ކޮވިޑްގެ ހާލަތު ގޯސްވަމުންދާއިރު، ބަލިޖެހޭ ކުޑަކުދިންގެ އަދަދު އިތުރުވެ، ވަރަށް ބޮޑަށް އެކުދިން ބަލިވާ ކަމަށް ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރު ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ޑރ. ފައިސަލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑްގައި މިފަހަރު އައި ރާޅުގައި ކުޑަކުދިން ވަރަށް ބޮޑަށް ބަލިވާން ފަށައިފިކަމަށެވެ.
ޑރ. ފައިސަލް ވިދާޅުވީ ނޭވާ ކުރުވުމާއި މެޔަށް ތަދުވުމާއި، ފެން މަދުވެ ހަ ގަޑި އިރު ވާއިރު ވެސް ކުޑަކަމު ނުދެވުމާއި، ގައިގައި ބިހިތަކެއް ނެގުމުގެ އިތުރުން އާދަޔާ ހިލާފަށް ވަރުބަލިވުމަކީ ކުޑަކުދިންނަށް ކޮވިޑްއާ ގުޅިގެން ދިމާވާ ކަންތައްތަކަމަށެވެ. ގުނަވަނެއް ޓުރާންސްޕުލާންޓްކޮށްފައި ހުންނަ ކުއްޖައްކަށް ކޮވިޑްގެ ނުރައްކާ ބޮޑުކަމަށް ވެސް ޑރ. ފައިސަލް ވިދާޅުވެފައިވެއެވެ.
މިހާތަނަށް 381 ކުއްޖަކަށް ކޮވިޑްޖެހިފައިވާކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފައިވާއިރު، ދިހަ އަހަރުގެ ކުއްޖަކު ރޭ ވަނީ މަރުވެފައެވެ. އަދި އިތުރު ހަތް އަހަރުގެ ކުއްޖަކަށް ވެންޓިލޭޓަރުގައި ދަނީ ފަރުވާދެމުންނެވެ.
advertisment
ހިޔާލު