ހުޅުމާލޭގައި ހުންނަ މުހައްމަދު ގާސިމް ޕްރީ ސްކޫލް ސަރުކާރުން ހިންގަން ނިންމައި، އެ ސްކޫލަށް ބޭނުންވާ ވަޞީލަތްތައް ގާއިމް ކުރުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ފަށައިފިއެވެ.
މޯލްޑިވްސް އޯޓިޒަމް ސެންޓަރާ އިންވެގެން ހަދާފައި ހުރި ދިހަ ކުލާސްރޫމްގެ އެ ސްކޫލަކީ އަމިއްލަ ފަރާތަކުން ހަދިޔާކުރި ސްކޫލެކެވެ. އެ ސްކޫލް އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކޮށްފައި ވަނީ 2019 އަހަރުގެ ޖެނުއަރީ 17ގައެވެ. އެ ސްކޫލް ހިންގާނެ ފަރާތެއް ހޯދަން ހަތަރު ފަަހަރެއްގެ މަތިން އިއުލާން ކުރިއެވެ. އެންމެ ފަހުން އިއުލާން ކުރި ފަހަރު ހަތަރު ފަރާތަކުން ބީލަން ވެސް ހުށަހެޅިއެވެ. ބީލަމުގައި މައްސަލަތަކެއް ހުރުމާ ގުޅިގެން ހިންގަން ބަޔަކާ ހަވާލު ނުކުރެވި އެ މަސައްކަތް ހުއްޓިފައި އޮންނަތާ ދުވަސްތަކެއް ވެއްޖެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިހާރު މަސައްކަތް ކުރަމުން ދަނީ އެ މިނިސްޓްރީގެ ދަށުން އެލްކޭޖީ އަދި ޔޫކޭޖީއަށް ކިޔަވައިދޭ ސްކޫލެއްގެ ގޮތުގައި އެތަން ހުޅުވާށެވެ. ދިރާސީ އާ އަހަރު އަންނަ އޮގަސްޓް މަހުގެ ދިހަ ވަނަ ދުވަހު ފަށާއިރު، އެ ސްކޫލް ހުޅުވުމުގެ ތައްޔާރީތައް އެ މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.
advertisment
ހިޔާލު