ވައުޗަރަށް ސްޓޭޝަނަރީ ދޫކުރަން ރަޖިސްޓްރީކުރި ފަރާތްތައް އާންމުކޮށްފި

ދިރާސީ އާ އަހަރު ދަރިވަރުންނަށް ބޭނުންވާ ސްޓޭޝަނަރީޒް ދޫކުރަން ރަޖިސްޓްރީކުރި ފަރާތްތައް އެޑިއުކޭޝަން މިނިސްޓްރީން އިއުލާން ކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ، ދިރާސީ އަހަރަށް ދަރިވަރުންނަށް ދޫކުރާ ސްޓޭޝަނަރީ ވައުޗަރަށް ކްރެޑިޓަށް ތަކެތި ލިބިވަޑައިގަންނަވާނީ އެ އެޑިޔުކޭޝަންގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން ކަމަށް ހުރިހާ ބެލެނިވެރިންގެ ސަމާލުކަމަށްޓަކައި ދަންނަވާ ކަމަށެވެ.
ވައުޗަރަށް ސްޓޭޝަނަރީޒް ލިބޭނެ ތަންތަނުގެ ގޮތުގައި އެ މިނިސްޓްރީން އާންމު ކުރި ލިސްޓްގައި ވަނީ 49 ތަނެކެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުގެ 35 ތަނަކަށާއި، އަތޮޅުތެރޭގެ 14 ތަނެކެވެ.

ކޮވިޑްއާ ގުޅިގެން ދޮޅުއަހަރެއްހާ ދުވަހު ކިޔަވައިދިނުމަށްފަހު، ސްކޫލްތައް ބަންދުކުރީ އިއްޔެއެވެ. ދިރާސީ އާ އަހަރު ފަށަން ދިރާސީ ކަލަންޑަރުގައި ތާވަލުކޮށްފައި ވަނީ އަންނަ އޮގަސްޓް މަހުގެ ދިހަ ވަނަ ދުވަހުއެވެ. އަހަރުގެ މެދުތެރޭގައި ދިރާސީ އާ އަހަރު ފަށަން ނިންމީ ކޮވިޑްއާ ގުޅިގެން ތަޢުލީމީ ނިޒާމަށް ގެނައި ބޮޑެތި ބަދަލުތަކުގެ ތެރޭގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *