ފުވައްމުލަކު މޮނިޓަރިންގ ހާލަތަށް ގެނައުމާއެކު ގުރޭޑް އަށަކުން ދަށުގެ ކުދިންނަށް ސްކޫލްތައް ބަންދުކޮށްފި

ފުވައްމުލަކު މޮނިޓަރިންގ ހާލަތަށް ގެނައުމާއެކު ގުރޭޑް އަށަކުން ދަށުގެ ކުދިންނަށް ސްކޫލްތައް ބަންދުކޮށްފިއެވެ.

ފުވައްމުލަކުން އިއްޔެ އެކަނި ވެސް އެގާރަ މީހަކު ކޮވިޑް 19އަށް ޕޮޒިޓިވް ވެފައިވެއެވެ. ކޮވިޑްގެ ހާލަތު ރަނގަޅުވާން ފެށުމުން އެރަށް މޮނިޓަރިންއިން ނެގީ މި މަހުގެ ކުރީކޮޅުގައެވެ. ކޮވިޑް ކޭސްތައް އިތުރުވަމުންދާއިރު، އެކްޓިވް ކޭސްތަކުގެ އަދަދަކީ 163 އެވެ.

ހާފިޒު އަހުމަދު ސްކޫލުން ބެލެނިވެރިންނަށް އަންގާފައި ވަނީ މޮނިޓަރިންއަށް ލުމާ ގުޅިގެން އެ ސްކޫލްގެ ގުރޭޑް ނުވައެއް، ދިހައެއްގެ ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދިން ނަމަވެސް އެނޫން ކުދިންނަށް ކިޔަވައިދޭނީ އޮންލައިންކޮށެވެ. އޮންލައިންކޮށް ކިޔަވައިދޭ ގުރޭޑްތަކުގެ ތެރޭގައި ފައުންޑޭޝަން ސްޓޭޖްގެ ކުދިން ހިމެނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *