ޓީއެސްއެލް އިންޓަރނޭޝަނަލް އޯގަނައިޒޭޝާނުން އިންތިޒާމްކޮށްގެން ބާއްވާފައިވާ އެސޭ ލިޔުމުގެ މުބާރާތުން ތިން ވަނަ ހާސިލްކޮށްފައިވަނީ ބާ އެޓޯލް ސްކޫލްގެ ގުރޭޑް 4 ގެ ދަރިވަރު ނާއިޝް މުޙައްމަދު ނަސީމެވެ.
މަޒުމޫނުގެ އިތުރުން ކުރިއަށް ގެންދިޔަ ބަހުސުގައި، މިމުބާރާތުގައި ބައިވެރިވެފައިވާ ޓީމްތަކުގެ ތެރެއިން ނާއިޝްގެ ޓީމުން އެންމެ ރަގަޅު ދަރިވަރެއްގެ ގޮތުގައި ނާއިޝްގެ ނަން ވަނީ ފާހަގަކޮށްފައެވެ. އެ ޓީމުގައި ހިމެނެނީ އެކި ގައުމުތަކަށް ނިސްބަތްވާ ހަ ދަރިވަރުންނެވެ. އެކުދިން ނިސްބަތްވަނީ އިނޑިއާ، ތުރުކީ، އިނގިރޭސިވިލާތް، އިންޑޮނޭޝިއާ އަދި ވިއެޓްނާމަށެވެ.
މިމުބާރާތުގައި މިފަހަރު ބެނުންކޮށްފައިވާ މައުޟޫއަކީ "ޓްރަސްޓް ފޯރ ސަސްޓެއިނަބަލް ލިވިންގ" އެވެ. އޮންލައިންކޮށް ކުރިއަށްގެންގޮސްފައިވާ މިމުބާރާތުގައި ދުނިޔޭގެ މަޝްހޫރު ސައިންޓިސްޓުން ބައިވެރިވެ، ދަރިވަރުންނާއެކު ސުވާލާއި ޖަވާބުގެ ބަހުސެއް ކުރިއަށް ގެންގޮސްފައެވެ.
ބާ އަތޮޅު މަދަރުސާގެ ޕްރިންސިޕަލް ނާޒްލީން އަބްދުﷲ ދީދީ ވިދާޅުވީ ނާއިޝްގެ ކާމިޔާބީއާ ގުޅިފައި ވަނީ އެސްކޫލްގެ ލީޑިންގ ޓީޗަރުގެ އިތުރުން އިނގިރޭސި އަދި ކެމިސްޓްރީ ކިޔަވައިދޭ ރާއްޖެއިން ބޭރުގެ ޓިޗަރުންގެ އެހީ ވަރަށް ބޮޑަށް ވަނީ ފާހަގަކޮށްފައެވެ. މިއީ އެސްކޫލްއިން ވައިބަރގެ ޒަރިއްޔާއިން ކުދިންގެ ބެލެނިވެރިންނަށް މިމުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތެއްކަން ފާހަގަކުރައްވައި ޕްރިންސިޕަލް ވިދާޅުވެފައިވަނީ އަދިވެސް މިކަހަލަ ކަންކަމަށް އަތޮޅުތަކުގެ ދަރިވަރުންގެ ބެލެނިވެރިންގެ ފަރާތުން ލިބޭ ތަރުހީބު ވަރަށް ދަށްކަމަށެވެ. ނަމަވެސް މިފަހަރު ނާއިޝް ހޯދި ކާމިޔާބީ ފާހަގަކޮށް ނާއިޝްގެ ބެލެނިވެރިނަށް ޕްރިންސިޕަލް ވަނީ ތަޢުރީފްކޮށް ޝުކުރު އަދާކުރައްވާފައެވެ.
މިމުބާރާތުގައި 59 ޤައުމެއްގެ 213 ސްކޫލްއަކުން އިން ބައިވެރިވެފައިވެއެވެ.
advertisment
ހިޔާލު