ހަފުތާއެއްގެތެރޭ ވިހިހާސް ކުދިންނަށް ވެކްސިން ދީފި

ސްކޫލްގެ ދަރިވަރުންގެ ތެރެއިން ބާރައަހަރުން މަތީގެ ދަރިވަރުންނަށް ވެކްސިން ދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން، ހަފުތާއެއްގެ ތެރޭގައި ވިހިހާހެންހާ ކުދިންނަށް ވެކްސިން ދީފިއެވެ.

ވެކްސިންގެ ޤަޢުމީ ކެމްޕޭނުގެ ދަށުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ދަރިވަރުންނަށް ވެކްސިން ދޭން ފެށީ މި މަހުގެ 15 ވަނަ ދުވަހުއެވެ.

ސްކޫލްދަރިވަރުންނަށް ފައިޒާ ވެކްސިން ދެމުންދާއިރު، ވެކްސިންދޭ އާބާދީ ސާޅީސް ހާހަށް އަރާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. އެ މިނިސްޓްރީގެ އެންމެ ފަހުގެ އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، ވެކްސިން ފުރިހަމަ ކުރި ކުދިންގެ އަދަދު ވިހިހާސް ދުވިސައްތަ ތިރީސް ނުވަ ކުދިންނަށް އަރައެވެ.
ސްކޫލްތަކުގެ ދަރިވަރުންނަށް ވެކްސިން ދޭން ފެށުމާއެކު، އަތޮޅުތެރޭގެ ބައެއް ސްކޫލްތަކުގެ 12 އަހަރުން މަތީގެ ހުރިހާ ދަރިވަރުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައެވެ. ދެވަނަ ޑޯޒް ދޭން ނިންމާފައި ވަނީ ތިން ހަފްތާ ފަހުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައި ވަނީ މި މަހުގެ ނިޔަލަށް 12 އަހަރުން މަތީގެ ހުރިހާ ދަރިވަރުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދޭށެވެ.

ފައިޒާ ވެކްސިން ސްކޫލްކުދިންނަށް ދެމުން ގެންދާއިރު، ރާއްޖޭގެ އާބާދީއަށް ބޭނުންވާ ވެކްސިން މިހާރު ވަނީ ލިބިފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *