ފައުޒިއްޔާ- ޚާއްޞައެހީއަށް ބޭނުންވާ ކުދިންނާ ވަކިމުއްނެތް
ޓީޗަރަކަށް ނުވިޔަސް އެއީ ރައްޓެހިންނާއި ދެކެފަރިތަ މީހުންނަށް ޤުރުއާން ކިޔަވައިދިނުމާއި ނަމާދުގައި ކިޔާތަކެތި ދަސްކޮށްދެމުން އައި އެނދުރުދައިތައެކެވެ. އެ އެދުރުދައިތަ ކައިރިއަށް ޤުރުއާން ކިޔަވަން އަންނަ މީހުންނާއި ނަމާދުކުރަން ދަސްކުރަން އަންނަ މީހުންގެ ތެރޭގައި އެކި އުމުރުފުރައިގެ މީހުން ހިމެނޭއިރު، އެމީހުން އެ ކުރާ އިޚްތިރާމާއި ދޭ ލޯބި ފެނިފައި، ބޮޑުވެގެން މުދައްރިސަކަށްވުމުގެ ހުވަފެން، އެ އެދުރުދައިތަގެ އަންހެން ދަރިފުޅު، އިމާދުއްދީން ސްކޫލްގެ ލީޑިންގ ޓީޗަރުގެ ގޮތުގައި މިހާރު ހުންނެވި ފައުޒިއްޔާ ކުރެއްވިއެވެ. ނަމަވެސް، މުދައްރިސަކަށް ވުމަށް ދެކެމުންއައި ހުވެފެނުގައި ކުލަނުޖެހި، ސްކޫލްދައުރަށްފަހު، ފައުޒިއްޔާއަށް ނުކުންނަވަން ޖެހިވަޑައިގަތީ ފޮރިން މިނިސްޓްރީގެ ވަޒީފާއަށެވެ. ތައުލީމީދާއިރާއަށް ހިތް ދީފައެވެ.
ސަރުކާރުގެ ވަޒީފާގައި ތިއްބެވި ލެޓިސްދަސްކޮށްދިނުން –
މުދައްރިސަކަށް ވުމަށް ފައުޒިއްޔާ ކުރި ދަތުރު ފެށެނީ ކުދިންނަށް ޓިއުޝަން ދޭންފެށުމާ ހަމައިންނެވެ. ސްކޫލްގައި ކިޔަވަމުން ދިޔައިރުން ފެށިގެން ފޮރިން މިނިސްޓްރީގައި ވަޒީފާއަދާކުރަމުންދިޔައިރު ވެސް ލިބޭ ހުސްވަގުތުގައި ގަވާއިދުން ޓިއުޝަން ދެއްވިއެވެ. އެކަމަށް އޮތް ޚާއްޞަ ޝަޢުޤުވެރިކަމަކާއެކުގައެވެ. އޭރު ޓިއުޝަން ދެއްވި ބޭފުޅުންގެ ތެރޭގައި މިހާރު ފާހަގަކޮށްލެވޭ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
ސަރުކާރުގެ ވަޒީފާގައި އުޅޭ މީހުންނަށް ލެޓިން ދަސްކުރަން މަޖުބޫރުވުމާ ގުޅިގެން ލެޓިން ދަސްކޮށްދޭންވެސް ފައުޒިއްޔާ ވަނީ މަސައްކަތްކޮށްދެއްވާފައެވެ.
" ބައްޕަގެ ރައްޓެސް އޭރު ހުންނާނީ ޕޯޓް ކޮމިޝަންގައި. އެތަނުގެ ވަރަށް ގިނަ މުވައްޒަފުންނަށް ލެޓިން ދަސްކޮށްދޭންޖެހުނު ބައްޕަގެ އެދުމުގެ މަތިން.
އިމާދުއްދީން ސްކޫލްގެ ލީޑިންގ ޓީޗަރު ފައުޒިއްޔާ ގެ ހިތުގައި އޮވެއެވެ.
ސްކޫލް ނިންމާފައި ކުރިއަށްދާނެ ގިނަ ފުރުޞަތު ތަކެއް ނުލިބެއެވެ. ތައުލީމީދާއިރާގައި ހިތް ބާއްވާފައި
މިއަދު އެތައް ކުދިންނެއްގެ
އެހެން ނަމަވެސް ސްކޫލް ނިންމާފައި އޭރުގެ ކަންތައްތައް އިންތިޒާމް ކުރެފައި އޮތް ގޮތުން އުއްމީދު ކުރި ދާއިރާއަކަށް ދެވޭގޮތެއް ނުވިއެވެ. ސްކޫލްނިންމާފައި ވަޒީފާއަށް ދިއުމަށް އޭރު ފުރަންޖެހޭ ފޯމުގައި ވެސް އެޑިއުކޭޝަން ދާއިރާއާއި ހެލްތްގެ ދާއިރާ ޚިޔާރު ކުރި ނަމަވެސް ލައްވާނީ ޕޮރިންމިނިސްޓްރީންނެވެ.
ހިޔާލު