އަންނަ އަހަރު ގުރޭޑް 9-10 ގެ ކުދިން ބޭނުންކުރާނީ ޑިޖިޓަލް ފޮތް

އަންނަ އަހަރު ގުރޭޑް 9-10 ގެ ކުދިން ބޭނުންކުރާނީ ޑިޖިޓަލް ފޮތް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ ގުރޭޑް އަށަކުން ދަށުގެ ކުދިންނަށް އަންނަ އަހަރު ދޭނީ ޕްރިންޓްކޮށްފައިވާ ފޮތް ކަމަށާއި، ފޮތްތައް މިހާރު ހުރިހާ ސްކޫލްތަކަށް ފޮނުވި ސްކޫލްތަކުން ދަރިވަރުންނަށް ދޫކުރަމުން ގެންދާކަމަށެވެ.
ސްކޫލްތަކުން މިހާރު ދޫކުރަމުން ގެންދަނީވެސް ގުރޭޑް އަށަކުން ދަށުގެ ގުރޭޑް ތަކުގެ ފޮތްތަކެވެ. ޑިޖިޓަލް ފޮތްތައް ގުރޭޑް 9އާއި 10 ކުދިންނަށް ދޭއިރު، އެ ފޮތްތައް ދޭނީ ސްކޫލްތައް ހުޅުވުމާއެކުގައެވެ.

އެހެން އަހަރުތަކާ ޚިލާފަށް ކޮވިޑްގެ މިހާލަތުގައިވެސް ސްކޫލްތަކަށް ފޮތް ފޮނުވުމުގެ އިންތިޒާމް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވަކި އިންތިޒާމްތަކެއްގެ މަތިން ހަމަޖައްސާފައެވެ. ގުރޭޑް އަށަކުން ދަށުގެ ހުރިހާ ގުރޭޑްތަކެއްގެ ފޮތްތައް ވަނީ ހަމަކޮށްފައެވެ.

ދަރިވަރުންނަށް ފޮތްތައް ދިނުމުގައި އާ ފޮތްތަކާއެކު ކުރިން ބޭނުންކޮށްފައިވާ ބައެއް ފޮތްތައް ވަނީ ދޫކޮށްފައެވެ. ފޮތްތައް ޕްރިންޓް ކުރުމަށް ބޮޑު ހޭދައެއް ކުރަންޖެހޭތީ، ފޮތްތައް ޑިޖިޓަލް ކުރުމުގެ މަސައްކަތް ފަށާފައިވާތާ މިހާރު އަހަރުތަކެއް ވެއްޖެއެވެ. މިދިޔަ އަހަރުވެސް ބައެއް ގުރޭޑްތަކަށް ޖިޓިޓަލް ފޮތްތައް ބޭނުން ކުރިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *