އެންމެ މޮޅު ފިރިހެން އެތްލީޓުންނަށް، އުލްވާން އާއި އަހުނަފު އަދި އަބްޝަލްއަށް. އެންމެ މޮޅު އަންހެން އެތްލީޓުންނަށް، އައުހާ އާއި ޒީކް އަދި ޝައިމް
15 އަހަރުން ދަށާއި 17 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ޝަރަފުއްދީނަށް 20 އަހަރުން ދަށުގެ ދެ ބައިގެ ޗެމްޕިއަންކަން ވީއައިއެޗްއެސްއަށް
އިންޓަރ ސްކޫލް އެތްލެޓިކްސް ޗެމްޕިއަންޝިޕް ނިމިގެން ދިޔައިރު، 15 އަހަރުން ދަށާއި 17 އަހަރުން ދަށުގެ އަންހެން ޗެމްޕިއަން ޓީމުގެ މަޤާމް ހޯދީ ޝަރަފުއްދީން ސްކޫލުންނެވެ. 20 އަހަރުން ދަށް، ފިރިހެން އަދި އަންހެން ބައިގެ ޗެމްޕިއަން ޓީމަކީ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލެވެ. ތޭރަ އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަން ޓީމަކީ ރެހެންދި ސްކޫލެވެ. މި އުމުރުފުރައިގެ އަންހެން ޗެމްޕިއަނުންނަކީ ޣިޔާޘުއްދީން ސްކޫލެވެ. 15 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން ހޯދީ ފުވައްމުލައް މުޙައްމަދު ޖަމާލުއްދިން ސްކޫލުންނެވެ. 17 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަނުންނަކީ ގދ. އަތޮޅު ތަޢުލީމީ މަރުކަޒެވެ.
52 ސްކޫލަކުން 1563 އެތުލީޓުން ބައިވެރިވި މި މުބާރާތުން އެއްވަނަ ހޯދި ގިނަ އެތްލީޓުން ތިން ރަންމެޑަލާއި މިޓް ރެކޯޑެއް ހަދާފައިވެއެވެ.
އެންމެ މޮޅު އެތްލީޓުންނަށް ބަލާއިރު، 15 އަހަރުން ދަށުގެ ބައިން، އެންމެ މޮޅު ފިރިހެން އެތްލީޓަކީ އިސްކަންދަރު ސްކޫލުގެ އުލްވާން އިބްރާހިމް އުމަރެވެ. އޭނަ ވަނީ، 100މ އަދި 200މ ރަން މެޑަލްގެ އިތުރުން 200މ ދުވުމުން މީޓް ރެކޯޑް ހަދާފައެވެ.
17 އަހަރުން ދަށުގެ ބައިން އެންމެ މޮޅު ފިރިހެން އެތްލީޓަކީ ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އަހުނަފު ރައްޔާން ފަހުމީއެވެ. އަހުނަފު ވަނީ 100މ އާއި 200މ، އިތުރުން ލޯންގ ޖަމްޕުން ރަންމެޑަލް ހޯދާފައެވެ. އަދި 200މ ދުވުމުން މީޓް ރެކޯޑް ހަދާފައެވެ.
20 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އެތްލީޓަކީ އައްޑޫ ހައިސްކޫލުގެ އަޙްމަދު އަބްޝަލް މުޙައްމަދު ޖަލީލެވެ. އޭނާ ވަނީ 100މ، އަދި 200މ، ރަންމެޑަލް ހޯދުމުގެ އިތުރުން 200 މ އިން މީޓް ރެކޯޑް ހަދާފައެވެ.
އެންމެ މޮޅު އަންހެން އެތްލީޓުންނަށް، 15 އަހަރުން ދަށުގެ ބައިން ހޮވުނީ އަފީފުއްދީން ސްކޫލުގެ އާމިނަތު އައުހާ އަބްދުއްރަހުމާނެވެ. އައުހާ ވަނީ 100މ އާއި 200މ ދުވުމުން ލޯންގ ޖަމްޕް ރަންމެޑަލް ހޯދާފައެވެ. އަދި 100މ އާއި 200މ ދުވުމުން މީޓް ރެކޯޑް ހަދާފައެވެ. 17 އަހަރުގެ ދަށުގެ ބައިން އެންމެ މޮޅު އަންހެން އެތްލީޓަކީ އިސްކަންދަރު ސްކޫލުގެ ޒީކް އަޝްރަފު ރަޝީދެވެ. ޒީކް ވަނީ 800މ، 1500މ، ދުވުމުން ރަންމެޑަލް ހޯދުމުގެ އިތުރުން 800 މ، 1500މ، ދިވުމުން މީޓް ރެކޯޑް ހަދާފައެވެ.
