މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްރަށުގެ ކީ ސްޓޭޖް އެކަކާއި، ޚާއްޞައެހީއަށް ބޭނުންވާ ދަރިވަރުންނަށް ޓެބްލެޓް ދެނީ

ކޮވިޑު-19އާ ގުޅިގެން މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްރަށުގެ ކީ ސްޓޭޖު އެކަކާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޓެބްލެޓްދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ. އެ ދަރިވަރުންގެ ކިޔެވުމަށް ޓެބްލެޓް މުހިންމު ވެފައިވާއިރު، އެޑިއުކޭޝަން މިނިސްޓްރީން ވަނީ 1350 ޓެބްލެޓް ހޯދަން އިއުލާން ކޮށްފައެވެ.

އެ މިނިސްޓްރީން ރޭ ކުރި އިއުލާނުގައި ބުނެފައި ވަނީ ލާނިން އެޑްވާންސްމަންޓް އެންޑް މިޝަމެންޓް ޕްރޮޖެކްޓަށް ވޯލްޑް ބޭންކުން އެހީތެރިކަން ފޯރުކޮށދީފައިވާ ކަމަށާއި، ޓެބްލެޓް ހޯދަނީ އެ ޕްރޮޖެކްޓްގެ ދަށުން ކަމަށެވެ. ޓެބްލެޓް ހޯދަން ހުޅުވާލި ބިޑްގެ މުއްދަތު ހަމަވާނީ މަިމަހުގެ 15 ވަނަ ދުވަހަށެވެ.

ޓެބްލެޓް ދެނީ މޮނިޓަރިންގައި އޮތް ރަށްރަށުގެ ގްރޭޑު 1 އަދި 2 ގެ ކުދިންނާއި ސެންގައި ކިޔަވާ ދަރިވަރުންނަށެވެ.

ކޮވިޑްގެ މިހާލަތުގައި އޮންލައިންކޮށް ކިޔެވުން ކުރިއަށް ގެންދާއިރު، ދަރިވަރުންނަށް އެންމެ ފައިދާހުރި އެއްޗަކަށް ވެފައި ވަނީ ކުރިން ދޫކޮށްފައިވާ ޓެބްލެޓެވެ. މީގެ ކުރިން ވަނީ 70،000 ޓެބްލެޓް ކިޔަވާ ކުދިންނަށް ސަރުކާރުގެ ޚަރަދުގައި ފޯރުކޮށްދީފައެވެ. ޓެބްލެޓް ނެތް ކުދިންނަށް އޮންލައިންކޮށް ކިޔަވައިދިނުމުގައި މިހާރުވެސް އިންތިޒާމް ތަކެއް ހަމަޖައްސައިދެމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮވިޑްއާ ގުޅިގެން މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތް 65 ރަށެއްގެ ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *