އިންނާއި 7774147 ނުވަތަ 7773818 އިން ވެސް އިތުރު މައުލޫމާތު ލިބޭނެއެވެ. އަދި https://www.hia.edu.mv/apply އިން އެޕްލައި ކުރެވޭނެއެވެ.
ނޯޓް: މިއީ ހޮރައިޒަން އިންޓަރނޭޝަނަލް އެކެޑެމީގެ އެޑްވަޓޯރިއަލްއެކެވެ.
advertisment
ހިޔާލު