20 އަހަރުން ދަށުގެ ބައިން އެންމެ މޮޅު އަންހެން އެތްލީޓަކީ އައްޑޫ ހައި ސްކޫލުގެ އައިޝަތު ޝައިމް އަޒީޒެވެ. އޭނާ ވަނީ ލޯންގ ޖަމްޕުންނާއި ހައި ޖަންޕް އަދި ޖުވެލިން ތްރޯއިން ރަންމެޑަލް ހޯދާފައެވެ.
މުބާރާތުގެ ވަނަތައް:
ތޭރަ އަހަރުން ދަށް:
ފިރިހެން ޗެމްޕިއަން ޓީމް: ރެހެންދި ސްކޫލް
އަންހެން ޗެމްޕިއަން ޓީމް: ޣިޔާޘުއްދީން ސްކޫލް
ފިރިހެން ރަނަރަޕް ޓީމް: އަބޫބަކުރު ސްކޫލް
އަންހެން ރަނަރަޕް ޓީމް: މުޙައްމަދު ޖަމާލުއްދީން ސްކޫލް
ފިރިހެން ތިންވަނަ ޓީމް: ހާފިޒު އަޙްމަދު ސްކޫލް
އަންހެން ތިންވަނަ ޓީމް: ކަނޑުހުޅުދޫ ސްކޫލް
15 އަހަރުން ދަށް:
- އެންމެ މޮޅު ފިރިހެން އެތްލީޓް: އުލްވާން އިބްރާހިމް ޢުމަރު އިސްކަންދަރު ސްކޫލް،
100މ އަދި 200. ރަން މެޑަލް 200މ މީޓް ރެކޯޑް
- އެންމެ މޮޅު އަންހެން އެތްލީޓް: އާމިނަތު އައުހާ ޢަބްދުލް ރަހުމާން، އަފީފުއްދީން ސްކޫލް
100މ އަދި 200. ލޯންގ ޖަމްޕް ރަންމެޑަލް
- ފިރިހެން ޗެމްޕިއަން ޓީމް: މުޙައްމަދު ޖަމާލުއްދިން ސްކޫލް
- އަންހެން ޗެމްޕިއަން ޓީމް: ޝަރަފުއްދީން ސްކޫލް
17 އަހަރުން ދަށް:
- އެންމެ މޮޅު ފިރިހެން އެތްލީޓް: އަހުނަފު ރައްޔާން ފަހުމީ، ގދ. އަތޮޅު ތަޢުލީމީ މަރުކަޒު
100މ، 200މ، އަދި ލޯންގ ޖަމްޕް ރަންމެޑަލް އަދި 200މ، މީޓް ރެކޯޑް
- އެންމެ މޮޅު އަންހެން އެތްލީޓް: ޒީކް އަސްރަފު ރަޝީދު އިސްކަންދަރު ސްކޫލް
800މ، 1500މ، ރަންމެޑަލް އަދި 800މ، 1500މ، މީޓް ރެކޯޑް
- ފިރިހެން ޗެމްޕިއަން ޓީމް ގދ. އަތޮޅު ތަޢުލީމީ މަރުކަޒު
- އަންހެން ޗެމްޕިއަން ޓީމް ޝަރަފުއްދީން ސްކޫލް
20 އަހަރުން ދަށް:
- ފިރިހެން އެންމެ މޮޅު އެތްލީޓް: އަހްމަދު ޢަބްޝަލް މުޙައްމަދު ޖަލީލް އައްޑޫ ހައި ސްކޫލް
100މ، އަދި 200މ، ރަންމެޑަލް އަދި 200މ، މީޓް ރެކޯޑް
- އަންހެން އެންމެ މޮޅު އެތްލީޓް: އައިޝަތު ޝައިމް އަޒީޒް އައްޑޫ ހައި ސްކޫލް
ލޯންގ ޖަމްޕް، ހައި ޖަންޕް އަދި ޖުވެލިން ތްރޯ ރަންމެޑަލް
- ފިރިހެން ޗެމްޕިއަން ޓީމް: ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް
- އަންހެން ޗެމްޕިއަން ޓީމް: ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް
ހިޔާލު