ވޮލީ މުބާރާތުގެ ދެ ޑިވިޜަންގެ ޗެމްޕިއަންކަން މުޙައްމަދު ޖަމާލުއްދީން ސްކޫލަށް

ފުވައްމުލައް ސިޓީ ކައުންސިލުން ސްކޫލްތަކަށް ހުޅުވާލައިގެން ބޭއްވި އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތުގެ ދެ ބައިން ޗެމްޕިއަންކަން މުޙައްމަދު ޖަމާލުއްދީން ސްކޫލުން ހޯދައިފިއެވެ. އަންހެން އަދި ފިރިހެން ޑިވިޜަންގެ ފައިނަލުގައި ޖަމާލުއްދީން ވާދަ ކުރީ ހާފިޒު އަޙްމަދު ސްކޫލާއެވެ.

މިއީ ސްކޫލްތަކުގެ މެދުގައި ވޮލީގެ ރޫޙް އާލާކޮށް މޮޅު ކުޅުންތެރިން އުފައްދައި ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައި ދިނުމާއި އިޖުތިމާއީ ދުޅަހެޔޮކަން އިތުރު ކުރުމުގެ މަގުސަދުގައި ފުވައްމުލައް ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ މުބާރާތެކެވެ.

ދިވެހިރާއްޖޭގެ ހުރިހާ ސްކޫލެއްގެ ގްރޭޑް 10 އިން ދަށް ގްރޭޑް ތަކުގެ ދަރިވަރުންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދިޔަ މި މުބާރާތް ކުރިއަށް ގެންދިޔައީ އޮގަސްޓް މަހުގެ 11 އިން 25 ވަނަ ދުވަހުގެ ނިޔަލަށެވެ. މިމުބާރާތުގެ އަންހެން ޑިވިޜަންގައި 4 ސްކޫލަކުން ބައިވެރިވެފައިވާއިރު ފިރިހެން ޑިވިޜަންގައި 5 ސްކޫލަކުންވަނީ ބައިވެރިވެފައެވެ.

މުބާރާތުގައި ފުވައްމުލައް ސްކޫލްތަކުގެ އިތުރުން ބައިވެރިވީ ގެމަނަފުށީ ސްކޫލުންނެވެ.

މުބާރާތުގެ ފިރިހެން ޑިވިޜަންގެ އެންމެ މޮޅު 6 ކުޅުންތެރިން:

1- އަޔާދު ނަސީރު މުޙައްމަދު – މުޙައްމަދު ޖަމާލުއްދީން ސްކޫލް

2- އަހުމަދު އާއިޒު މުޙައްމަދު – ޙާފިޒް އަޙްމަދު ސްކޫލު

3- އަހުމަދު ފަދަން ފިޔާޒް – ގެމަނަފުށި ސްކޫލް

4- އަލްޔާން މުޙައްމަދު އަނީސް އަލީ – މުޙައްމަދު ޖަމާލުއްދީން ސްކޫލް

5- މުޙައްމަދު ލަޔާން އަހުމަދު – ޙާފިޒް އަޙްމަދު ސްކޫލު

6- އަހުމަދު ޔަޝަމް ފަރުހާދު – މުޙައްމަދު ޖަމާލުއްދީން ސްކޫލް

ފިރިހެން ޑިވިޜަންގެ ފެއަރޕްލޭ ޓީމަކަށް ހޮވިފައިވަނީ ގެމަނަފުށި ސްކޫލެވެ.

މުބާރާތުގެ އަންހެން ޑިވިޜަންގެ އެންމެ މޮޅު 6 ކުޅުންތެރިން:

ފާތިމަތު ހަނީން ހުސެއިން – މުޙައްމަދު ޖަމާލުއްދީން ސްކޫލް

1- އައިޝަތު ސާހީ ޝާހިދް – ޙާފިޒް އަޙްމަދު ސްކޫލު

2- މަރިޔަމް އުޔޫން ހަނީފް – މުޙައްމަދު ޖަމާލުއްދީން ސްކޫލް

3- މަރިޔަމް އިޒުހާ ފިޔާޒް – ޏ. އަތޮޅު ތަޢުލީމީ މަރުކަޒު

4- އަޖްލާ ހަސަން މުހައްމަދު – މުޙައްމަދު ޖަމާލުއްދީން ސްކޫލް

5- ފާތިމަތު ލީޝް – ޙާފިޒް އަޙްމަދު ސްކޫލު

އަންހެން ޑިވިޜަންގެ ފެއަރޕްލޭ ޓީމަކަށް ހޮވިފައިވަނީ ޏ.އަތޮޅު ތަޢުލީމީ މަރުކަޒެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *