ދާލަން އެކްސްޕޯއިން މެލޭޝިޔާގައި ހިލޭ ކިޔެވުމުގެ ފުރުސަތު

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާ އިން ބާއްވާ ނޭޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ 2024″ ގައި ބައިވެރިވެގެން މެލޭޝިޔާގައި ހިލޭ ކިޔެވުމުގެ ފުރުސަތު އޮތް ކަމަށް އެ ވުޒާރާއިން ބުނެފިއެވެ.

ދާލަ އެކްސްޕޯ ކުރިއަށް ގެންދަނީ މި މަހުގެ 15 އާއި 16 ވަނަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

އެ ވުޒާރާއިން ބުނީ، ދާލަ އެކްސްޕޯގައި ނަގާ ގުރުއަތުން ހޮވޭ ފަސް ފަރާތަކަށް މެލޭޝިޔާއި މަތީ ތައިލީމް ހާޞިލް ކުރުމުގެ ފުރުޞަތު ދެނީ އެޑިޔުކޭޝަން މެލޭޝިޔާ ގްލޯބަލް ސަރވިސެސްގެ ފަރާތުންނެވެ.

މެލޭޝިޔާގެ ޒިއަމެން ޔުނިވަރސިޓީގައި ކިޔެވުމުގެ ސްކޮލަރޝިޕް ދޭ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ:

  • ބެޗްލަރސް އިން ޖަރނަލިޒަން
  • ބެޗްލަރސް އިން އަރޓިފިޝަލް އިންޓެލިޖެންސް
  • ބެޗްލަރސް އިން މެރިން ބަޔޯޓެކްނޮލޮޖީ
  • ބެޗްލަރސް އިން ޑިޖިޓަލް މީދިއާ ޓެކްނޯލޮޖީ
  • ބެޗްލަރސް އިން ސޮފްޓްވެއަރ އިންޖިނިއަރިންގ

މި ސްކޮލަރޝިޕްގެ ޓިއުޝަން ފީ އެއްކޮށް ހިމަނާފައިވީ ނަމަވެސް ހުރުމާއި ކެއުމާއި ހުރުން ފަދަ އެހެނިހެން ޚަރަދުތައް ކުރަންޖެހޭނީ ކިޔަވާ ދަރިވަރަކު އަމިއްލައަށެއެވެ. މި ސްކޮލަރޝިޕްގެ ދަށުން ކިޔަވާ ކޯހުގެ ދާއިރާއާއި ޤައުމުވެސް ބަދަލެއް ނުކުރެވޭނެއެވެ.

ސްކޮލަރޝިޕަށް ހޮވޭ ފަރާތްތައް އެކްސްޕޯ ނިންމުމުގެ ރަސްމިއްޔާތުގައި އިއުލާން ކުރަން ވަނީ ނިންމާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *