ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ އަންގާރަ ދުވަހު ފަށާއިރު، ދަރިވަރުންނަށް ރައްކާތެރިކަމާއެކު ސްކޫލްތަކަށް ދެވޭނީ އެންމެން ވެކްސިން ފުރިހަމަކޮށްގެން ކަމަށްވާތީ، މީހުން ހޭލުންތެރިކުރުވުމަށް ޚާއްޞަ ކެމްޕޭނެއް ސްކޫލްތަކުން ފަށައިފިއެވެ.
މި ކެމްޕޭން ސްކޫލްތަކުން މި ފެށީ ބޮޑު ޗުއްޓީއަށްފަހު، ދިރާސީ އާ އަހަރުގެ މަސައްކަތްތަކަށް މުދައްރިސުން ނުކުތް ދުވަހާ ދިމާކޮށެވެ. "ދަރިވަރުންނަށް ރައްކާތެރިކަން" ގެ ނަމުގައި ތަޢުލީދާއިރާއިން ކުރިއަށް ގެންދާ މި ކެމްޕޭނުގައި ހުރިހާ ސްކޫލްތަކުންވެސް ވަނީ ބައިވެރިވެ އަމަލީ ގޮތުން މަސައްކަތް ފަށާފައެވެ. މި ފަދަ ކެމްޕޭނެއް މި ފެށީ ވެކްސިން ނުޖަހާ ފަރާތްތަކަށް އަންނަ މަހުން ފެށިގެން ސްކޫލްތަކަށް ނުވަދެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.
ކޮވިޑް 19އާ ގުޅިގެން ދަރިވަރުންގެ ކިޔެވުމަށް ބޮޑު ބަދަލުތަކެއް އައިސްފައިވާ ދަނޑިވަޅެއްގައި، އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައި ވަނީ ދިރާސީ އާ އަހަރުގެ ކިޔެވުން ކުރީގެ އާންމު ހާލަތެކޭ އެއްގޮތަށް ކުރިއަށް ގެންދާށެވެ. އެ ހާލަތާ އެއްގޮތަށް ކިޔެވުން ކުރިއަށް ގެންދަން ގިނަ ފިޔަވަޅުތަކެއް އަޅަން އެ މިނިސްޓްރީ ވަނީ ސްކޫލްތަކަށް އަންގާފައެވެ.
ސްކޫލްތަކަށް ނުކުތް ހުރިހާ ސްޓްފުންހެން ވަނީ މި ކެމްޕޭނުގައި އަމަލީ ގޮތުން ބައިވެރިވެފައެވެ. ބޮޑު ޗުއްޓީއަށްފަހު، ހުރިހާ މުދައްރިސުން މިއަދު ސްކޫލްތަކަށް ނުކުންނަންޖެހޭއިރު، ވެކްސިން ފުރިހަމަކޮށްގެން ނޫނީ މުދައްރިސުންނަށްވެސް ސްކޫލްތަކަށް ނުނުކުމެވޭނެއެވެ. ރައްކާތެރި ކަމުގެ ގޮތުން އެޅި މި ފިޔަވަޅާއެކު ބައެއް ސްކޫލްތަކުގެ ހުރިހާ ސްޓާފުން ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ. ވެކްސިން ފުރިހަމަ ނުކުރާ މުދައްރިސުންނާއި ސްޓާފުންނަށް ވެކްސިން ޖެހޭނެ ފަސޭހަ އިންތިޒާމްތަކެއް ވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހަމަޖައްސާދީފައެވެ.
advertisment
ހިޔާލު