އުނގޫފާރުގެ ކުލަބު ޔޫތް ސްޓަރގެ ރަންޔޫބީލާ ދިމާކޮށް އެ ޖަމިއްޔާއިން އެރަށު ސްކޫލްގެ ބެލެނިވެރިންނަށް ޚާއްޞަ ހަދިޔާއެއް ދީފިއެވެ. އެ ޖަމިއްޔާއިން ވަނީ ސްކޫލަށް ކުދިން ބަލާދާ ބެލެނިވެރިން މަޑުކޮށްލައިގެން ތިބެލާނެ " ބެލެނިވެރިންގެ ހިޔާއެއް " ހަދާދީފައެވެ. މިތަން ހަދާފައި ވަނީ ސައިފް ޕްރީ ސްކޫލާއި ކައިރިން އުނގޫފާރު ސްކޫލްގެ ކަންމަތީގައެވެ.

ހިޔާކޮށް، އިށީދެވޭ ގޮތަށް ޒަމާނީ ފެންވަރަށް ތައްޔާރުކޮށްފައިވާ މި " ބެލެނިވެރުިންގެ ހިޔާ" މިހާރު ވަނީ ހުޅުވާފައެވެ. ޒަމާނީ ފަންނުވެރިކަން ދައްލުވައިދޭ ހިތްގައިމު މި ހިޔާގައި ވަނީ ސްކޫލްގެ ވެރިންގެ ގޮތުގައި މަސައްކަތް ކުރެއްވި ފަރާތްތަކާއި، ފާއިތުވި ދެތިން އަހަރު ދުވަހުގެ ތެރޭގައި އެންމެ މޮޅު ދަރިވަރުންގެ ގޮތުގައި ހޮވި ދަރިވަރުންގެ ފޮޓޯޓައްވެސް ބަހައްޓާފައެވެ.

މި ހިޔާ ހަދަން ޚަރަދުވި ފައިސާގެ 40 އިންސައްތަ ހަމަޖައްސަވައިދެއްވީ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދާއި އުނގޫފާރު ކައުންސިލުންނެވެ. އަދި ބާކީ 60 އިންސައްތަ ފައިސާ ޚަރަދު ކޮށްފައިވަނީ ޔޫތް ސްޓަރއިންނެވެ.
ކުލަބް ޔޫތު ސްޓަރއިން 25 އަހަރުގެ ރިހިޔޫބީލް ފާހަގަކުރާއިރު، އެ ޖަމިއްޔާއިން ދަނީ އިނގޫފާރުގެ ތަރައްގީގައި މުހިންމު ރޯލެއް އަދާކުރަމުންނެވެ.
advertisment
ހިޔާލު