ޓީޗަރުންނާއި ދަރިވަރުންނަށް ޚާއްޞަ ޕެކޭޖުތަކެއް އުރީދޫން ތައާރަފު ކޮށްފި

ޓީޗަރުންނާއި ދަރިވަރުންނަށް ހާއްސަ ޕެކޭޖުތަކެއް އުރީދޫން މިއަދު ތައާރަފު ކޮށްފިއެވެ.

އުރީދޫން ބުނީ އެޑްއޮންގެ ގޮތުގައި ތަޢާރަފުކުރި މި އެޑްއޮންތައް އެ ކުންފުނީގެ ސުޕަނެޓް އާއި ފަސޭހަ ހޯމް ބްރޯޑްބޭންޑް އަދި މައިފައި ބޭނުން ކުރާ ކަސްޓަމަރުންނަށް އެކްޓިވޭޓް ކުރެވޭނެ ކަމަށެވެ. އަދި އަލަށް މައިފައި ޕެކޭޖު ނަގާ ޓީޗަރުންނާއި ދަރިވަރުންނަށް ހިލޭ މައިފައި ޑިވައިސް ދޭން ވެސް ވަނީ ނިންމާފައެވެ.

ކޮވިޑްއާ ގުޅިގެން އޮންލައިންކޮށް ކިޔަވައިދެމުންދާއިރު، އިންޓަރނެޓްގެ އަގާއި ސްޕީޑްގެ މައްސަލައިގެ ކަންބޮޑުވުންތައް ބެލެނިވެރިން އަންނަނީ ކުރަމުންނެވެ. އުރީދޫއިން އަލަށް ތައާރަފު ކުރި ޕެކޭޖަށް ބަލާއިރު، 35 ރުފިޔާއަށް އީޑީޔޫ 7 ޖީބީ ލިބެއެވެ. 90 ރުފިޔާއަށް އީޑީޔޫ 15 ޖީބީ ލިބެއެވެ. 200 ރުފިޔާއަށް އީޑީޔޫ 30 ޖީބީ ލިބެއެވެ.

މި އެޑް-އޮން ޕެކޭޖުތައް މެދުވެރިކޮށް ގޫގުލް މީޓް އާއި ގޫގުލް ކްލާސްރޫމާއި ގޫގުލް ޑްރައިވް އަދި filaa.moe.gov.mv އަށް ވަދެވޭނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

އުރީދޫއާއި ދިރާގުންވެސް އަންނަނީ ކޮވިޑްގެ މިހާލަތުގައި ދަރިވަރުންގެ ކިޔެވުމަށް ބޭނުންވާ އިންޓަރނެޓް ފޯރުކޮށްދިނުމަށް އެޑިއުކޭޝަން މިނިސްޓްރީއާއެކު މަސައްކަތް ކުރަމުންނެވެ. އެ ދެކުންފުނިން ވެސް ވަނީ ދަރިވަރުންނަށް ހިލޭ ޑާޑާ މީގެކުރިން ވެސް ދީފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *