ޤުރުއާން ހިތުދަސްކޮށް އެއްވަނަ ދަރަޖައިގައި ފާސްވެ ހާފިޒު ކަމުގެ ސަނަދު މަދްރަސަތުލް އިފްތިތާޙުގެ ގްރޭޑު 10 ގައި ކިޔަވަމުން އަންނަ އަބްދުالله ޙަޔާން ޙާމިޒު ހޯދީ ހުސްވި ޖުލައި މަހުގެ 20 ވަނަ ދުވަހުއެވެ.
ޙަޔާންގެ ކާމިޔާބީ ފާހަގަރަން އެ ސްކޫލުން ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ.
ޙަޔާނަކީ އެންމު ކުޑައިރުއްސުރެ ވެސް ޤުރުއާން ކިޔެވުމަށް ލޯބިކުރަމުން އައި ދަރިވަރެކެވެ. ބޭބީ ނާސަރީ އިން ފ ށ ން ޤުރުއާ ން މުބާރާތްތަކުގައި ބައިވެރިވެ ގަދަ ފަހެއްގެ ތެރޭގައި ހިމެނެމުން އައި ދަރިވަރެކެވެ.
ޤުރުއާނުގެ ޢިލްމު އުނގެނުމަށް ޙަޔާން ޝައުޤުވެރިކަން އުފެ ދުނީ 2018ވަނަ އަހަރު "އެންމެ އަލި ގަދަ ތަރި ޖޫނިއަރ " ޕުރޮގުރާމްގެ އޮޑިޝަނުން ހޮވި މުބާރާތުން ފުރުޞަތު ލިބުނު ހިސާބުން ފެށިގެންނެވެ. އޭރު ޙަޔާންގެ އުމުރަކީ އެ ންމެ 10 އަހަރެވެ. އެ މުބާރާތުން ޙަޔާނަށް ލިބިގެންދިޔަ އެކުވެރިން ވެގެން ދިޔައީ ޙިފުޒުކުރުމުގެ ރޮނގުން ކުރިއަށް ދިޔުމަށް ލިބުން މުޅިން އައު ޢުއްމީދެއްގެ ފެށުމަކަށެވެ. އެ ފެށުމާއެކު ގުރޭޑް 7ން ފެށިގެން ޙިފުޒު ކިލާހުގައި ބައިވެރިވެ ޤުރުއާން އެއްކޮށް ހިތުދަސްކުރިއެވެ.
ކީރިތި ޤުރުއާން ކިޔުމުގެ ރޮނގުން ޙަޔާން ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު އެންމެ ބޮޑު އެއް ކާމިޔާބަކީ 2018 ވަނަ އަހަރު "އެންމެ އަލި ގަދަ ތަރި ޖޫނިއަރ" ޕުރޮގުރާމުން 3 ވަނަ ހާޞިލުކޮށްފައިވެއެވެ. 2020 ވަނަ އަހަރު ކީރިތި ޤުރުއާން ބަލައިގެން ކިޔެވުމުގެ ވާޗު އަލް ޤައުމީ މުބާރާތުން ފިރިހެން ބައިވެރިންގެ ކެޓަގަރީއިން 1 ވަނަ ހޯދާފައިވެއެވެ. އަދި 2023 ވަނަ އަހަރު ޅ.އަތޮޅު ޤުރުއާން މުބާރާތުގައި ކީސްޓޭޖް 4 ން ބަލައިގެން ކިޔ ވުމުގެ ބައިން 1ވަނަ ވެސް ޙަޔާން ހާޞިލް ކޮށްފައިވެއެވެ.
2024 ވަނަ އަހަރު ބޭއްވުނު ޒުވާން ޚަޡީބް ޕްރޮގްރާމު ފުރިހަމަކޮށް މިހާރު ޙަޔާނަކީ މިރަށުގައި ހުކުރު ނަމާދުގެ އިތުރުން ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ވެސް ކޮށްދީފައިވާ ފަޚުރުވެރި ދަރިވަރެކެވެ.
ހަޔާން ޤުރުއާން ހިތުދަސްކުރީ، ޝެއިޚް ނާޒިލްގެ މާލިމީކަމުގެ ދަށުން ތިން އަހަރުންނެވެ.
ޙާފިޒަކަށްވުމަށް ކުރި މި ދަތުރުގައި ޙަޔާންގެ އެންމެ ބޮޑު މަދަދުގާރަކީ ޙަޔާންގެ ލޯބިވާ މައިންބަފައިންނެވެ. ހިތުދަސްކުރާ ބައިތައް މަންމައަށް ކިޔައިދީ ހެދުމުގެ އިތުރުން ދިގު މުރާޖާތައް ކުރިއަށް ގެން ގޮސްފައި ވަނީ ފޫހިކަމެއް ނެތިއެވެ. ކޮވިޑް ތެރޭގައި ކިލާހަށް ޚާޒިރު ނުވުނު ނަމަވެސް ހިތުދަސްކުރަން ޖެހޭ ބައިތައް މަންމައަށް ކިޔައިދެމުން ގެންދިޔައީ ހިތްވަރާއެކުއެވެ. އަހްލާޤީ ގޮތުން ބަލާއިރު ވެސް ޙަޔާން ފާހަގަކޮށްލެވެއެވެ. މަޑުމައިތިރި މިޒާޖެއްގެ ބަސްއަހާ ހިތްވަރުގަދަ ކެރޭ ކުއްޖެއްގެ ގޮތުގައެވެ.
ޙަޔާންއަކީ ކުޅިވަރާއި ކިޔެވުމަށް ވެސް ޝައުގުވެރިކަމާއެކު މަސައްކަތްކުރާ ތެދުވެރި ދަރިވަރެކެވެ. އިފްތިތާޙުގެ ސުކޫލުގެ ފުޓު ބޯޅަ ޓީމުގެ މުހިންމު ކުޅުންތެރިޔެއްގެ ގޮތުގައި ޙަޔާން ފާހަގަކުރެވިފައިވެއެވެ. ހަމައެއާއެކު ފާއިތުވި އަހަރު އިސްލާމިކް ސޮސައިޓީގެ ރައީސް ކަން ކޮށްފައި ވަނީ ޙަޔާން އަކީ މި އަހަރު ހެޑް ޕްރިފެކްޓެވެ.
ޙަޔާންގެ ކާމިޔާބީގެ ފަހަތުގައިވާ ސިއްރަކީ ހިތްވަރާއެކު މަސައްކަތްކުރުން ކޮންމެ ދުވަހަކުވެސް ފަތިހު ހޭލައި ޤުރުއާން ކިޔެ ވުމަށް މަސައްކަތްކުރުމެވެ. އަދި ވަގުތުތައް ބަހައިލައި ގެން ކިޔެވުމަށާއި އެހެނިހެން ކަންކަމަށް ވެސް ވަގުތު ދިނުމެވެ. ޙަޔާންގެ މައިންބަފައިންގެ އުއްމީދަކީ ޙަޔާންގެ ހިތުން ޤުރުއާން ފޮހެވިގެން ނުދިޔުމާއި ދީނީ ގޮތުން ކުރިއަރައި ގޮސް ދުނިޔޭގައި ވެސް މަންފާކުރާނޭ މި ޢިލްމު އުނގެނި މި ޢިލްމު އުނގަންނައިދޭ ކުއްޖެއްގެ ގޮތުގައިވުމެވެ. މާތްالله ޙަޔާންއަށް ރަޙްމަތް ލައްވާށިއެވެ.
ހިޔާލު