އިންޓަރސްކޫލް ނެޓްބޯޅަ މުބާރާތް: 15 އަހަރުން ދަށުގެ ސެމީގައި ރެހެންދި އާއި ޣިޔާޘުއްދީން، އިސްކަންދަރާއި ހުރަވީ

އިންޓަރސްކޫލް 25 ވަނަ ނެޓްބޯޅަ މުބާރާތުގެ 15 އަހަރުން ދަށުގެ ސެމީ ފައިނަލުގައި ހެންދި ސްކޫލް ވާދަކުރާނީ ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލާއެވެ. އިސްކަންދަރު ސްކޫލް ވާދަ ކުރާނީ ހުރަވީ ސްކޫލާއެވެ.

ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔައ ކުއާޓަރ ފައިނަލުގައި ރެހެންދި ސެމިއަށް ދިޔައީ އަމީނިއްޔާ ސްކޫލާ ވާދަކޮށް 18-27ގެ ތަފާތަކުން މޮޅުވެގެންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކީ ރެހެންދި ސްކޫލުގެ އާމިނަތު އީޝާލް މޫސާއެވެ.

ކުއާޓަރ ފައިނަމުގެ ދެވަނަ މެޗްގައި ކުޅުނީ ޣިޔާޘުއްދީން މޮޅުވީ ހުރިޔާ ސްކޫލާ ވާދަކޮށެވެ. 17-30 ގެ ތަފާތަކުން މޮޅުވެ ސެމީއަށް ދިޔައީ ޣިޔާޘުއްދީނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކީ ޣިޔާޘުއްދީނުގެ މަރިޔަމް މަލާކު މުޙައްމަދު ސިފާންއެވެ.

ކުއާޓަރގައި ތާޖުއްދީނާއި އިސްކަންދަރު ކުޅުނު މެޗް 10-46 ގެ ތަފާތަކުން މޮޅުވީ އިސްކަންދަރު ސްކޫލެވެ. މޮޅު ކުޅުންތެރިޔަކީ އިސްކަންދަރުގެ އާމިނަތު އިފާފު ނިޔާޒެވެ.

ކުއާޓަރގެ ފަހު މެޗްގައި ހުރަވީ ސްކޫލުން ކަލާފާނުގެ މައްޗަށް ކުރި ހޯދީ 11-42ގެ ތަފާތަކުންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކީ ފާތިމަތު ޝާލިނީ އަޙްމަދެވެ.

ސެމީފައިނަލް މެޗްތައް ކުޅޭނީ އަންނަ މާދަމާއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *