ސްކޫލްތަކަށް ވަދެވޭނީ ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް: އެޑިއުކޭޝަން

މިމަހުގެ ދިހަ ވަނަ ދުވަހު ސްކޫލްތައް ހުޅުވަން ތައްޔާރުވަމުން އަންނައިރު،ކޮވިޑުން ރައްކާތެރި ވުމަށް އަޅާ ޚާއްޞަ ފިޔަވަޅެއްގެ ގޮތުން، ސްކޫލްތަކަށް ވަދެވޭނީ ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީ އިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން ސްކޫލްތަކަށް ވަދެ ނުކުމެވޭނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ޖަހާ ވެކްސިން ޑޯޒްތައް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ.

ވެކްސިން ނުޖަހާ ޓީޗަރުންނާއި، އެހެނިހެން މުވައްޒަފުންނާއި، ވެކްސިން ޖެހޭ އުމުރުގެ ސްކޫލްގެ ދަރިވަރުންގެ އިތުރުން ބެލެނެވެރިންނަށް ސްކޫލަށް ވަދެ ނުކުމެވޭނީވެސް ވެކްސިން ފުރިހަމަކޮށްގެން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ ދަރިވަރުންގެ ކިޔެވުން ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށާއި، ކޯވިޑް-19އިން ރައްކާތެރިވުމަށް ސްކޫލުތަކުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ކަމަށެވެ. ދަރިވަރުންގެ ރައްކާތެރިކަމަށްޓަކައި، ހުރިހާ ފަރާތްތަކުންވެސް ވެކްސިންގެ ޑޯޒްތައް ވީހާވެސް އަވަހަށް ފުރިހަމަ ކުރުމަށް ވެސް އެ މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *