ގައުމީ ޔުނިވާސިޓީގެ ސްޓޫޑަންޓް ޔޫނިއަން ބޭއްވި ފުޓްސަލް ފިއެސްޓާގެ މި އަހަރުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން މޯލްޑިވްސް ބިޒްނަސް ސްކޫލް (އެމްބީއެސް) އަދި ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން އެމްއައި ކޮލެޖު ހޯދައިފިއެވެ. މިއީ މި މުބާރާތް ބާއްވާ 10 ވަނަ އަހަރެވެ.

މުބާރާތުގެ ފައިނަލް މެޗް ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒް ޙުސައިން މުޙައްމަދު ލަޠީފް އެވެ.

އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން އެމްބީއެސް ހޯދީ، ފައިނަލުގައި ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީސް (ސީއެފްއެސް) އާއި ވާދަކޮށް 6-0 ގެ ބޮޑު ތަފާތުބޮޑުން މޮޅުވެގެންނެވެ. ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން އެމްއައި ކޮލެޖު ހޯދީ ރޭ ކުޅުނު ފައިނަލުގައި ފެކަލްޓީ އޮފް އެޑިޔުކޭޝަން (އެފްއީ) އާއި ވާދަކޮށް 3-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.


advertisment
ހިޔާލު