އުއްމީދުތަކާއެކު ދިރާސީ އަހަރު ފަށައިފި

އެޑިއުކޭޝަން
ޤުރުއާން ފޮތާއި އިސްލާމްފޮތް އިސްލާހުކުރުން: ކުށްތައް ފާހަގަކުރެވޭނަމަ އެންގުމަށް އާންމުންގެ ކިބައިން ވަނީ އެދިފައި

އުއްމީދުތަކާއެކު ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ފަށައިފިއެވެ.

އަތޮޅުތެރޭގެ ސްކޫކްތަކުގައި މިއަދު ކިޔެވުން ފެށީ ފަތިސްނަމާދުންނެވެ. ފަތިސްނަމާދަށްފަހު، ބައިގަޑިއިރަށް ދަރިވަރުން ސްކޫލްގައި ޤުރުއާން ކިޔެވުން ކުރިއަށް ގެންދިޔައެވެ. އެއަށްފަހު ދިރާސީ އާ އަހަރު ކިޔަވައިދޭން ފެށުމާއި، ދަރިވަރުންނަށް މަރުޙަބާ ކިޔުމުގެ ޙަރަކާތްތައް އޮންނާނީ މިއަދު ހެނދުނު 8 ޖަހާއިރުއެވެ.

ކިހާދޫ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ޒުބައިރު ވިދާޅުވީ ދިރާސީ އައު އަހަރު ފެށީ ފަތިސް ނަމާދުން ކަމަށާއި، ބައިގަނޑިއެއްހާއިރު ދަރިވަރުން އެ ސްކޫލްގައި ޤުރުއާން ކިޔެވުމުގައި ވަގުތު ހޭދަކުރި ކަމަށެވެ. ދަރިވަރުންނަށް މަރުޙަބާ ކިޔަން އެ ސްކޫލް އޮތީ ފުރިހަމައަށް ތައްޔާރުވެފައެވެ.

މިއަދުގެ އެންމެ ހެނދުނާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެފައި ވަނީ " މިއީ އައު ފެށުމެއް. އުޖާލާ އައު އަހަރެއް" ކަމަށެވެ. " ކިޔެވުމަކީ ހުވަފެންތަކުގެ ދުނިޔެއަށް ހުޅުވޭ ދޮރޯއްޓެއް.
މި ދޮރޯށީގެ ތަޅުދަނޑިއަކީ ކުރާހިތްވުން. ކަަންކަމަށް ޝައުޤު ހުރުން" ކަމަށެވެ. އަދި އެކަމަނާގެ މެސެޖް ނިންމާލައްވާފައި ވަނީ ދޫނުކޮށް، އެއްވާނެއްގައި ކުރާ މަސައްކަތަކީ ކާމިޔާބުގެ ސިއްރު ކަމަށާއި، މި ފެށޭ ދިރާސީ އަހަރަކީ ހުރިހާ ކުދިންނަށްވެސް، އަޅުގަނޑުމެން އެންމެންނަށްވެސް ފެހި، ފަހި ފާގަތި އަހަރެއް ކަމުގައި ލެއްވުމަށް އެދި ދުޢާ ކުރައްވަމުންނެވެ.

ދިރާސީ އައު އަހަރު ފެށުމުގެ ގޮތުން ޚާއްޞަ އެސަމްބްލީއެއް ދެ ދަންފަޅިއަށް ޚާއްޞަ ކޮށްގެން ބާއްވަން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވަނީ ނިންމާފައެވެ. ހެނދުނުގެ ދަންފަޅިއަށް ޚާއްޞަ ކުރާ މި އެސެމްބްލީ އޮންނާނީ މިއަދު 8:45 ގައި ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލްގައެވެ. މެންދުރުގެ ދަންފަޅިއަށް ޚާއްޞަކުރާ އެސެމްބްލީ އޮންނާނީ މިއަދު މެންދުރު 12:45 ގައި ކަލާފާނު ސްކޫލްގައެވެ.

ދަރިވަރުންނަށް ހޫނު މަރުޙަބާއެއް ކިޔަން ހުރިހާ ސްކޫލްތަކުން ވަނީ ފުރިހަމައަށް ތައްޔާރުވެފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *