އިންޓަރސްކޫލް ނެޓްބޯޅަ މުބާރާތް: ތިން އުމުރުފުރައިގެ ފައިނަލް މިއަދު

15 އަހަރުން ދަށާއި 17 އަހަރުން ދަށުގެ ފައިނަލުގައި ކުޅޭނީ އިސްކަންދަރާއި ޣިޔާޘުއްދީން، 13 އަހަރުން ދަށުގެ ފައިނަލުގައި ހުރަވީ އާއި ކަލާފާނު

އިންޓަރސްކޫލް 25 ވަނަ ނެޓްބޯޅަ މުބާރާތުގެ ފައިނަލް މިއަދު މެންދުރުފަހުން ފެށިގެން ކުރިއަށްދާނެއެވެ. 15 އަހަރުން ދަށާއި 17 އަހަރުން ދަށުގެ ފައިނަލުގައި ކުޅޭނީ އިސްކަންދަރު ސްކޫލާއި ޣިޔާޘުއްދީން ސްކޫލެވެ. 13 އަހަރުން ދަށުގެ ފައިނަލުގައި ކުޅޭނީ ކަލާފާނު ސްކޫލާއި ހުރަވީ ސްކޫލެވެ.

ތޭރަ އަހަރުން ދަށުގެ ފައިނަލަށް ނޮގޮސް އިސްކަންދަރާއި ޣިޔާޘުއްދީން ކެޓީ ސެމީގައި ކުޅުނު މެޗްތަކުން ކުޑަ ތަފާތަކުން ބަލިވުމުންނެވެ. މި އުމުރުފުރައިގެ ސެމީގައި ކަލާފާނު ދިޔައީ އިސްކަންދުގެ މައްޗަށް 15-23ގެ ތަފާތަކުންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކީ ކަލާފާނުގެ އާމިނަތު އަލްޔާ ލަތީފެވެ.

15 އަހަރުން ދަށުގެ ފައިނަލަށް އިސްކަންދަރު ދިޔައީ ސެމީގައި ރެހެންދި ސްކޫލާ ކުޅެ 20-26ގެ ތަފާތަކުން މޮޅުވެގެންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކީ އިސްކަންދަރުގެ ސޯފިޔާ އަބްދުﷲ އިބްރާހިމެވެ. 15 އަހަރުން ދަށުގެ ފައިނަލަށް ޣިޔާޘުއްދީން ސްކޫލް ދިޔައީ ރެހެންދި ސްކޫލާ ވާދަކޮށް 13-33ން މޮޅިވެގެންނެވެ.

17 އަހަރުން ދަށުގެ ފައިނަލަށް ޣިޔާޘުއްދީން ސްކޫލް ދިޔައީ ރެހެންދި ސްކޫލާ ވާދަކޮށް 26-61ގެ ތަފާތަކުން މޮޅުވެގެންނެވެ. މި މެޗްގެ މޮޅުކުޅުންތެރިޔަކީ ޣިޔާޘުއްދީނުގެ ލެއިއާ ތަމޫހު ސައީދެވެ.

މި އުމުރުފުރައިގެ އިނަލަށް އިސްކަންދަރު ދިޔައީ އިއްޔެ ކުޅުނު ސެމީގައި އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލާ ވާދަކޮށް 48-57 ން މޮޅުވެގެންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކީ އިސްކަންދަރުގެ އައިޝަތު އުލްޔާ އަލީއެވެ.

މިދިޔަ އަހަރު ބޭއްވި މުބާރާތުގައި ވެސް އެންމެ ކާމިޔާބު ޓީމަކީ ޣިޔާޘުއްދީނާއި އިސްކަންދަރެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *