ޤުރުއާން ހިތުދަސްކޮށް އެއްވަނަ ދަރަޖައިގައި ފާސްވެ ހާފިޒުކަމުގެ ސަނަދު ހޯދުމުން އޭނާ ކިޔަވަމުން އަންނަ މަދަރަސަތުލް އިފްތިތާޙުން ވަނީ ހޫނު މަރުޙަބާއެއް ކިޔާފައި
ދެ އަހަރުން ޤުރުއާން ހިތުދަސްކޮށް ހާފިޒާ ކަމުގެ ސަނަދު ހޯދި މަދްރަސަތުލް އިފްތިތާޙްގެ ގްރޭޑު 10ގެ ދަރިވަރު ޢާއިޝަތު ޞާއިބަތު މުޙައްމަދު ރިކްޒާންއަށް އެ ސްކޫލުން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
ޤުރުއާނާ ބެހޭ މަރުކަޒުގެ ހިފްޒް ކޮމިޓީއަށް ކިޔައިދީ އެއްވަނަ ދަރަޖައިގައި ފާސްވެ ޙާފިޒާކަމުގެ ސަނަދު ޞާއިބާ ހޯދި މި މަހުގެ ދިހަ ވަނަ ދުވަހުއެވެ.
ޤުރުއާން މުބާރާތްތަކުން ޞާއިބަތު ހޯދި ކާމިޔާބީތައް:
- ކީރިތި ޤުރުއާން ކިޔެވުމުގެ ރޮ ނގުން ޞާއިބާ ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު 2012 ވަނަ އަހަރު ރޯޝަނީ ޕްރީ ސްކޫލްގެ 3 އަހަރާ 4 އަހަރާ ދެމެދުގެ އުމުރު ފުރާއިން ހިތުން ކިޔެވުމުން 1 ވަނަ ހޯދާފައިވޭ
- 2013ރޯޝަނީ ޕްރީ ސްކޫލް 4 އަހަރާ 5 އަހަރާ ދެމެދު އުމުރު ފުރާއިން ހިތުން ކިޔެވުމުން 2 ވަނަ
- 2015 ވަނަ އަހަ ރު މަދުރަސަތުލް އިފްތިތާޙް ގެ އިންޓަރ ހައުސް ޤްރުއާން މުބާރާތުން 7 އަހަރުން ދަށް ނުބަލާ ކިޔެވުމުން 2 ވަނަ
- 6 ވަނަ އަހަރު އެފްއެޗް ފައުންޑޭޝަން ގެ 3 ވަނަ ޤްރުއާން މުބާރާތުން 9 އަހަރުން ދަށުގެ ބައިން ނުބަލާ ކިޔެވުމުން 2 ވަނަ
- ▪ 2017 ވަނަ އަހަރު އަތޮޅު ކައުންސިލްގެ 25 ވަނަ ޤްރުއާން މުބާރާތުން 9 އަހަރުން ދަށުގެ ބައިން ނުބަލާ ކިޔެވުމުން 2 ވަނަ
- ▪ 2018 ވަނަ އަހަރު ޅ. އަތޮޅު ކައުންސިލްގެ 26 ވަނަ ޤްރުއާން ކިޔެވުމުގެ މުބާރާތުނ،ް ނުބަލާ ކިޔެވުމުން ގިންތި ން 2 ވަނަ
- ▪ 2022 ވަނަ އަހަރު ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ 4 ވަނަ ދައުރުގެ 2 ވަނަ ޤްރުއާން ކިޔެވުމުގެ ,1444 12 އަހަރާ 15 އަހަރުގެ ޢުމަރު ފުރާ އިން 3 ވަނަ
- ▪ 2023 ވަނަ އަހަރު ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ 4 ވަނަ ދައުރުގެ 3 ވަނަ ޤްރުއާން މުބާރާތުނ،ް ނުބަލައި ކިޔުމުން ކީ ސްޓޭޖް 4 އިން 2 ވަނަ.
ޞާއިބާގެ ޢާއިލާއިން ފާހަގަކުރާ ގޮތުގައި މި ކާމިޔާބީތައް ހޯދުމަށް ގިނަ ގުނަ މަސައްކަތްތަކެއް ޞާއިބާ ވަނީ ކޮށްފައެވެ. އެގޮތުން ގުރޭޑް 1 ން ފެށިގެން ބިލާލް ޤުރުއާން ކިލާހުގައި 7 އަހަރު ހޭދަކޮށް އޭނާ ވަނީ މުޅި ޖުމުލަ 6 ފޮތް ހިތު ދަސްކޮށްފައެވެ. މިހާ ހިސާބުން މަންމަ ދެކެމުންއާ ހުވަފެން ހަޤީޤަތަކަށް ހެދުމަށް ޢަޒުމު ކަނޑައަޅާ 2020 ވަނަ އަހަރު ޝެއިޙް އަޙްމަދު ނާޒިލް މުޙައްމަދު ގެ ޙިފުޒު ކިލާހުން ޖާގަ ހޯދައި ޤުރުއާން ޙިފުޒުކުރުމުގެ މަސައްކަތް ފެށިއެވެ.
ގުރޭޑް 6 ނިންމުމަށްފަހު ޞާއިބާގެ ޙާފިޒާކަމުގެ ދަތުރު ފެށިގެން ކުރިއަށް ދިޔަ ގޮތަށް ބަލާއިރު ، ޢާންމުކޮށް ދުވާލަކު ޞަފްޙާ އެއް ދަސްކޮށް ހެދިއެވެ. ކޮންމެ ދުވަހަކު ދަސްކުރަން ޖެހޭ ޞަފްޙާ ރޭގަނޑު ނިދުމުގެ ކުރިން 10 ވަރަކަށް ފަހަރު ކިޔާ ފަރިތަކޮށް ހެދިއެވެ. މިގޮތަށް ފަތިހު ދަސްކޮށް ސުކޫލުން އައިސް މެންދުރު މަންމައަށް ދަސްކުރި ޞަފްޙާ ކިޔާދެއެވެ. އެއަށްފަހު ހަވީރު އުސްތާޒަށް ކިޔާދެއްވާ މިގޮތަށް ހިތްވަރާއެކު މަސައްކަތްކޮށް ދެ އަހަރު ދުވަހުން މުޅި ޤުރު އާން އެއްކޮށް ދަސްކޮށް މުރާޖަޢާ ފެށިއެވެ. މުރާޖަޢާކުރުން ކުރިއަށް ގެންދިޔައީ މަޣްރިބް ނަމާދާއި ޢިޝާ ނަމާދާ ދެމެދު އަދި ސުކޫލުގެ މަސައްކަތްތަކާއި ފޮތްކިޔުމަށް ވެސް ވަގުތު ހޯދަނީ ޤުރުއާން މުރާޖަ ޢާ ކުރުމަށް ފަހުއެވެ. އެގޮތުން މުރާޖަޢާކުރުމަށް އަމިއްލައަށް ޤުރުއާން ކިޔެވުމުގެ އިތުރުން ޤުރުއާން އަޑުއަހައިގެންނާއި އުސްތާޒު ދެއްވާ އިރުޝާދުތަކާއި ޗެކްލިސްޓުތަކާ އެއްގޮތަށް މަސައްކަތްކުރިއެވެ.
ޞާއިބާގެ ދުވަހީ ތާވާލުގައި އެހެން ހުރިހާކަމަށް ވުރެ ބޮޑަށް ޙިފުޒުކުރުމަށް އިސްކަންދީ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ވެސް މުރާޖަޢާ ކުރުމަށް ޚާ އްޞަ އަޙަންމިއްޔަތުކަމެއް ދިނެވެ.
މާލެ ގޮސް ޖުޒޫ ކިޔާ ދިނުމަށް ވާންޖެހޭ ހު ރިހާ ތައްޔާރީތަކެއް ވުމުގައި ވެސް އުސްތާޒް ނާޒިލް ދެއްވި އިރުޝާދުތަކާ އެއްގޮތަށް މަސައްކަތްކޮށް 21 ދުވަހުން ކީރިތި ޤުރުއާން ހިތުދަސްކޮށް ކިޔައިދީ ނިންމާލެވުނެވެ.
ޞާއިބާ ފާ ހަގަކޮށްލެވެނީ ކީރިތި ޤުރުއާން ދަސްކުރަމުން ވެސް ތަޢުލީމީ ރޮނގުން ރަނގަޅު ނަތީޖާތަކެއް ހޯދަމުން އަންނަ ކިޔަވާ ބަސްއަހާ ދަރިވަރެއް ގެ ގޮތުގައެވެ. އަދި ޞާއިބާއަކީ އިތުރު ހަރަކާތްތަކުގެ ތެރެއިން ގާރލް ގައިޑް ހަރަކާތުގައި އުޅެމުން އަންނަ ކެރޭ ހީވާގި ހުނަރުވެރި ދަރިވަރެކެވެ. ހަމައެހެންމެ ދީ ނީ ކަންކަމަށް ހުންނަ ޝަޢުޤުވެރިކަމުގެ ސަބަބުން ޞާއިބާވަނީ 2024 ވަނަ އަހަރު ރަމަޟާން މަހު މަސްޖިދުލް އަބްދުލް ހަކީމް ޅ.ނައިފަރު އަންހެނުންގެ މިސްކިތުގައި ތަރާވީޙް ނަ މާދުކޮށް ދީފައިވެއެވެ.
އަދި މި ރޮނގުން ކުރިއަށް ދާން ބޭނުންވާ ދަރިވަރުންނަށް ޞާއިބާގެ ދަތުރުން ދޭން ބޭނުންވާ ނަސޭހަތެއްގެ ގޮތުގައި ޞާއިބާގެ ލޮބުވެތި ބައްޕަ ފާހަގަކޮށްފައިވާ ކަންކަމަކެވެ. ޤުރުއާން ހަމައެކަނި ދަސްކުރުމުގެ ނިޔަތުގައި ކުރާ ކަމެއްގެ ގޮތުގައި ނުދެކި ޤު ރުއާން އަޑުއަހައި އަބަދުވެސް މުރާޖާ ކުރަމުން ގެންގޮސް އެކި ޤިރާއަތްތަކުން ކިޔަވަން ދަސްކޮށްގެން ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ކުރިއަށް ދިޔުމަށް މަސައްކަތްކުރުމެވެ.
ހިޔާލު