25 ވަނަ އިންޓަރސްކޫލް ނެޓްބޯޅަ މުބާރާތުގެ ތިން އުމުރުފުރައިގެ ފައިނަލް ރޭ ވަނީ ކުޅެފައެވެ. 13 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ ހުރަވީ ސްކޫލުންނެވެ. 13 އަހަރުން ދަށުގެ ޗެމްޕިއަންކަން ހުރަވީން ހޯދީ ފައިނަލުގައި ކަލާފާނު ސްކޫލާ ކުޅެ 24-32 ގެ ތަފާތަކުންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކީ ހުރަވީގެ އާމިނަތު ޠޫގާ ހުސައިނެވެ. އޭނާ ވަނީ މި އުމުރުފުރައިގެ އެންމެ މޮޅު ކްއީން އޮފް ދަ ސީރީޒްގެ މަޤާމް ވެސް ހޯދާފައެވެ.

13 އަހަރުން ދަށުގެ އެންމެ މޮޅު ހަތް ކުޅުންތެރިން:
އާމިނަތު އަލްޔާ ލަތީފު- ކަލާފާނު ސްކޫލް
މަރިޔަމް ޝަފްއާ އަޙްމަދު- ޣިޔާޘުއްދީން
ޖިއާ އައިޝާ ހުސައިން- ކަލާފާނު
އާމިނަތު ޠޫގާ ހުސައިން- ހުރަވީ ސްކޫލް
އަލާނިޔާ ހުސައިން ފައިސަލް- ޣިޔާޘުއްދީން
ޒެއިނާ އަމްޒަތު އަޙްމަދު- ހުރަވީ ސްކޫލް
ލައިބާ ވާސިފު އަޙްމަދު- ހުރަވީ ސްކޫލް
15 އަހަރުން ދަށުގެ ޗެމްޕިއަނުންނަކީ އިސްކަންދަރެވެ. 17 އަހަރުން ދަށުގެ ޗެމްޕިއަނުންނަކީ ޣިޔާޘުއްދީން ސްކޫލެވެ. ޗެމްޕިއަންކަން އިސްކަންދަރުން ހޯދީ ޣިޔާޘުއްދީނާ ވާދަކޮށް 21-24 ގެ ތަފާތަކުންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކީ އިސްކަންދަރުގެ އައިޝަތު ކަރިން ސައިޒަންއެވެ. މި އުމުރުފުރައިގެ ކްއީން އޮފް ދަ ސީރީޒްގެ މަޤާމް ހޯދީ އައިޝަތު މަލީކާ ޒަމީރެވެ.
15 އަހަރުން ދަށުގެ އެންމެ މޮޅު ހަތް ކުޅުންތެރިން:
އައިޝަތު މަލީކާ ޒަމީރު- އިސްކަންދަރު ސްކޫލް
މަރިޔަމް ނަތާރާ ނަޞީރު- ޣިޔާޘުއްދީން
ސޯފިއާ އަބްދުﷲ އިބްރާހިމް- އިސްކަންދަރު ސްކޫލް
މަރިޔަމް މަލާކު މުޙައްމަދު ސިފާން- ޣިޔާޘުއްދީން
އައިޝަތި ކަރިން ސައިޒަން- އިސްކަންދަރު
ކަޔާނީ ބިންތް ޝައްފާޒު- ހުރަވީ ސްކޫލް
އައިޝަތު އީލިޔާ ބިންތް މުޙައްމަދު- ރެހެންދި ސްކޫލް

7 އަހަރުން ދަށުގެ ޗެމްޕިއަންކަން ޣިޔާޘުއްދީން ސްކޫލުން ހޯދީ ފައިނަލުގައި އިސްކަންދަރު ސްކޫލާ ވާދަކޮށް 43-64 ގެ ބޮޑު ތަފާތަކުން އިސްކަންދަރު ސްކުލާ ވާދަކޮށެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކީ ޣިޔާޘުއްދީނުގެ އައިޝަތު މަލާކު އަލީއެވެ. މި އުމުރު ފުރައިގެ ކްއީން އޮފް ދަ ސީރީޒް އަކީ ޣިޔާޘުއްދީނުގެ ޝައިބާ ހުސައިން ސުހައިލެވެ.
17 އަހަރުން ދަށުގެ އެންމެ މޮޅު ހަތް ކުޅުންތެރިން:
ޝައިބާ ހުސައިން ސުހައިލް- ޣިޠާޘުއްދީން
ސަރާހު ޒާޝާ ޒަކަރައްޔާ- އިސްކަންދަރު
އައިޝަތު މަލާކު އަލީ- ޣިޔާޘުއްދީން
ޒީކް އިސްމާއިލް މުޙައްމަދު- އަޙްމަދިއްޔާ ސްކޫލް
ތަޒްކިޔާ މުޙައްމަދު މައުޝޫގު- ޣިޔާޘުއްދީން
އައިޝަތު އުލްޔާ އަލީ- އިސްކަންދަރު ސްކޫލް
މަރިޔަމް ޒިވާ ޒިއާމް- ޣިޔާޘުއްދީން
advertisment
ހިޔާލު