ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީހާއި، 12 ކުލާސްރޫމް، ނަރުދޫ ސްކޫލުގެ ތިންބުރި އިމާރާތުގެ މަސައްކަތް ބަޔަކާ މިއަދު ހަވާލިކޮށްފިއެވެ.
މިއަހަރުގެ ޕީއެސްއައިޕީގެ ދަށުން ކުރިއަށް ގެންދެވޭ މި ދެ މަޝްރޫޢު ވެސް ހަވާލުކުރީ ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑާއެވެ.
ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީހާއި، 12 ކުލާސްރޫމް އިމާރާތް ކުރަން އެކުންފުނިން ހުށަހަޅާފައި ވަނީ 12.3 މިލިއަން ރުފިޔާއެވެ. ނަރުދޫ ސްކޫލުގެ 3 ބުރި އިމާރާތުގެ މަސައްކަތަށް ހުށަހަޅުއްވާފައިވަނީ 9.2 މިލިއަން ރުފިޔާއެވެ. މި ޕްރޮޖެކްޓްވެސް 365 ދުވަހުގެ ތެރޭގައި ނިންމަން ވޭވް ލެންތު ޕްރައިވެޓުން ވަނީ އެއްބަސްވެފައެވެ.
މީގެ އިތުރުން ލ. ހިތަދޫ ސްކޫލަށް ހަތަރު ކްލާސްރޫމް އިމާރާތުގެ މަސައްކަތް ވެލްމަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ވަނީ ހަވާލުކޮށްފައެވެ.
އެ މަސައްކަތަށް ހަވާލުކޮށްފައި ވަނީ 4.7 މިލިއަން ރުފިޔާއަށް 140 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
advertisment
ހިޔާލު