ފަލަސްޠީނުގެ ރައްޔިތުންނަށް، ހއ. އަތޮޅުތަޢުލީމީ މަރުކަޒުގެ މުވައްޒަފުންގެ ފަރާތުން 23،000 ރުފިޔާގެ އެހީއެއް

ފަލަސްޠީނުގައި ހާލުގައިޖެހިފައިވާ އެގައުމުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހއ. ދިއްދޫ މިޑްލް ސްޕޯޓްސްއިން ކުރިއަށް ގެންދިޔަ ހަރަކާތުގައި ހއ. އަތޮޅު ތައުލީމީ މަރުކަޒުން ބައިވެރިވެއްޖެއެވެ.

މިޑްލް ސްޕޯޓްސް އިން ދިއްދޫގައި ކުރިއަށް ގެންދިޔަ ފަންޑްރައިޒިން އިވެންޓްގައި ބައިވެރިވެ އަތޮޅު ތައުލީމީ މަރުކަޒުގެ މުވައްޒަފުން ވަނީ 23،023 ރުފިޔާ ހަދިޔާކޮށްފައެވެ. މި ފައިސާ ވަނީ އިއްޔެ މިޑްލް ސްޕޯޓްސްއާ ހަވާލުކޮށްފައެވެ.

އިޒްރޭލުން ފަލަސްޠީނަށް ދިން އެގާރަ ދުވަހުގެ ހަމަލާގައި އެތައް ސަތޭކަ ސްކޫލެއް ވަނީ ހަލާކުކޮށްލާފައެވެ. އަދި އެތައް ސަތޭކަ ކުދިންނެއް ވަނީ ތައުލީމުން މަހުރޫމްވެފައެވެ.

ފަލަސްޠީނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ރާއްޖޭގައި ކުރިއަށް ގެންދާ ފަންޑްރައިޒިން އިވެންޓްތަކުގައި ބައެއް ސްކޫލްތަކުން ވަނީ ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދީފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *