ހާފިޒު ނަބީހަށް އެންމެ ފަހުން އިމާމްކަމުގެ ސަނަދު

އިމާދުއްދީން ސްކޫލުގެ ޖުވެލް ސެންޓަރުގައި ތައުލީމު ހާސިލް ކުރަމުން އަންނަ ޤުރުއާން ހިތުދަސްކޮށް ހާފިޒަކަށްވުމަށްފަހު، ސެޓްފިކެޓް 3 ގެ އިމާމް ކޯސް ފުރިހަމަކޮށް ސަނަދު ހާޞިލް ކޮށްފިއެވެ.

ނަބީހު، އިމާމް ކަމުގެ ސެޓްފިކެޓް ހޯދީ ޒާޑް އެކަޑަމީއިން އާންމުންނަށް ހުޅުވާލައިގެން ހިންގި އިމާމް ކޯހުގައި ބައިވެރިވެގެންނެވެ. އިމާމް ކަމުގެ ސެޓްފިކެޓް ހޯދުމާ ގުޅިގެން އިމާދުއްދީން ސްކޫލުން ވަނީ ނަބީޙް އަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

އޯޓިޒަމް ހުންނަ ނަބީހު ހާފިޒަކަށް ވީ 2017 ވަނަ އަހަރުގެ ތެރޭގައި، އެންމެ ދެ މަސްދުވަހުގެ ތެރޭގައި ޤުރުއާން ހިތުދަސްކޮށްގެންނެވެ. ނަބީހު ވަނީ ރާއްޖޭގައި ބޭއްވި ގުރުއާން މުބާރާތްތަކުން ތަފާތު ވަނަތައްވެސް ހޯދާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *